މާމަގެ ފައްޓަރުބައި ވިއްކާލައިގެން ވެސް ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހޭ ދަރަނި ނުދެއްކޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް އަނެއްކާވެސް ދިފާއު ކުރައްވައިފިއެވެ.
މަޖިލިހުގެ އިދާރާގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ރާއްޖެ އިން ޗައިނާ އަށް ދަރަނި އަދާކުރަން ޖެހޭ ކަމަށާއި އެ ދަރަންޏަކީ ބޮޑު އަދަދަކުން ދައްކަން ޖެހޭ ދަރަނިތަކެއް ކަން އެއީ ހަގީގަތް ކަމަށެވެ.
ޗައިނާއަކީ ރާއްޖޭގެ ހަތުރެއް ކަމަށް ސިފަވާ ގޮތަށް ވާހަކަ ދައްކަވަނީ ކީއްވެގެންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ ޗައިނާ އަށް ދައްކަން ޖެހޭ ދަރަނީގެ ވާހަކަ ދައްކަނީ ހަތުރަކަށް ވެގެން ނޫން ކަމަށެވެ.
" އަޅުގަނޑުމެން ދަރާ އޮތީ ޗައިނާ އަށް ކަމާއި އެ ދަރަނި އަޅުގަނޑުމެން ޗައިނާ އަށް މިއަންނަ އަހަރު ދައްކަން ޖެހޭ ކަމާއި މިކަންކަމަކީ ހަގީގަތްތައް. އެއީ ހަތުރަކަށް ވިޔަސް އަދި ރަހުމަތްތެރިޔަކަށް ވިޔަސް. އެއީ ހަގީގަތް. އަޅުގަނޑުމެން މިތަނުގައި މާތް ރަސްކަލާނގެ ގަންދީ ހުވާކޮށްގެން މިތިބީ ހަގީގަތް ހާމަކުރުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ގާތް ގުޅުމެއް ބޭއްވި ގައުމަކީ ޗައިނާއާއެވެ. ޗައިނާ އިން ރާއްޖޭގައި ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ހިންގި އިރު، މާލީ ގޮތުން ވެސް ރާއްޖެ އަށް އެހީތެރިވިއެވެ. އެގޮތުން ޗައިނާ ސަރުކާރުން ރާއްޖެ އަށް ބޮޑެތި ލޯންތަކެއް ވެސް ދިނެވެ. ކުރީގެ ސަރުކާރުން އެންމެ ގިނަ އިން ލޯން ނަގާފައި ވަނީ ވެސް ޗައިނާ އިންނެވެ.
ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ ދަށުން ރާއްޖެ އަށް ބޭނުންވެއްޖެ ކޮންމެ ދަނޑިވަޅެއްގައިވެސް އެހީތެރިވެދޭނެ ކަމަށާއި ހަގީގީ ރަހުމަތްތެރިންނަކީ ބޭނުން ޖެހޭ ވަގުތު ތިބޭ ރަހުމަތްތެރިން ކަމަށް ވިދާޅުވެފައެވެ.
ޖީ-20ގެ "ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް" (ޑީއެސްއެސްއައި)ގެ ދަށުން ޗައިނާއިން ބައެއް ލޯނުތައް ރާއްޖެ އަށް ފަސްކޮށްދޭން ޗައިނާއިން ވަނީ ނިންމާފަކަން ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް ރައީސް ނަޝީދު ދަނީ އަންނަ އަހަރު ޗައިނާ އަށް ލޯނު ދައްކަން ޖެހޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ރާއްޖެ އަށް ލޯނުދެއްކުން ފަސްކޮށްދިނީ ކޮވިޑް-19 އާއި ގުޅިގެން ސަބަބުން ގައުމުތަކުން ދައްކަން ޖެހޭ ލޯނުތައް އަނބުރާ ދައްކަން ޖެހޭ މުއްދަތުު އިތުރު ކޮށްދިނުމުގެ ގޮތުން ވޯލްޑް ބޭންކުން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތުގެ ނަތީޖާއެވެ.
