ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާ ފުރިހަމަކޮށް ބަރުލަމާނީ ނިޒާމު ގެންނަވަން ކަމަށް ބިލް ހުށަހެޅުއްވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ލީޑް ކުރައްވާ ޑީއާރުޕީއިން ބުނެފިއެވެ.
ޑީީއާރުޕީ އިން ކުރި ޓްވީޓެއްގައި ބުނީ ޖާބިރު ހުށަހެޅުއްވި ބިލް މަޖިލީހުން މިއަދު ބޭރުކޮށްލި ނަމަވެސް އެ ކަން ކުރެއްވުމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު ފުރުސަތު ދެއްވީ އެއަށް ވުރެ ފުރިހަމައަށް އެ ކަން ކުރައްވަން ކަން ޔަގީންވާ ކަމަށެވެ.
"އަދި ޑީއާރުޕީގެ ލީޑަރު އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާނެ. ދެން ރާއްޖޭގައި އޮންނާނީ ބަރުލަމާނީ ނިޒާމެއްކަން ޔަގީންވެއްޖެ،" ޑީއާރުޕީގެ ޓްވީޓްގައިވެއެވެ.
މި ބިލް މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ވެސް މެންބަރު ޖާބިރު އެކަންޏެވެ. ބިލް ބަލައިގަންނަން ނުފެންނަ ކަމަށް 51 މެންބަރުން ވޯޓު ދެއްވިއެވެ. އެހެންކަމުން ބިލް ތަޅުމަށް ބަލައިގަންނަން ފާހެއް ނުވިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ވެރިކަމުގެ ނިޒާމުގެ ހިޔާލާ މެދު ހިޔާލު ދެކަފިވެފައިވެއެވެ. އެމްޑީޕީގެ ބައެއް މެންބަރުން ބަރުލަމާނީ ނިޒާމު ގެންނަން ތާއީދު ކުރައްވައި ވާހަކަ ދައްކަވާއިރު ރިޔާސީ ނިޒާމު ބާއްވަން ވަކާލާތު ކުރައްވައި ބައެއް މެންބަރުން ވާހަކަ ދައްކަވައެވެ.
އެމްޑީޕީގައި މި ކަމުގައި ހިޔާލު ތަފާތުވުން އޮތްއިރު ބަރުލަމާނީ ނިޒާމަކީ ރައީސް ނަޝީދު އެންމެ ބޭނުންފުޅުވާ ނިޒާމެވެ. 2007 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ރައީސް ނަޝީދާއި އެމްޑީޕީ ތާއީދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އެ ވޯޓުގައި 60 ޕަސެންޓް ރައްޔިތުންގެ ވޯޓުން ކުރި ހޯދީ ރިޔާސީ ނިޒާމެވެ.
އެހެން ވިޔަސް ރައީސް ނަޝީދު ދާދި ފަހަކުން ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެންނަން ކިތަންމެ ތާއީދު ކުރެއްވި ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވެ ކުރަން ޖެހިފައިވާ އެތައް ކަމެއް އޮތުމުން މިއީ ވެރިކަން ކުރުމުގެ ނިޒާމުގެ ބަހުސް ހިންގަންވީ ދަނޑިވަޅު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ޖާބިރު ހުރީ ހަމަހޭގަތަ ނަޝީދަށް ގެނޭވޭނީ މާފުރިހަމަ ކޮން ނިޒާމެއްބާ އޭނަގެންނަ ފުރިހަމަ ނިޒާމެށް ބަލާނެ ބަޔަކު މިދިވެހިރާއްޖެއަކުނެތް ބަލާނީ ހަމަކަލެޔާ ކަލޭގެ އައިވާނުން އެމީހުންވެސް މިހާރަކު ނުބަލާނެ
ބަރުލަމާނީ ގެންނަވަރަށް މީހުންތަސައްވަރު ނުފުދޭގައުމެއް މިގައުމަކީ މަހެއްނުވާނެ ކޮޅުބަދަލުކޮށްލާނެ ދެމީހަކު ކޮޅުބަދަލުކޮށްލާއިރު ސަރުކާރު އޮންނާނީ ވެއްޓިފަ އެވީ އަވަހަށް އިންތިހާބު ބާއްވަން