ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސް ކަމަށް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައުލޫމާތު ހިމެނޭ ލިއެކިއުންތައް ލީކްކޮށްލި ގާސިމް އަބްދުލް ކަރީމް އައްޔަން ކުރައްވައިފިއެވެ.
އެންއައިސީގައި ކުރިން ތިއްބެވި މެންބަރުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ލަފާ ދެއްވުމަށް މަޖިލީހުން ފާސްކުރުމުން އެއިން އެއް މެންބަރަކު ވަކި ކުރުމުންނާއި ތިން މެންބަރަކު އިސްތިއުފާ ދެއްވުމުން އެ ކޮމިޝަން އިން ހުސްވި ހަތަރު މަގާމަށް މަޖިލީހުން ހަތަރު ބޭފުޅަކަށް ރުހުން ދިނުމުން ދާދި ފަހަކުން އެ ބޭފުޅުން އައްޔަން ކުރައްވާފައިވެއެވެ.
އޭގެ ތެރޭގައި ހިމެނޭ ބޭންކްގެ ވިސްލް ބްލޯވަރުގެ ނަމުން މަޝްހޫރުވެފައިވާ ގާސިމް އަބްދުލް ކަރީމް އެ ކޮމިޝަންގެ ރައީސް ކަމަށް ކަނޑައަޅުއްވާފައިވާ ކަން އަންގަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީފުޅުގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަޅުމަށް އިއްވާފައިވެއެވެ.
އެމްއެމްޕީއާރުސީގެ މުއާމަލާތްތަކުގެ ލިޔެކިއުންތަކެއް ގާސިމް ލީކްކޮށްލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ހުންނަވައިގެނެވެ. ފަހުން ބޭންކްގެ ވަޒީފާއިން ވެސް އޭނާ ވަކިކުރިއެވެ. ގާސިމް އަބްދުލް ކަރީމްއަށް ބީއެމްއެލްގެ އެތެރޭގެ މައުލޫމާތުތަކެއް ލީކްކޮށްލި މައްސަލާގައި 1 އަހަރާއި 4 މަހުގެ ޖަލު ހުކުމެއް އައިސްފައިވެއެވެ. އެ ހުކުމް ތަންފީޒުކޮށް އޭނާ ޖަލުން މިނިވަންވީ 2017 ގައެވެ.
އެންއައިސީއަށް އައްޔަން ކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އުފަން ނައިފަރު ދައިރާއަށް ވާދަކުރައްވަން އެމްޑީޕީގެ ޕްރައިމަރީގައި ވެސް ވާދަކުރެއްވިއެވެ. އެކަމަކު ޕްރައިމަރީއިން ނާކާމިޔާބުވުމުން އެމްޑީޕީގެ ޓިކެޓެއް ނުލިބެއެވެ. ގާސިމަކީ ވަރަށް ކުރިއްސުރެން ފެށިގެން އެމްޑީޕީގެ ސަޕޯޓަރެކެވެ.
އެންއައިސީއަށް އައްޔަން ކުރި މެންބަރުން
- ގާސިމް އަބްދުލް ކަރީމް، ޅ. ނައިފަރު ނިކަގަސްދޮށުގެ
- އައިމިނަތު ޝާދިޔާ، މ. ޕިސްތާގެ
- އައިމިނަތު ޝިއުނާ، ގ. ދޫރެސްވިލާ
- ޝުއައިބް އަބްދުލް ރަހްމާން، ދަފްތަރު ނަންބަރު 1188
އެންއައިސީގެ ރައީސް އަކަށް އެމްޑީޕީގެ ސަޕޯޓަރަކު އައްޔަން ކުރިއިރު އެއީ މިނިވަން މުއައްސަސާއެކެވެ. އެންއައިސީ އަކީ ފުލުހުންނާއި ކަސްޓަމްސް ފަދަ އިދާރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލަތައް ބަލަން އުފައްދާފައި އޮންނަ މުއައްސަސާއެކެވެ.
ވަކިފަރާތަކަށް ނުޖެހޭނެކަމުގެޔާގީކަން މިހާރު ރައްޔުންށް އެލިބެނީ ކޯޓުތަކުގައި ވެސްއެމީހުންނެތީމަ މަސައލަގޯހުން މިއީ އިންސާފުވެރިގުތުގައި ގައުމުދަވާލަން ޖަހާމަޅި ބޭނުކުދަވާލަފައ ިއެތަނަށްހިޔާނެތްވޭމީހުންނަށްލަނޑުދީފައިއައި ރައީސްކަން ގަމު ހަތަރެސްކަންހަވީ އިންސާފް
އިބޫ ސޯލިހު ލައިގެން މިގައުމު ނުދާނެ ކުރިޔަކަށް......
ގިނަދުވަހެއް ނެތް އިންޝާއަﷲ
މީނާއަކީ އިލްމު ހުރި ހިލްމެއް ނެތް މީހެއް. މިކަން އޭނާ އަމިއްލަ އަށް ވެސް ޤަބޫލު ކުރާނެ. ޤާބިލްކަން ނެތްކަން އެނގިހުރެ މިކަހަލަ މަޤާމް ހަވާލު ކުރުމާއި ހަވާލު ވުމަކީ ވެސް ޤައުމަށް ވެވޭ ހިޔާނާތެއް. ތިޔަ ތަނުގެ ދުވަސް ތިދިޔައީ.