ތިޔައްކިޔަނީ ޒާތީވުން...ތިޔަ އެއަރޕޯޓް ބޮޑުވީމާ ކަލޯމެނަށް ފައިދާ ވާނީ...މަރުމޯލު އަންނި
ރ ނަޒޝީދަކީ ދިވެހިހުރިހާރައްޔަތުންގެވެސް ދުޝްމަންއެއް އެހެންވީމަ އެކިޕޯޑިއަމްތަކުގައި ރާއްޖެއައް ގެއްލުންލިބޭކަހަލަ ވާހަކަދައްކަނީ ހުވައިކޮއްގެންތިބީ ރައްޔަތުންނައްގެއްލުން ލިބޭގޮތައްވާހަކަދައްކަންބާ
ޗައިނާ ބޭނުމިއްޔާ ރާއްޖެ ގަނެވެސްލެވިދާނެ. ޗައިނާއަކީ މުއްސަނދި ގައުމެއް. ޗައިނާ ބޭނުމިއްޔާ ތި ދަރަނި މައުފުވެސް ކޮށްދީފާނެ. ތިއީ އިންޑިޔާ މިީހުންނަށް ބޮޑު އެއްޗަކަށް ވިޔަސް އެމީހުންނަށް ޗިޕްސް.
ނަސީދޫ ކަލޭމެން އިނޑިޔާޔައް ގައުމު ހިލޭސާބަހައް ހަދިޔާ ކުރަނީ.
ކޮންކަހަލަ ބަލި މަޑުކަމެއްގެ އަލާމަތެއްހެ މި ފެންނަނީ؟؟؟؟؟މިހާރު ތިއުޅެނީ އައްނަ ރިޔާސީ އިނތިހާބުގަ ބޮޑު ތަނުން ބަލިވާނެކަން އިނގޭތީ ބޯސަކަރާތްވެގެން.. މިމީހަ ކިޔާ އެއްޗިއްސައް އަޅާނުލަ.. ނާކާމިޔާބީޔަކައްފަހު ވާނެ ގޮތުގެ ތަސައްވަރު ކުރެވޭތީ މުޅިން ސަކަރާތް ވެފަ އެހެރީ.
ކަލޭތީ ގައުމަށް ޖެހިފަ އޮތް ވަބާއެއް
ދަރަނި އޮތްކަން އެނގިހުރެދޯ ވެރިކަމާ ހަވާލުވީ. ކީކޭތޯ ތިޔަކިޔަނީ.....ގންޖާ
އިއްޔެ އިބޫގެ ސްޕީޗްގައި=
މައުމޫނު 30 އަހަރު ނިމިގެން ދިޔައިރު 6 ބިލިޔަން ދަރަނި.
އަންނީ 3 އަހަރުން 20 ބިލިޔަން ދަރަނި.
ޔާމީނު 5 އަހަރުން 34 ބިލިޔަން ދަރަނި.
