ދަރަނީގެ ހިސާބުކިތާބު އެމްޑީޕީގެ އިސް ބޭފުޅުން އެނގިވަޑައިނުގަންނަވާ ކަމަށާއި ހިސާބު ކިޔަވަން ޕީޕީއެމްއާއި ޕީއެންސީގެ ބޭފުޅުންގެ ކައިރިއަށް ވަޑައިގަންނަވަން ގޮވާލައްވާ ކަމަށް އެ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ އޮފީހުގައި މިއަދު ބޭއްވި ޖަލްސާއެއްގައި ޕީއެންސީގެ ރައީސް އަދުރޭ ވިދާޅުވީ ބަޖެޓްގެ ދަރަނި ބޮޑު ވެގެން އުޅޭ ސަބަބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށް އެމްޑީޕީގެ ވެރިން ވިދާޅުވަނީ ހިސާބު އޮޅިވަޑަައިގެން ހުންނަވާ ކަމަށެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީން ވެރިކަން ދޫކޮށްލައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ވެރިކަން ހަވާލުކޮށްދެއްވިއިރު ފުދުންތެރި އިގްތިސާދަކާއި ދައުލަތުގެ މާލިއްޔަތެއް އޮންނާނެ ކަމަށެވެ. މާލިއްޔަތުގައި 900 މިލިއަން ޑޮލަރުގެ ރިޒާވެއް އޮންނާނެ ކަން އަދުރޭ ފާހަގަކުރެއްވިއެވެ.
އެކަމަކު ރިޒާވްގައިވާ ފައިސާ މަދުވެ ދަރަނި ދައްކާނެ ގޮތެއް މިއަދުގެ ސަރުކާރަށް ނުލިބި އޮތީ ގައުމު ހިންގަވަން އެނގިވަޑައިނުގެންނެވުމުން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ސަރުކާރުގަައި އިންތިހާއަށް ކޮރަޕްޝަނާއި އިސްރާފު ހަރަދުތައް އިތުރުވުމަކީ އޭގެ ސަބަބެއް ކަމަށެވެ.
"ހިސާބު ކިޔަވަން އަޅުގަނޑުމެންގެ ގާތަށް އަންނަންވީ ނޫންތޯ؟ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވުރެ ގަމާރު ވެރިއަކު ނުދެކޭ. ރައީސް މުހައްމަދު ނަޝީދަށް ވާނުވާ ނޭނގުނަސް އަޅުގަނޑުމެންނަށް ވާނުވާ އެބަ އިނގޭ. އަރަންޏާއި ދަރަންޏާއި، ފައިދާ އާއި ގެއްލުމާއި ޕީޕީއެމް އާއި ރައީސް ޔާމީނަށް އިނގެއޭ،" އަދުރޭ ވިދާޅުވިއެވެ.
ޕީޕީއެމްއާއި ޕީއެންސީ އިން މިއަދު ހަވީރު ޖަލްސާއެއް ބޭއްވިއިރު އޭގެ ކުރިން މިއަދު މެންދުރު ފަހު އެމްޑީޕީ ހަރުގޭގައި އެ ޕާޓީގެ ބައެއް ސަޕޯޓަރުންނާާ ބައްދަލު ކުރައްވައި ރައީސް ނަޝީދު ވާހަކަ ދެއްކެވިއެވެ. ނަޝީދު ވަނީ ރައީސް ޔާމީންއާއި ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށް ދަނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓްގެ މަސައްކަތެވެ. މިއީ ރާއްޖޭގެ ތާރީހުގައި މަޖިލީހަށް ހުށަހެޅުނު އެންމެ ޑެފިސިޓް ބޮޑު ބަޖެޓެވެ. މި ބަޖެޓްގެ ޑެފިސިޓް 15.5 ބިލިއަން ރުފިޔާއަށް އަރައެވެ.
ތި މީހުން ގެ ހިސާބު ގެ ސަބަބުން މާލިއްޔާތު ވަނީ ފޫ ވެއްޓިފައި
އަދުރޭ ކަލޭ އަކައް ނޭނގޭނެ ހިސާބެއް.ކަލޭ ތީ ހިސާބުން ފެލް ވެފަ ހުރި މީހެއް.އަދި ބުންޏޭ 50 ގުނަކުރަން 4 ޔުނިވާސިޓީއައް ނުދިޔަސް ދެލައްކަ ވާކަން އެނގޭ. 50 ގުނަކުރަން 4 ވާނީ 200އިނގޭ. ކުޑަކުއްޖެއް ކަރިޔައް ދިޔަޔަސް ކަލޭ ޔައް ހިސާބު ދަސް ކޮއް ދޭނެ.50ގުނަކުރަން 4000 ވާނީ ދެލައްކަ.😏😏😝😝😂😂
އަދުރޭ ކައިރިން ހިސާބު ދަސްކުރަން ހެޔޮނުވާނެ. މީހުންނަށް ކަންކަން ދަސްކޮށްދެވޭނީ ކަންކަން ދަންނަ މީހުނަށްނަށް. އަދުރޭގެ ހިސާބު ފެންވަރު ނުދަންނަ އެއްވެސް މީހަކު މިޤައުމުގަނެތް. މީހުންނާއި ދިމާއަށް ގަމާރޭ ގޮވާއިރު ތިމާގެ ޙާލުހުރިވަރު ނޭނގޭކަން ވަރަށް ދެރަ.
އަދުރޭކައިރިއަށް ހިސާބު ކިޔަވަން ދިޔާއިމާ ވާގޮތަކީ 5 އާއި ދޭއް ގުނަކުރީމަ ޖަވާބަކަށް ނުކުންނަނީ 1000! ދެން ކަލޭގެ ގާތަށް ކިޔަވަން ދާނީ ކިހިނެއްތަ ؟
އެމްޑީޕީ އަށް ކޮށްލަން އޮތީ އެންމެ ސުވާލެއް އަނގަ އެއީ ފަހަރުވާ ލާ ތަން ކަމަށް ވެއްޖެނަމަ އެއަށް ކިއާނީ ކޮން ނަމެއް ؟
އަދުރޭ އެއީ ހިސާބުން ވަރަށް ކިޔަވއިގެން ހުންނެވި ބޭފުޅެއް.... 2 ލައްކައިގަ އިންނަނީީ ކިތައް ސުމެއްކަންވެސް ޖެހޭނީ އިނގިލި މަޅާގެން ގުނާލަން ދޯ އަދުރޭ
ހިސާބު ވާހަކަ ދައްކަންޔާ ބޭކާރު އަނގަނުތަޅަ ނަންބަރުތައް ދައްކައިގެން ކިޔާ އެއްޗެއްގެ ބަރުދަން އިނގެނީ
އަވަގުރާނަ ކިޔަން ދަސްކޮއްދޭން ކަލޭ ރަގަޅީ
ޖޯކަރު!