ދުވަހަކުވެސް ކައިވެނި ކޮށްފައިނުވާ 58 އަހަރުގެ އަންހެނަކު ކައިވެނި ކުރާނެ ފިރިހެނަކު ބޭނުންވެގެން އިއުލާނުކޮށްފިއެވެ.
ކައިވެނި ކުރާނެ މީހުން ހޯދުމުގެ އިއުލާންތައް އާއްމުކުރާ "ކައިވެނި ޕޭޖް" ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އެ މީހާގެ އުމުރަކީ 58 އަހަރުގެ މީހެއް ކަމަށާއި، އޭނާއަކީ އަލަށްވެސް ކައިވެނި ކޮށްފައިނުވާ މީހެއް ކަމަށެވެ.
އަދި އޭނާއަށް އާމްދަނީގެ ގޮތުގައި ސާފުފައިދާ މަހަކު 200،000 ރުފިޔާ ލިބޭކަމަށް ބުނެފައި ވެއެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ، އޭނާއަކީ އަސާސީ ތައުލީމް ނިންމާފައިވާ މީހެއް ކަމަށެވެ.
"28/45 އަހަރާއި ދެމެދު ތައުލީމީ، ޒިންމާދާރު މީހަކަށް ވުން، ކައިވެންޏަށް ފަހު ރާއްޖޭން ބޭރުގައި ދިރިއުޅެވޭނެ މީހަކަށްވުން، އަޅުގަނޑުގެ ބެލެހެއްޓޭނެ މީހެއް ކަމުގައި ވުން". ޝަރުތުތައް ބަޔާންކޮށް އެ ޕޯސްޓުގައި ވެއެވެ.
މިޕޯސްޓަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބި ވަނީ ވައިރަލް ވެފައެވެ.
"ކައިވެނި ޕޭޖް" ގައި ހިންގަމުން ގެންދާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި އެޕޭޖްގައި ކޮށްފައިވާ ޕޯސްޓްތަކުގައި ހުންނަ މައުލޫމާތުތަކަކީ ސައްހަކަން ކަށަވަރު ކޮށްފައިވާ މައުލޫމާތެވެ.
މަ މިހިރީ އިންނާން ތައްޔާރަށް. އެކަމު މަހަކު މަށެއް އެއްލައްކަ ރުފިޔާ ދޭންޖެހޭނެ.
ބިޑުކޮއްގެން ހާމަކަންބޮޑުކޮށް ތިކަން ކުރަންޖެހޭނީ. ފޮޓޯކޮބާ.
58 އަހަރު ވީއިރު ކާވެނި ނުކުރިޔަސް ދަރިންފުންޏެއް ތިބެދާނެ.
ދަރިއަކު ނެތް ކަމަށް ވަނީ
އޭނަ މޮޔަވީ ކަންނޭނގެ
އެކަމަކުވާ ދޯ.. ތި ކޮންކަހަލަ ކަމެއް.. ތި އުމުރުގަ ކައިވެނި ކޮށްގެން ދަރި އެއް ވެސް ނުލިބޭނެއެއްނު.. ތި ވިޔަފާރިގަނޑު ކޮންމެސް މީހެއްގެ ބޮލަށް ކަނޑައިލަން ެ ވެގެން ކަންނޭނގެ.. ތި ވަރަށް މީހަކާއި އިންނަން ބޭނުމިއްޔާ މަށަށް ނުވިސްނޭ ހުހަށް އިދެ އުމުރު ހުސްކޮށްލީ ކީއްވެ ކަމެއް.. ލޮލް އަދި ކައިވެނި ޕޭޖެކޯ.. ތި އަކަށް ނުކިޔޭނެނުން އެރޭންޖްޑް މެރިޖް އެކޭ ވެސް.. ދެން ވަރަށް މަޖާ!!!
ކައިވެނި ކުރާނެ ރަގަޅު މީހަކު ނުލިބުމުން ކައިވެނި ނުކޮށް ހުރެދާނެ... ބައްޕަ، މަންމަ ގެ މާލޭގަ ގެ ހުއްޓަސް، ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކޮށް ގެން ހުއްޓަސް، ކައިވެނި ކުރާނެ ރަގަޅު މީހަކު ނުލިބުން ކައިވެނި ނުކޮށް ހުންނަން ޖެހެނީ. މާލެ ވިއަސް ވަކިން ކައިވެނި ކުރާނެ މީހަކު ހަމަ ނުވެޔޭ.... މާލެ ވެގެން، މާލޭގަ ގެ ހުރެގެން ވަކިންު ކައިވެނި ކުރާނެ މީހަކު ނުވޭ.... މިއީ އަޅުގަނޑު ގެ ތަޖުރިބާ
ވަރަށް ބޮޑު ހަގީގަތެއް....
މާލޭ ދުވަސްވީ އަންހެނުން ވަރަށް ކުރާކަމެއް ފައިސާއާއި ގޯތީގެ އަަވައިގަ ޖައްސައިގެން ރަށްރަށު ޅަފުރައިގެ ފިރިހެންކުދިންނާ އިނުމަކީ.
ހުވާކޮށްފައި މިބުނަނީ، މަށާވެސް ދިމާވި ތިކަހަލަ މީހަކާ. އޭނާ ބުނީ އަންހެނުން ވަރިކޮށްފައި އަންނާށޭ. ބުނީމަ މަބުނިން ދަރިންކޮޅު ދޫކޮށްފައި މަނުދާނަމޭ. ބުނީމަ ބުނީ ދަރިންކޮޅުވެސް ތިމަންނާ ބަލާނަމޭ، ގެންނާށޭ. މިހާރުވެސް ފަހަތުން ނުނެއްޓިގެން މިއުޅެނީ އޭގެ އެހެން އެއްޗެއް?.
މާލެ ދުވާސްވީ އަންހެނުން ހޯދަނީން ބޮންދުން ނޫންތޯ!
މިހާ ދު ވަސް ފަހުން ވެސް ކައި ވެނި ކުރަން ނިންމީ ތީ
ޝުކުރިޔާ....އެކަކަށް ވެސް އަނެކެއްގެ ހާލަތެއް ނޭނ ގޭނެ