ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ނިމުމަކަށް އައިސް، މީގެ ދެއަހަރެއްހާ ދުވަސް ކުރިން ދެއްވި ހިތޯބު އަޑު އަހާފައި އިދިކޮޅުގެ ގިނަ ސަޕޯޓަރުންތަކެއް ރޮއްވާލައިފިއެވެ.
މިއަދު އިދިކޮޅުން ލޯޔަލްޓީ ކާޑު ތައާރަފް ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން ވަނީ ރައީސް ޔާމީން ވެރިކަމުގައި އެންމެ ފަހުން ދެއްވި ހިތާބު ސަޕޯޓަރުންނަށް ދައްކާލާފައެވެ.
އެވަގުތު އެތަނުގައި ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެމަނިކުފާނު ދެއްކެވި "އަސަރުން ފުރިގެންވާ" ވާހަކަތައް އަޑު އަހައި ދެލޮލުން ކަރުނަ އަޅައި ރޮއެފައެވެ.
ރައީސް ޔާމީން ދެއްވި 17:55 މިނެޓުގެ ކުރު ހިތާބުގައި ވަނީ އެމަނިކުފާނު ވެރިކަމުގައި ނުހުރެވުނު ނަމަވެސް ގައުމަށް ހިދުމަތްކޮށްދިނުން މަތީ ދެމިހުންނާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ބޭރުގެ ފަރާތްތަކުގެ އަތްދޮށަށް ރާއްޖެ ދިއުމުގެ ފުރުސަތު ރައްޔިތުން ނުދިނުމަށްވެސް ރައީސް ޔާމީންގެ ހިތާބުގައި ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.
އަދި އެމަނިކުފާނުގެ އެންމެ ނުކުޅެދުންތެރި ސިފައަކީ ފަސް އަހަރު ވެގެން ދިޔައިރު ވެސް މީހުން ދަސް ނުވުން ކަމަށާއި، މީހުން ދަސްނުކުރެވުމުގެ ސަބަބުން އެތައް ގެއްލުމެއް ކުރިމަތިވި ކަމަށްވެސް ރައީސް ޔާމީން އެ ހިތޯބުގައި ވިދާޅުވިއެވެ.
"އަޅުގަނޑުގެ ނުކުޅެދުންތެރިކަން ހުރި ކަމަކީ، އަޅުގަނޑަށް ނުވިސްނުނު ކަމަކީ މީހުން ދަސް ނުވުން. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް މި ފަސް އަހަރު ވެގެން ދިޔައިރުވެސް ދަހެއް ނުވި މީހުންގެ ފިކުރަށާއި މީހުންގެ ވިސްނުމަށް މި އަންނަ ބަދަލު އަންނަނީ ކީއްވެގެންކަމެއް. އަދި ކޮންކަހަލަ ނުފޫޒުންކަމެއް މި ސިޔާސީ ލީޑަރުންނާއި އަދި ދިވެހި ރައްޔިތުންގެ ތެރެއިން ވިސްނުން ބަދަލުވަމުން މިދާ އަވަސް މިނުގައި ބަދަލުވަމުން މިދަނީ ކޮން ކަހަލަ ނުފޫޒަކުންކަމެއް އަޅުގަނޑަކަށް ނުވިސްނުން." ރައީސް ޔާމީން އޭރު ވިދާޅުވިއެވެ.
މާނަހުރި އަސަރުގަދަ ޚިޠާބެއް. މާތް ﷲ ރައީސް ޔާމީނަށް ކެތްތެރިކަން މިންވަރު ކުރައްވާށި! އަނިޔާވެރިންގެ ވަކިތަކުން ސަލާމަތް ކުރައްވާށި! އާމީން
ތިޔަ އެއްޗެއް އަޑުއަހާފަ މީހަކު ރޯތަނެއް ނުފެނޭ ! ފެންނަންތިބި މީހުންވެސް ތިބީ އުފަލުން ވަގުވަގަށް ހީލަ ހީލަ !
ކަނުންނަކަށް ތަންތަނެއް ނުފެންނާނެ.
