ގުޅިފަޅު ވިއްކާލުމަށްފަހު އެގްރީމެންޓްތަކުގައި ސޮއިކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބް މުގައްރިރުގެ ޒިންމާތަކުން މިހާރު ދުރުކޮށްފައިވާ ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި އިސްލާހީ ހަރަކާތްތައް ފެށުނު ދުވަހުން އެމްޑީޕީގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ޝުއައިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭ ރައްޔިތުންނަށް ގޯތިދޭން ނިންމާފައިއޮތް ގުޅިފަޅު ވިއްކާލާ އެގްރީމަންޓުތަކުގައި ސޮއިކުރަން ތައްޔާރުވަމުން އަންނަކަމަށެވެ. ދެއާއިލާގެ ދެމެދުގައި ހިނގާ ވެރިކަމުގެ ބާރުތައް ވަކިކުރުމުމާއި ބޮޑުވަޒީރުގެ އަރާރުން ހިންގަމުން ދާއިރު، މިހާރު ގުޅިފަޅު ވިއްކާލުމަށް ތައްޔާރުވަމުން އަންނަކަމަށް އޭނާ ތުހުމަތު ކުރެއްވެވިއެވެ.
ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް ނަޝީދަށް އިޝާރާތްކުރައްވައި ޝުއައިބު އިތުރަށް ވިދާޅުވީ މާލެއަށް ކަމެއް ކޮށްދޭނީ ބޮޑުވަޒީރު އެކަނިކަމަށް ބޮޑުވަޒީރު ވިދާޅުވާ ކަމަށެވެ.
ދެއާއިލާގެ ދެމެދުގައި ހިނގާ ވެރިކަމުގެބާރުތައް ވަކިކުރުމުމާއި ބޮޑުވަޒީރުގެ އަރާރުން ހިންގަމުން ދާއިރު މާލޭ ރައްޔިތުންނަށް ގޯތިދޭން ނިންމާފައޮތް ގުޅިފަޅު ވިއްކާލާ އެގްރީމަންޓުތަކުގައި ސޮއިކުރަން ތައްޔާރުވަނީ.
ބޮޑުވަޒީރު ވިދާޅުވި ތިމަންނާއޭ މާލޭ ރައްޔިތުންނަށް ކަމެއް ކޮށްދޭނީ!
— Shuaib Ali (Furahani) (@ShuaibMaldives) September 24, 2020
ގުޅިފަޅުގައި މާލޭ ވިޔަފާރި ބަނދަރު ތަރައްޤީ ކުރުމަށް މިސަރުކާރުން ވަނީ ނިންމާފައެވެ. ގުޅިފަޅުގައި ބަނދަރު ތަރައްޤީ ކުރުމުގެ އިތުރުން މާލޭ ރައްޔިތުންނަށް ގުޅިފަޅުން ގޯތި ދިނުމަކީ ވެސް ސަރުކާރުގެ ވައުދެކެވެ. ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވެފައި ވަނީ ގުޅިފަޅުން 1200 ވަރަކަށް ގޯތި ދެވިދާނެ ކަމަށެވެ.
ނެދަލެންޑްސްގެ ބޮކްސާލިސްއާ ހަވާލުކޮށްގެން ގުޅިފަޅު ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ. ނަމަވެސް ގުޅިފަޅުގައި ބަނދަރު ތަރައްޤީ ކުރުމަށް ބަޔަކާއި ހަވާލު ކުރަން ނިންމި ކަމެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބުރިޖަކުން ގުޅުވާލުމަކީ ވެސް ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ. އެމަޝްރޫޢަށް ލޯނު ދެނެ ކަމަށް އިންޑިއާ ސަރުކާރުން މިހާރު ވަނީ ބުނެފައެވެ.
ރާއްޖެ އާއި ޗައިނާ އާއި ދެމެދު ވައިގެ ދަތުރު ތައް އެހާ ފަސޭހައިން މިފަހަރު ޗައިނާ އެމްބަސީން ފަށައިގެން ނުވާނެއޭ ޗައިނާ އެމްބަސީން ޖެހޭނެއޭ ދިވެހި ސަރުކާރާއި މަޝްވަރާ ކުރަން އެގޮތުން ކުރާ މަޝްވަރާ ތަކުގައި ރާއްޖޭގެ މަޖްލީހުގެ ރައީސް ޗައިނާ އަށް ބަދުބަސް ބުނެ އެމަނިއްޕުޅު އިންޑިއާ އަތުން ކަޓް ހޯދުމުގެ ބޭނުމުގައި ފަތުރާ ޕްރޮޕެގެންޑާ ހުއްޓާލުމަށާއި އަދި މަޖްލީހުގެ ރައީސް އާއި ނައިބް ރައީސް އަށް ޗައިނާ އާއި ގުޅޭ ގޮތުން ވާހަކަ ދެއްކޭނީ ސަރުކާރުގެ ހުއްދަ އޮވެގެން ކަމަށް ހަދަންވީއޭ..
ތިޔަކަން ކުރާނެ. ދައުލަތުގެ މުދާ ނުއަގުގައި ވިއްކުމާއި ވައްކަން ކުރުމާއި މަކަރާއި ހީލަތްހެދުމަކީ އެހެންމީހުންނަށް
ނަގައި ނުގަނެވޭވަރުގެ މޮޅު ސިޔާސީ އުކުޅު ތަކެވެ މިކަން
ކަމަށް ނުހަނު މޮޅު ކަލޭގެ އެހެރީ މޑޕ ގައެވެ.
