ދިވެހި މަންމަ އަކާއި ބައްޕަ އަކަށް ލިބޭ ދަރިއަކަށްވުމުންނާއި ސުންނީ މުސްލިމް ޖަމާއަތުގެ މީހަކަށް ވުމަކުން އަދި ދިވެއްސެއްގެ ޝަރުތު ހަމަނުވާކަން އެނގިއްޖެ ކަމަށް ވިދާޅުވެ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ހުސައިން ވަހީދު އިކޮމަނިކް މިނިސްޓަރ ފައްޔާޒް އިބްރާހިމްގެ ވާހަކަަތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އިންޑިއާ އިން ބޭނުންނަމަ ދިވެހިން މަރާފައި ވެސް ރާއްޖެ ހިފާނެ ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވުމުން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ހުސައިން ވަހީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަވީގައިވެސް ޖެހިނުލާ، ދާކޮޅެއްވެސް އޮހޮރުވާނުލާ "އެވެރިންނަށް ޤައުމު ވެދުން ކުރަންޖެހޭ ސަބަބެއްނެތް" ކަމަށެވެ.
ހުސައިން ވަނީދު ވަނީ ދިވެހިން ފިނދަނައަށް ނުހެއްދެވުމަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ ދިވެހި ބިމަކީ ވަރަށްވަރުގަދަ ބަޔަކު އުފަން ކުރުވި ބިމެއް ކަމަށެވެ. މުހައްމަދު ތަކުރުފާނު، އަލި ރަސްގެފާނު އަދި ޝަހީދު ހުސެއިން އާދަމް އަކީވެސް ހަމަ މިފަހުރުވެރި ބިމުން އުފަންވި ބަތޮލުންކަން ފާހަގަ ކުރައްވާ ހުސައިން ވަހީދު ވިދާޅުވީ ފުރިހަމަ ދިވެހީން، ދިވެހިރާއްޖެ ގަބޫލު ކުރާ އުސޫލުތަކާއި ހަމަތަކާއި އަސާސްތަށް ދަމަހައްޓާނެ، ދިވެހި ފަސްގަނޑުދެކެ، އަމިއްލަ މައިމީހާދެކެ ވާ ލޯބިވާނެ ކަމަށެވެ."
"އެމަންމަގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ. ދިވެހި ކާބަފައިން މި ފަސްގަނޑުގެ ހައްގުގައި ކުރި ޖިހާދު ވެއްޔާ މޮޑެއެއް ނުލާނެ! ދިވެހި ސަގާފަތާއި އާދަކާދަ ދިރުވާ އާލާކޮށް، ކާބަފައިންނެކޭ އެއްގޮތަށް އަބަދުވެސް އަންނަން އޮތް ޖީލުތަކަށް ޤައުމު މިނިވަންކަމާއި ފުރިހަމަ ޝަރަފާއި އިއްޒަތާއި އެކު ފޯރުކޮށްދިނުމުގެ އަޒުމްއާއި ހިތްވަރު ގެންގުޅޭނެ. ފުރިހަމަ ދިވެއްސެއް މި ޤައުމަށް ގޯނާ ކުރަން ފުރުސަތެއް ނުދޭނެ، އެ މަންޒަރުތަށް ބަލާ، އެކަމަށް ހިތްވަރެއްވެސް ނުދޭނެ." ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ހުސައިން ވަހީދު ލިޔުއްވާފައި ވެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ހުސައިން ވަހީދު ވިދާޅުވީ ގައުމުގެ ދިފާއަށް، ޤައުމުގެ ހައްގުގައި އަމަލެއް ނުކުރެވޭ ހާލު ބަހެއްނުބުނެ، ތިމަން މީ ދިވެއްސެކޭ ނުބުނުން މާ ރަނގަޅު ވާނެ ކަމަށެވެ.
"ދުލުގައި ގޮއްނުޖެހޭތީ، ދުލަށް އައިހާ ކޮންމެ އެއްޗެކޭވެސް ކިޔަންވީތޯ؟ ބަޔަކު ކޮންމެ ނިޔަތެއްގައި އައި ނަމަވެސް، ޔަގީންވެ ކަށަވަރުވާ ކަމަކީ މިގައުމާ ތޮޅެން ދިވެހިން ފުރުސަތު ހަމަ ހިލާ ނުދޭނެކަން. އިރާދަ ކުރެއްވިއްޔާ އެފަދަ ކޮންމެ ކަމެއްވާނީ ބިލާހަކަށް." ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ހުސައިން ވަހީދު ވިދާޅުވިއެވެ.
ޤައުމުގެ ދިފާއުގައި މަސައްކަތް ކުރަންތިބި މީހުން ޤައުމުގެ މިނިވަންކަމާއި އަމިއްލަ ވަންތަކަން ދިފާއު ކުރުމުގެ ކަންކަމުގައި "އިހުމާލުވުން" އެއީ "ޤައުމަށް ގައްދާރުވުން" ނޫން ދެން ކޮން ކަމެއްތޯ އޭނާ ސުވާލު ކުރެއްވެވިއެވެ.
ޤައުމުގެ މިނިވަންކަމާއި ދީނުގެ ހައްގުގައި ނިކުންނަން ޖެހިއްޖެ ނަމަ އަދި އެމަސައްކަތް ކުރަން ތިބި މީހުން އިސްނުނަގައިފި ނަމަ އެ މީހުންނާއި ނުލާވެސް ޤައުމު ހިމާޔަތް ކުރަން ބަޔަކު ނުކުންނާނެ ކަން ތާރީހުން ބުނެދޭކަން ވެސް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ހުސައިން ވަހީދު ހަނދާން ކޮށްދެއްވެވިއެވެ.
އޭނާ ވިދާޅުވީ އެ ދުވަހަކުން ކޮނޑުމަތީގައި ތިޔަ ހުރި ކުލަކުލައިގެ ތަރިތައްވިރުވާފައި ކުލަކުލައިގެ ތަނޑިއަށް ހަދާ އަތުގައި އަޅަންވާނެ ކަމަށާއި އެއްވެސް ބޭރުގެ އަސްކަރިއްޔާއެއް، ޔުނީފޯމް އެޅި ޖަމާއަތެއް އަދި ބޭރު ޖާސޫސުން މި ރާއްޖޭގައި ދާއިމަށް ތިބުމަކަށް ދިވެހިން ނުރުހޭނެ ކަމަށެވެ. އެކަމަކަށް ޤާނޫނުތަކެއްވެސް ފުރުސަތެއް ނުދޭކަމަށާއި "ވިހަ ނުލާނެ ކަމަށްވިހަ ހަރުފަ އަތުކުރީގައި ގެންގުޅުމަކީ އަމިއްލައަށް މަރުވުންފަދަ ކަމެއް" ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ހުސައިން ވަހީދު ވިދާޅުވިއެވެ.
އިކޮނަމިކް މިނިސްޓަރ ފައްޔާޒްގެ ވާހަކަފުޅާއި ގުޅިގެން ވަރަށް ގިނަ އާއްމުން ވެސް އަންނަނީ މިނިސްޓަރަށް މީސް މީޑިއާގައި ފާޑުކިޔަމުންނެވެ.
އެއީ މުހައްމަދު ނަޝީދު ކިޔާ ގުންޑާގެ ރުހުން ހޯދަން ދައްކާ ވާހަކަ، އެކަމަކު އެއިގެ ފައިދާ ނަގަނީ އިންޑިޔާއިން!
ވ. ވެސް ބޮޑު ތެދެއް ތިޔަވިދާޅުވީ.
ޝުކުރިއްޔާ ޤައުމަށްޓަކައި ރައްދު ދެއްވީތީ. މީބޮޑު ތަކުރުފާނު ގެ ޤައުމު.
ދިވެހިލޭ ހިނގާ ކޮންމެ ފަރުދަކު ކަންބޮޑުވާ ދަރަޖައަށް މިހާރު މިޤައުމުގެ ކަންކަން މިހިރަ ދަނީ. ޔާﷲ މިދިވެހި ފަސްގަނޑު ތާއަބަދަށް އިސްލާމީ ހިދާޔަތުގައި މިނިވަންކަންމަތީ ލައްވާނދޭވެ. ޤައުމަށް ޣައްދާރުވާ ޢަދާވާތްތެރިން ބަލިކަށި ކުރައްވާ ނިކަމެތި ކުރައް ވާންދޭވެ އާމީން.
އާމީން
ފައްޔާޒު ހައްޔަރުކުރޭ
ކޮބާ ލާރިގަނޑު... އިންސާފުގެ ކުރިމައްޗައްގެނެވޭނެ ވަރަށް އަވަހައް!
ހުސޭނާ ސާބަސް...މިފަހަރު ..މިތިބީ ތައްޔާރަށް...
ފައިސާއާ ޕުރޮޖެކްޓް ގެންނެވިޔަސް ގައުމު ވިއްކާނުލައްވާ. ބައެއް ދިވެހިން އިންޑިއާއަށް ދައުއަތު ދެއްވާތީ ހިތާމަ ކުރަން.
ކަލޭޔީ އޭގެ އެކެއް
ވަގުތު ނެތޭ.. ވަގުތު ނެތޭ..
މި ޤައުމާ މިފަސްގަނޑު ކުރާނަން ހިމާޔަތް ޖިހާދަށް ނިކުމެ އަތުކުރި އޮޅާނަން
މި ޤައުމުން އެޣައްދާރު ވެރިންތައް މުލުންލުހެ ހުދާފެހިރަތުން ވިހުރުވާނަން
ސާބަހޭ ސީޕީ! މިކަހަލަ މުނާފިޤު ދޫތަކެއް މިޤައުމުގެ އިސްސަފުގައި ރުކުރުވާލި ވެރިންނަށް ހަލާކު ހުރި. މިފަދަ ޖާހިލު ދޫތަކެއް ދިވެހިންގެ ހިމާޔަތުގައި ކޮށްދޭނީ ކޮންކަމެއްތޯ ހިތުގައި ސުވާލު އުފެދޭ. މަގޭ ވަޒީފާ މަގޭ ޖީބު މީ އެބައިމީހުންގެ މޮޓޯ. މިފަދަ ޖާހިލުން މިޤައުމުން އެކަހެރި ކުރައްވާށި!
ފައްޔާޒުގެ ވާ ހަކައަކީ ވަރަށް ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކޮށްފައޮތް ވާ ހަކައެއް.
ޗައިނާ މިރާއްޖެއަށް އެ ހީވާން ފެއްޓީމަ ކިއީ "އަތްގަދަކޮށް ދަރަނިވެރިކޮށް އިސްތިއުމާރުކޮށް ހިފަންށޭ އެއުޅެނީ" ެ. ބަލަ އެމީ ހުންނަށްވެސް ތިބުނާ ހެން ބޭނުންވިނަމަ ހަމަ ހިފޭނެ. ޢެކަމަކު މި ހާރު އިންޑިޔާ އެއްކަމެއް ކުރާއިރު ކޮން ހާ އުޒުރެއް؟
އަޅުގަނޑަކީ އެމް.ޑީޕީގެ މެމްބަރެއް މި ޤައުމުގަ މީސްކޮޅު ކިތަންމެ މަދަސް އަދި މިދިވެ ހި ވަޠަންދެކެ ތަޔަބޭފުޅުން ކިތަންމެ ރުޅިއަޔަސް މިޤައުމުދެކެ ލޯބިވާ އެއްވެސް މީ ހަކު އެފަދަ ވާ ހަކައެއް ބުނުމަކީ މިޤައުމަށް ޣައްރުވުން ތިޔަ ހާވަރަށް މިޤައުމުދެކެ ރުޅިއަންނަ އިރު ކީއްކުރަންތޯ މިޤައުމުގެ ވެރިކަމުގަ ބަގުޑިބައްދައިގެން ތިޔަތިއްބަވަނީ ރާއްޖޭގަ މީ ހުން ދިރިއުޅޭ ކޮންމެ ރަށަކަށް ނިއުކުލިއަރ ބޮމެއް ވައްޓާލިޔަސް އިންޑިޔާއިން ރާއްޖެ އަޅުވެތި ކުރުމާ ދިވެ ހި ފަސްގަނޑުދެކެ ލޯބިވާ ކޮންމެ މީ ހަކުމެ ދެކޮޅު ހަދާނެ!