އަޅުގަނޑު އަދި 2 އަހަރުތެރޭ މިނެގީ 15 ބިލިޔަނުގެ ދަރަންޏެކޯ. ދެން ނިސްބަތުން އެންމެގިނަދަރަނިނަގާ ކަމެއްނުވީ ކޮންބަޔަކަށްތޯ؟
ރަންގަޅު ވާހަކަ އެ އް، ލޯނު ނަގާފަ އޮތީ ޗަ އިނާ އިން އެކަނި، އިންޑިޔާ އިން ދިނީ ރާ އްޖޭގަ އެމީހުންގެ ގޮނޑި ކޮ އްކޮ ސަރުކާރެ އް އެކުލަވާލަން ހަރަދުކުރަން، އެހެން ވީމަ ޗަ އިނާ އިން ނެގި ލޯނަށް ކުރި ކަންތަ އް ފެ އްނަން ހުރެފަ އިންޑޔާ އިން ދިން އެއ އްޗެ އްސަ އްކުރި ކަމެ އް ފެ އްނަން ނެތީ
ރަންގަޅު ވާހަކަ އެ އް، ލޯނު ނަގާފަ އޮތީ ޗަ އިނާ އިން އެކަނި، އިންޑިޔާ އިން ދިނީ ރާ އްޖޭގަ އެމީހުންގެ ގޮނޑި ކޮ އްކޮ ސަރުކާރެ އް އެކުލަވާލަން ހަރަދުކުރަން، އެހެން ވީމަ ޗަ އިނާ އިން ނެގި ލޯނަށް ކުރި ކަންތަ އް ފެ އްނަން ހުރެފަ އިންޑޔާ އިން ދިން އެއ އްޗެ އްސަ އްކުރި ކަމެ އް ފެ އްނަން ނެތީ
މި ކަލޭގެ މިނޫން އެއްޗެއް ކިޔާތަ؟ ޗައިނާ، ޗައިނާ، ޗައިނާ... ވެރިކަމާހެދި މީހާގެ ހޭބުއްދި ފިލާފަ.
ކިހާބޮޑުވެއްޖެ ކަމެއްތީ ބަލަގަ ކޮންމެސަރުކާރަކުންވެސް ދަރަންޏަށް ލޯނުނަގާނެކަން ނުދެނަހުރިންތަ އާންނޭގިދާނެ ހާމާންވިއްޔަ ހާމާނުވެރިކަމަށް އަރާ ގައުމުވިއްކުން ނޫންކަމެއް ކުރިންތަ އެއާޕޯރޓް ،ދިރާގު ފެންކުންފުނި އޭރުގަ ރާއްޖޭގައި ހުރި އެންމެ ބޮޑެތި އެސެޓް ވިއްކާނުދަރާތަ އޮތީ ތިކަހަލަ ވާހަކަ ދައްކާކަށް ހާމާން މާ ރީއްޗެއްނޫން އެތަންތަން މިނިވަން ކުރަން ރައީސް ޔާމިން މަސައްކަތް ކުރި އިރު މުޅިދައުލަތްއޮތީ ކައިހުސްކޮށްފަ ރައުސުލްމާލް ހާމާނު ކާލައިގެން ދިޔައީ އަދި ދަމުން މުޅިގައުމުގަ ހުޅުޖަހާ އެންދީމެއްނު ނަމަވެސް ކިނބޫ އައި އިރު ރައުސުލްމާލް ޑޮލަރުންފުރިފަ އޮތްތަންފެނުމުން ހާމާނުމެދުވެރިވެގެން ހުރިހާޑޮލަރެން ނަގައި ބެހީމާ ދެންހުންނާނެތަލާރި ނުހުންނާނެ 2އަހަރު ފާއިތުވީ ހަރާމުން ހަރާން ކުރެވުނުކަމެއް މިހާރު އަނެއްކާ ތިޔަވިއްކަންފެށީ މިގައުމުގަ ހުރި އެންމެ ބޮޑެތި އެސެޓްތައް ވައްކަން ކުރުންކަމަކީ ދެންކުރާހާވެސްކަމަކީ ރައީސްޔާމީން ގަންހިން ގައިގެން ދޮގުމައުލޫމާތުދީގެން ރައްޔިތުންނަށްއޮޅުވާލައިގެން ބޮޑެތިވައްކަން ކުރުން ހުރި ނުބައި ނުލަފާކަން ނިކަންދެކިބަލަ
ހޭބައްޔާ އިންޑިއާއަށް ދަރަނި ދައްކަން ނުޖެހެނީތަ
އިންޑިއާ އަށް ނުދަރާތަ؟އިންޑިއާ އަށް ދައްކަން ޖެހޭ ދަރަނި މާ ބޮޑު ބޯގޯސް
ބަލަ ކަލާެމެން ވެރިކަމާ ހަވާލުވީ ކީއްކުރަން ދަރަނި ދައްކަން އޮއްވާ؟ ދެރައީ ނުވާވަރު ކަންތަކާ ބޯގަޅާލާތީ ހަވާލުވި އިރުވެސް އެނގޭނެ 3 އަހަރުފަހުން ދައްކަންޖެހޭ ލޯނު ހުރިކަން ދެން ކޮންވާހަކައެއްތޯ ތިދައްވަނީ؟؟ ބަލަކުރީސަރުކާރުން ނޫންތޯ 320 މިލިއަން ޑޮލަރު ދައްކާފަ އެއާރޕޯޓު ވެސް ހޯދީ އެއިރު ތިހާ އަނގައެއް ނުތަޅާ....
