ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން އިށީނދެ ވަޑައިގެން ތިއްބަވާ ތަރުުތީބު ބަދަލުކުރަން މަޖިލީހުގެ އާންމު ކޮމިޓީގެ މެންބަރުން ތާއީދު ކުރެއްވި ނަމަވެސް ކޮމިޓީގައި ތަރުތީބު ކުރާނެ ގޮތަކާ މެދު ހިޔާލުތައް ދެކަފިވެއްޖެއެވެ.

މަޖިލީހުގެ އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައެއް މެންބަރުން ތާއީދު ކުރެއްވީ ސިޔާސީ ޕާޓީތައް ވަކިން ތިބޭ ތަރުތީބަކަށެވެ. ދެން ތިއްބެވި މެންބަރުން ތާއީދު ކުރެއްވީ ރާއްޖޭގެ އިދާރީ ދާއިރާތައް ތަރުތީބު ކުރެވިފައި އޮންނަ ގޮތަށް ތަރުތީބު ކުރުމަށެވެ.

ސިޔާސީ ޕާޓީތައް ވަކިވާ ގޮތަށް ތަރުތީބު ހަމަޖައްސަން ތާއީދު ކުރެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުމްތާޒު ރަޝީދެވެ.

ހއ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް އިދާރީ ދާއިރާތައް ތަރުތީބުވާ ގޮތަށް ހަމަޖައްސަން ތާއީދު ކުރެއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމެވެ.

އަލިފުށި ދާއިރާގެ މެންބަރު މުހައްމަަދު ރަޝީދު ހުސައިން (ބިގޭ) ވަކި ގޮތަކަށް ތާއީދެއް ނުކުރައްވައެވެ. އެކަމަކު ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭނާ ވަށައިގެން ވާދަވެރި ޕާޓީތަކުގެ މެންބަރުން ތިއްބެވިއިރު ހިޔާލު ފާޅުކުރުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

ކޮމިޓީގެ މުގައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ވާހަކަތައް ވެސް ހުންނެވީ ސިޔާސީ ޕާޓީތައް ވަކިވާ ގޮތަށް ތަރުތީބު ބަދަލު ކުރުމަށެވެ.

މަޖިލީހުގެ ތަޅުމުގައި މިހާރު މެންބަރުން އިށީނދެ ތިއްބަވާ ތަރުތީބަކީ، އެންމެ ކުރީ ގޮނޑި ބަރީގައި މާލެ ދާއިރާތައް ތަމްސީލު ކުރައްވާ މެންބަރުން ތިބުމަށް ފަހު، ދެން ހއ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް އިދާރީ ދާއިރާތައް ތަރުތީބުވާ ގޮތަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މެންބަރުންގެ ހިޔާލުތައް ދެކަފިވުމުން، ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ ހުށަހެޅުއްވީ ދެ ހިޔާލު ވެސް ކޮމިޓީ ރިޕޯޓްގައި ބަޔާން ކުރާ ގޮތަށް ކޮމިޓީގެ ރިޕޯޓް އެކުލަވާލުމަށެވެ.

ޣަނީގެ ހުށަހެޅުއްވުމަށް އެހެން މެންބަރުން ވެސް ތާއީދު ކުރެއްވުމުން ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، ދެ ހިޔާލު ބަޔާން ކުރާ ގޮތަށް ރިޕޯޓްގެ ޑްރާފްޓްއެއް އެކުލަވާލަން އިދާރީ މޭޭޒަށް ދަންނަވާނެ ކަމަށެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޗާއާޕާސަންގެ މަގާމު ވެސް ފުރުއްވާ ހަސަން ލަތީފް ވިދާޅުވި ގޮތުގައި، މާދަމާގެ ނިޔަލަށް ރިޕޯޓްގެ ޑްރާފްޓް ނިމި ފާސްކުރެވޭނެ ކަމަށް ލަފާ ކުރެއެވެ.

ކޮމިޓީގެ ރިޕޯޓް ތަޅުމަށް ގެންދެވި ތަޅުމުގައާއި ޕާާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްތަކުގައި ވެސް ބަހުސްކޮށް ތަރުތީބަށް ބަދަލެއް ގެނެވޭނީ މުޅި ތަޅުމުން ފާސްކުރުމުން ކަން ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ރިޔާސީ ނިޒާމުތައް އޮންނަ ގައުމުތަކުގައި މަޖިލީހުގެ ތަޅުމުގައި ގޮނޑިތައް ތަރުތީބު ކުރެވިފައި އޮންނަ ގޮތުގެ މައްޗަށް އިދާރީ މޭޒުން އެކުލަވާލި ދިރާސާއެއްގެ ލިޔުން ވެސް އިއްވެވިއެވެ.

އޭގައި އޮންނަ ގޮތުން ނަމަ، ރިޔާސީ ނިޒާމު އޮންނަ ގިނަ ގައުމުތަކުގައި މަޖިލީހުގެ މެންބަރުންގެ ގޮނޑިތައް ތަރުތީބު ކުރެވިފައި އޮންނަނީ ސިޔާސީ ޕާޓީތައް ތަރުތީބުވާ ގޮތަށެވެ.

ރާއްޖޭގައި އޮންނަ ގޮތަށް އިދާރާ ދާއިރާތަކުން ގޮނޑިތައް ތަރުތީބު ކުރެވޭ ގޮތަށް އޮންނަނީ ރާއްޖޭގެ އިތުރަށް ފިިލިޕީންސްގައި އެކަންޏެވެ.

މިދިޔަ އަހަރު މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތަރުތީބު ބަދަލު ކުރުމާ ގުޅޭ ގޮތުން އެކި ފަހަރ މަތިން އެ ވާހަކަ ދައްކަވާފައެވެ.

މިހާރު މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ނަޝީދު ވިދާޅުވާ ގޮތުގައި ރާއްޖޭގައި މަޖިލީހުގެ މެންބަރުން ތިއްބަވާ ގޮނޑިތައް ތަރުތީބު ކުރެވިފައި އޮންނަނީ މަޖިލީހުގެ މަސައްކަތްތަކަށް އެންމެ އެކަށޭނަ ގޮތަކަށް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަވާސާ އިބޫ

    މިއީ ބަރުލަމާނީޔަށް ފައްކާކުރަން އިންގިރޭސިން ދިން އެންމެ ފަހުގެ ޚިޔާލު މިޚިޔާލު ހދަން ނަސީދު ބޮޑުޚަރަދުކޮށްފައި ދިޔައީ

  2. ރަބަރޭ

    ދެން މަޖިލީހުގާއި އޮށޯވެ ތިބޭގޮތަޢް ހަމަޖައްސަންވީނު
    އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ މިލިޓަރީ އައުޓް