އަންނިގެ ކާބަފައިންނަކީ އެއްވެސް އިރެއްގައި ޤައުމުދެކެ ލޯބިވީ ބައެއްކަމަކަށް އަޅުގަނޑު އަޑުއަހައިފައެއްނެތް. މިހާރު އަނެއްކާ ފައްޔާޒު މި ވިދާޅުވަނީ އަންނިގެ ދުލުން ކަމަށް ބެލެވިދާނެ.
މިހިރަހާމަވަނީ ފައްޔާޒުމެންގެ ނުބައިނުލަފާ ރޭވުން ދިވެހިން މަރާފައިވެސް ދިވެހިގައުމު އިންޑިޔާގެ އަޅުވެތިކަމަށް ގެންދަން ފައްޔާޒުމެން ރީނދޫގުރޫޕު ފަސްނުޖެހޭނެކަން މިއީ ގައުމަށް ހެޔޮއެދޭ ބައެއްނޫން ގައްދާރުންތިޔައީ
ތާރީޚް ހެކިވާފަދައިން، އިރާދަ އާއި އެކު މިދިވެހި ވަޠަން އަޅުވެތިކަމުން އަބަދުވެސް ކާމިޔާބު ހޯދާނެ.
އަހަރެ މެންގެ ކަޅުތިޔޮނަސީރު އަކީހިތްވަރުގަދަ ބޭފުޅެކެވެ އަނެކާ ނަސީރުގެ ކުޖެހޭ މިފިޑި ފަޔާޒު އަކީ ފަޔާޒު މމމމމމ؟ މިހާރު އިސްތިއުފާާދިފާާ ހިިޖުރަކުރާސެ އިންޑިޔާ އަށް އަވަސް އިސްތިއުފާާ އަވަސްް
ހިތްފުރި އުތުރިގެން އަރައިފި. ވީސެލިއުޓުޔޫ ސާރ.
ޣއދރ ވެރިބައެއް މިހާރުން މިހާރަށް ދިވެހިފަސްގަޑުނޫން އެހެންތަނެއް ދިރިއުޅެން ޚިޔާރުކުރަން މިގޮވައިލަނީ.
ދިވެހި ބިމަކީ ހުސެން ވަހީދު މެން ފަދަ ގައްދާރުން ވެސް އުފަންވި ބިމެއް...
ޝުކުރިއްޔާ ޤައުމަށްޓަކައި ރައްދު ދެއްވީތީ.
މައިންބަފައިން މުސްލިމުންނަށް ވުމަކުން އަދި ދަރި މުސްލިމަކަށްވެސް ނުވެދާނެ.
މޮޅުވާހަކަ ނުދައްކާ، ހުރިހާ ޖަރީމާއެއްގެ މުގުލުގަހުރި އެކަކުމީ، ސަރީއަތް ހިންގާ ހައްޤްވާ އަދަބުދިނުން މާލަސްވެއްޖެ
ފައްޔާޒުމެން ހީނުކުރާތި ދިވެހިން ކާޅައްކޮށާފަ އިންޑިޔާ ބޭނުންވިޔަސް ދެވޭނެކަމައް މީ މަލާބާރީންނާ ޕޯޖްގީޒް ލަޝްކަރު ބަލިކުރިބައިގެ މީހުން އަދި ޝަހީދު ހުސައިން އާދަމް ފަދަ ބަތޮލުން އުފެދުނުގައުމުވެސްމެ ޤައުމުގެ ޢައްދާރުން މިޤައުމު ބައެއްގެ އަޅުވެތިކަމައް ގެންދަން ކިތަންމެ މަސައްކަތެއްކުރިޔަސް އެކަމެއްނުވާނެ އެކަމާދެކޮޅައް މިބުނިފަދަ އަބުތޯލުން ނިކުންނާނެ
ކަލެއަކީ ބޮޑު ބާޤީއެއް.. 7 ފެބްރުއަރީ 2012 ގެ ހަނދާންތައް އަހަރެމެން ހިތުން ފިލާގެނެއްނުދާނެ... ﷲގެ ވާގިފުޅާލާގެން ވަރަށް އަވަހަށް ބާޤީންތައް ޖަލަށްލެވޭނެ..