އެންމެފަހުން ބުޅާގޯނިންބޭރުވާތަން މިއޮއްގެން ފެންނަނީ
މިސަ ރުކާ ރުގާ ތިބިމީހުންގެ ފަ ރާާތުން އެދަނީ ކަންތަށް ފަޅާއަ ރަމުން އެހެންވާނީ ކު ރާވަކަންތަކުން ހަމަޔަށް ނުބަހަނިޔާ އަދިވެސް ބަސްއާގެ ރައިތުންގޭގާތިބެންވީހޭ ؟
ހައްގު ބަސް ބުނަން ވާނެ ޝުކުރިއްޔާ ޝުއައިބު.. ވީއިރު އަވަހަށް ތިޔަ ޕާޓީން ވަކިވޭ ކުރިން ވެސް ނިކަމެތިކޮަށް ކަންކުރަމުން ދިޔަކަން ދެނަހުރިން ދުންފިނިވިލާ ހަރުގެ ތެރެއަށް އެމެ ޑީ ޕީ ބޮޑުން ވަދެގެން ދާއިރު ޝުއައިބު މެން އެއް ފަރާތް ކުރަމުން ދިޔަ ކަން ދެނަ ހުރިން
ފޮރުވިފައިވާ ޑީލްތައް މިއޮށް ހާމަވަނީ. އަދިވެސް އަންނަން ހުރީ.
އެ ތަނުން ގޯތި ލިބޭ މީހުންނަށް އިންޑިޔާ ޕާސްޕޯރޓު ލިބޭނެ ކަމަށް ބުނެ އުޅޭ!
އަހަރެން ފުރަހަނި ޝުޢައިބުއަށް ތާޢީދު ކުރަމެވެ. ޕާޓީ ރޫހަކީ ކަނު، މަންމަން، ބީރު ވުމެއް ނޫނެވެ. ނަޝީދު އަކީ އެމް.ޑީ.ޕީ އެއްނޫނެވެ. ނަޝީދުގެ ވިސްނުމާއި ޚިޔާލާއި ދެކޮޅަށް ބަސް ބުނާ ކޮންމެ މީހަކީ އެމް.ޑީ.ޕީ އިން ގުއި ކޮށްފަ އެއްލާލާނެ މީހެކެވެ. ޤައުމު ދަރުވާލައި ޤައުމު ވިއްކާލުން ހަމަ "އޯކޭ" ހެއްޔެވެ. އަހަރެން ފުރަހަނި ޝުޢައިބުއަށް ތާޢީދު ކުރަމެވެ.
މީ ދޯ އިންޑިޔާ މާ ގާތް ކޮއްގެން ކުރާކަ މަކީ. ޢެހެންތާ ވާނީ ވެރިކަން ނި މުނީ މަ ތަންތާ ހުޅު ޖަހާ. ޢިގިރޭސި ވިލާތުގަ ބުރަކަށީ ތެޔޮދެ މޭނެ ގޮތް ހޯދަން ޖެހޭނެތާ
ގުޅީފަޅު ވިއްކާލާން ނުވާނެ👹👺
މިވަރުންދަނިޔާ އަޅުންގެ ގޮތުގާ ދިވެހިރައިތުން ވެސް ވިށްކާލާނެ އަދިވެސް އަރެމެންގެގާތިބެންވީހޭ
އެއީ ކުރިންވެސް ނިއްމާފަ އޮތްކަމެއް ! ރައްޔިތުންނަށް މިކަން ނޭނގި އޮތީ ! ހުރިހާ ކަމެއްވެސް އަޑިއަޑިން ކޮރަޕްޝަން ޒީރޯ ޓޮލަރެންސްގަ ދަނީ
ބުންވެގެންއ ނިކުމެ ކިޔާ އެއްޗެސް ދެން އަހަރެމެންވީ ގަބޫލް ކުރަން؟/
ބޮޑުވަޒީރު ހަނދާން ނެތުނީ ދޯ އެއަރޕޯރޓް ޖމރ އަށް ދިނީމަ ވީގޮތް.
ރައްޔިތުން މަޑުން ނުތިބޭނެ.
އައްޑޫމީހުންވެސް މިލިޓަރީ ބޭސް ހަދައި އިންޑިޔާމީހުން ބައިތިއްބައިފިއްޔާ އަޑު އުފުލާނެ.
މާލޭ މީހުންވެސް ޖެހޭނެ މިކަލޭގެ މިކުރާ ވިޔާނުދާ ކަންކަން ހުއްޓުވަން
ގުލިފަޅު ވިއްކާލަނީ ބުރިޖް އަޅަންވެގެން ކަމައް ވަނީ ދެން ވިއްކާނީ ފައްޓަރުބައި ގުޅިފަޅު އެކަންޏެއްނޫން މުޅިގައުމު އިންޑިޔާއައް ވިއްކާލައިފި ބުރިޖް އަޅާކައް ލޯނެއް ނުދޭނެ ގުޅިފަޅު ނުދެނީހެއް
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް