އައްޑޫ ސިޓީގެ ބައެއް ސަރަހައްދު ތަކުގައި ކަރަންޓް ނެތި ހަތަރު ގަޑިއެއްހާއިރު ވެދާނެ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފިއެވެ.
"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ މިއަދު ހެނދުނުން ފެށިގެން އައްޑޫން ދެތިންފަހަރަކު ކަރަންޓު ކެނޑިފައިވާކަމަށެވެ. އަދި މިހާރު ކަރަންޓު އެއްވެސް ގޮތަކަށް ނުލިބި އޮންނަތާ ހަތަރު ގަޑިއިރެއްހާއިރު ވެފައިވާކަމަށް އޭނާ ބުންޏެވެެ.
ފެނަކަ އިން ބުނީ، އައްޑޫ ސިޓީން ކަރަންޓް ކެނޑެން ދިމާވީ ފެނަކަ ކަސްޓަމަރ ސާވިސް އޮފީހުގެ ގޯތިތެރޭގައި ހުރި ސްވިޗް ބޯޑަކަށް ޖެހުނު މައްސަލަ އަކާއި ގުޅިގެން ކަމަށެވެ. އަދި މި މައްސަލަ އާއި ގުޅިގެން އެ ސިޓީގެ ބައެއް ސަރަހައްދުތަކުން މިހާރު ކަރަންޓު ކެނޑިފައި ކަމަށް ފެނަކައިން ވަނީ ހާމަކޮށްފައެވެ.
ފެނަކައިން ބުނީ، މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށާއި، މިކަން ހައްލުކުރުމަށް ގާތްގަނޑަކަށް ދެ ގަޑިއެއްހާއިރު ހޭދަވާނެ ކަމަށެވެ.
އައްޑޫގައި ކަރަންޓް މައްްސަލަ ދިމާވުމަކީ އާއްމު ކަމެކެވެ. އެ ސިޓީގައި ކަރަންޓް ކެނޑޭ މައްސަލަ ހައްލު ނުވެ، އެތައް އަހަރެއްވެފައިވުމުން ގިނަބަޔަކު ޝަކުވާ ކުރަމުން ދެއެވެ.
އެ މައްސަލަ ހައްލު ކުރުމަށް އާ ޖެނެރޭޓަރުތައް ބަހައްޓައިގެންވެސް ކަރަންޓް ދިނެވެ. ނަމަވެސް އެ ސިޓީގެ ކަރަންޓް މައްސަލައަށް އެކަށީގެންވާ ހައްލެއް ވަނީ ނުލިބިފައެވެ.
ސޯލާ އެނާރޖީގެ ބޭނުން ކުރުން ރަގަޅު.
ތިއީ އައްޑޫ މީހުންނަށް މައްސަލައެއް ނޫން. ކަރަންޓް ނެތި އަދިރީގައި ތިބެން ޖެހުނަސް އައްޑޫ މީހުން ވޯޓުދޭނީ އެމް.ޑީ.ޕީ. އަށް.