ކާރަކާއި ސައިކަލެއް ޖެހި ލ. ފޮނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓުު ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ފޮނަދޫ ލިންކްރޯޑުގައެވެ.
މި ހާދިސާގައި ކާރަށާއި ސައިކަލަށް ބޮޑެތި ގެއްލުން ލިބިފައިވީނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފައެވެ.
ފޮނަދޫ ލައިސެންސް ނަގާ ޓްރެކް ސަރަޙައްދުން ލިންކްރޯޑުގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލު އޮތީ ކާރުގެ ދަށުވެފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގި އިރު ސައިކަލުގައި ހުރީ އުމުރުން ދުވަސްވީ ފިރިހެނެކެވެ. އަދި ކާރުގައި ވެސް ހުރީ ފިރިހެނެއް ކަމަށް މަޢުލޫމަތު ލިބެއެވެ.
މި އެކްސިޑެންޓު ހިނގުމާއި އެކު ފުލުހުން ވަނީ އެ ސަރަޙައްދު ބަންދުކޮށް ހާދިސާގެ ތަހުޤީޤު ފަށާފައެވެ. މި ހާދިސާ ހިނގީ ލިންކް ރޯޑުން ދުއްވާފައި ދިޔަ ސައިކަލެއް، މަގަކުން ނިކުތް ކާރެއްގައި ޖެހިގެންނެވެ.
ކޮޅަށްހުރީމަ ވީގޮތް
ކާރުގައި އިނީތަ ނޫނީ ހުރީތަ؟
މިހާވަރަށް އެކްސިޑެންޓްތަށްވާއިރުވެސް ދުވެލިހައްތާދަނީ ބާރުވަމުން މިކަމަށް އެއްވެސް ޙައްލެއްނެތް
ކުޅަދާނަކަން ދައްކަން އުޅޭތީ ދިމާވާކަންތައް. އުމުރުން ދުވަސްވީމަވެސް ޒުވާން ދުވަސްވަރެކޭ އެއްގޮތަށް އަންހެންކުދިންނަށް ފޮނިދައްކަން ސައިކަލް މައްޗަށް ކޮޅަށް އަރާހުރެ ދުއްވަނީ. ކާރުދުއްވި ކަލޭގެވެސް އެއޮތް ހަނިދޭތެރޭގަވެސް ކޮޅަށް. ކާރުގެ ޝީޓް ނެތީބާ؟