މަ ހަމަ ރޮއެ ރޮއެ އަވަދިވެއްޖެ... ދެންނެއް އަންހެނުން ކައިރިއަށް ގޮސް އަޅާލާނެ ކަރުނަ ކޮޅެއް ވެސް ނެތް
😂😂
ޖަލްސާ ޓީވީ ންބެލި މީހުންނަށްވެސް ރޮވުނު. އެ ވާހަކަފުޅާ މިއަދުގެ ޤަވްމުގެ ޙާލަތު ގުޅިފަ އޮތީމަ.
މަށަށްވެސް ވަރަަށް ހޭރެވުނު
އެކަކުގެ ލޮލުންވެސް ކަރުނައެއް ނުފެނޭ
ޙަޤީޤީ ދިވެހިލޭ ހިނގާ ދަރިއެއް ވިއްޔާ އަސަރު ކުރާނެ. މިއަދު މިޤައުމުގެ ކަންކަން މިއޮތީ ހަމަ އެފަދަ ބީދައަކުން ނޫންބާ؟ ހެޔޮވެރިކަމޭ ޒީރޯ ޓޮލަރެންސޭ ނުވިތާކަށް ދުޢާދެއްވި ސޯލިޙޭކިޔާ ބަޔަކު ހައްދާލީ. ޝެއިޚް އިލްޔާސް މެންފަދަ ބޭފުޅުންނަށް އޯކޭތޯ އިސްލާމީ ޝަރީޢަތަށް ގޮންޖަހަމުން ދިޔަސް. ލަދުވެތިވެ މަޢާފަށް އެދެން އިލްޔާސް މެންނަށް ހެއްލި ވޯޓްދެވުނީތީ. އެހެންނުވާނީ. ދުޢާދެއްވީއޭ ވިދުޅުވެއްޖެ
އަދުރޭ ކިހާވަރަކަށް ރުއިތޯ ކޮންމެސް ކުއްޖެއް ބަލާދީބަލަ... އެވެސް ހަގީގީ ދިވެހި ލޭހިގާ ދަރިއެއް. އޭނާ ނުރޮއިފިއްޔާ އޭނާއަކީ ދިވެހި ދަރިއެއްނޫން..
ހަގީގީ ދިވެހިލޭ ހިނގާނަމަ ތިހެނެއް ނުވުނާނެ. އޮޅުވާ ނުލާ
އަމައްޔާއީ ހާދަ ނާޒުކު ސަޕޯޓަރުންނެކޭ ދޯ 2018 ވަނައަހަރު ވޯޓުދޭންވެސް ނުކެރުން ޔާނު އަށް 😣😣 ގޭގަ ތިބީ ބާ ލޮލުން ކަރުނަ އޮހޮރުވަން
އާނ. ހަޔާތް ކުޑަ ލާދީނީ ބައިގަނޑާ ވަރަށްވެސް ތަފާތު ވާނެ ޕޕމ ސަޕޯޓަރުން
މިގޭ މާމަޔާ ކާފަޔަށް އަދި ވެސް ރޮވެނީ
ޕެޕަސްޕްރޭ ޖަހާގެންތިބެ އެއްވެސް އޮއްޓަރެއްނެތް ވާހަކަތަކެއް އަޑުއަހާފަ މިޔޮތް ކުޅެލި ޑްރާމާއެއް. ޔާމީނު ތިޔަ ހިތޯބެއް ދިންދުވަހު ނުރޮއިތިބީ އޭގަ އަސަރެއްވެސް ޖަޒުބާތެއްވެސް ނެތީމަތަ. ދެން ތިޔަ ހިތޯބުވެސް ސީޑީތަކަށް އަޅާފަ ވިއްކަންފަށަން މަށައްފެންނަނީ. އޭރަށް ތީގެންވެސް ފައިސާ ފޮއްޗެއް ލިބޭނީ.. ވެރިކަމަށް އައިސްފަ ބައިތުލްމާލް ހުސްކޮށްފަ މިހާރު އެ ފައިސާ ބަޑުއެޅި މީހުން މަތިފަޑީގަ ތިބެގެން އާންމު މެމްބަރުން ފެލާނެ މޮޅަތި ގޮތްތަށް އެބަހޯދާ.. ލޯޔަލް ކާޑު ނަގާގެން ޕާޓީ ބަދަލްކުރާ މަންޒަރު އޮތީ ދުރަކުނޫން
ޔާމީނު އަށް އަނބިމީހާއ އަދީބުގެ ފިކުރު ވިސްނުނު ނަމަ ވެރިކަން ނުގެއްލުނީސް މިއަދު ގައުމުން މިފެންނަ ހިތާމަވެރިކަން ރައްޔިތުންނަށް އިހްސާސް ކުރަން ނުޖެހުނީސް.
މި އެ މްޑީޕީ މީހުންނަށް ވިސްނޭނީ ތިވަރަށް މަލާ މަތްކޮށްފަ ފަހުން ކަރުނައަޅައި ރޯންޖެހޭދުވަހަކުން މިއަދު މިޤައު މާއި މެދުވިސްނަނީ ހަ މައެކަ ނިއިދިކޮޅުގައި ތިބި މީހުން އެއީ އިދިކޮޅު މީހުނަށް ވާނުވާއެނގޭތީ އާލޮލުން ކަރުނަ ނާޅާކުދިންނަށް ވވސަލާ މް:
އަސްލު އިދިކޮޅުގަ ތިބީ ތަންދޮރު ދަންނަބައެއްނޫން. ޖަޒުބާތުގަ ޖެހިފަތިބި މޮޔައިން.
ދީނީ ދަރުސެއް ބަލާފަ ރޮވުނު މީހަކު ތިތާ އެބައިންބާ..
އަދި ބުނެލަމެވެ. ވައްކަން ކޮއްގެން ޖަލަށްލީ މީހަކަށް އެކަމަށް ބާރުދިން އެންމެންނަކީ ވެސް ވަގުންނެވެ..
އެތާ އަޅުވާފައި ހުރި ލައިޓަކާ ހެދި އެންމެން ލޮލުގަ ރިއްސާތީ މިހާރު އުޅެނީ
ތިޔަ ވަދައީ ތަގްރީރު އަޑުއހަފަ ރޯނީ ޔާމީނުގެ މުއްފަތުން ނުވަތަ ތައްޕާހާށް ވެއްތިގެން ފައިދާލިބެމުންދިޔަ މީހުން. މިއުއްމަތުގެ ނަބިއްޔާގެ ހުއްޖަތުލްވަދާއުގެ އަސަރުގަދަ ޙުތުބާ ވިދާލުވެލައްވާ. ިތަޔ ބޭފުންގެ ލޮލުން ކަރުނަ ނާނަނަމަ ތިޔަ ބޭފުޅުން ތީ އެއްވެސް ބަޔެއްނޫން. މީ އަލްމަތކަށް ރަހމުަތެއްކަމުގައި ފޮނުއްވި ނަބިއްޔާގެ އެންމެ ފަހުގެ ވަސިއްޔަތް.
އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ބަޑު އަޅާލި ގުރޫޕް ފަޅާ އެރުމުގެ ކުރިން ސިމްޕަތީ ކާޑު ކުޅެލީ ދޯ. ތިޔަ ފިލްމް އޮލިމްޕަހަށް އަންނަނީ ކޮންދުވަހަކުންތަ. މަވެސް ބޭނުން ތިޔަ ފިލްމް ބަލާލަން ކިހާވަރަކަށް ރޮވޭތޯ ބަލަން
މިރޮނީ.
ތިޔަ ލޯޔަލްޓީ ކާޑުން އެމްއެމްޕީއާރުސީ ގެ ފައިސާ ނެގޭތަ؟
ޔާމީނު އަށް ދަސްނުވެ އޮތްއެއްޗަކީ ފައިސާ
ފައިސާ އެއީ ކޯޗެއްކަންއެނގުނުނަމަ ތިހެންނުވިސް
ސަޕޯޓަެުންނައް ރޮވުނުވަރުކުޑަ ފައިސާލިބުނު އިރުގަ ނުރޮވުނު މިހާރު ފައިސާނުލިބޭތީ ހިތުގަޖެހެނީ