ވިސްނާ ވިސްނާވެސް ނޭންގެ ކާކަށް ކޯޗެއް އޮޅުވާލަށް ކަމަށް ތި ހުރިހާ ބުހުތާނު ދޮގެއް ހަދަނީ؟؟؟
އަދިވެސް އެއްކަލަ މޮޓޯ ދަމަހައްޓަން " އަބަދު އެކަށްޗެއް ކިޔަންޔާ މީހުން ތެދެއް ކަމަށް ގަބޫލްކުރާނޭ " މަސައްކަތް ކުރާތަން ފެންނަނީ!!!!
އެކަމަކު ތީ ހަމަ އެންމެނަށް އެގިބާވެފަވާ ވާހަކައެއް މިހާރު އަދި ތި ދައްކާ ބަސް ގަބޫލު ކުރާ ހަމަހޭ ހުންނަ މީހަކު އުޅުމަކީ ފޫނެއް ފަޔަށް ފެން ފުރުން ކަހަލަ ކަމެއް. އެންމެނަށް ވެސް އެބަ އެގޭ ތިވެރިންނަށް ސަރުކާރު ހިންގަން އިނގޭނީ ދެކަމެއް ކޮށްގެންކަން.
1. ނުއަގުގަ ފައްޓަރުބައި ވިއްކައިގެންކަން.
2. މޮޅަތި ނަންނަމުގަ މާލިއްޔަތަށް އަތްބާނައިގެން ކަން.
2023 ގެ ވޯޓުން އިގޭނެ ރައްޔިތުން ތި ދައްކާ ވާހަކަ އަޑު އަހާވަރެއް.
މިސަރުކާރުންބޭނުމެއްނުވޭ އެއްވެސްދިމާއަކުންނަގާފައޮތްލޯނެއް މިމީހުންގެސަރުކާރުން ދައްކާކަށް އެހުރިހާލޯނެއްމިމީހުންބޭނުންވަނީ 2024 ގެފަހަށް މަޑުޖައްސާލަން ދެންމިމީހުން މިނަގާލޯނުތަށް ދައްކާނީ ކޮންބައެއްބާ
ދަރާއޮތީ އިންޑިޔާ އާއި ޖީއެމްއާރުން ނެގި ލޯނުގެ ސަބަބުން !
ޝައިނާއިންނެގިލޯނުގަ ބާކީހުރިފައިސާ ފެންފޮދަކާ ނުލާ ދިރުވާލީ ކާކުބާ ލަދުކުޑަކަމުން އެބައަގައަރުވައެއްނުން މިކަލޭގެ މަޖިލީހުގެ ރައީސްކަމުން ދުރުކުރަންވީ މައްޗަންގޯޅިން އޭނަހޮވުނު ދާއިރާގެމީހުން އެކަންޏެއްނޫން ދިވެހި ރައްޔިތުން އެކީގަގޮވަންވީ މިކަލޭގެ މަޖިލީހުގެ ރައީސް ކަމުން ދުރުކުރަން
ހަގީގަތަކީ ދިވެހި ގައުމަށް ކެނެރީގޭ ނަޝީދު ދަރާއޮތް ދަރަނި މާބޮޑު. ވެރިކަމުން އަމިއްލައަށް އިސްތިއުފާދީ މާލީ ގޮތުން ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުންތަކެއް ދިންކަން ތާރީޚް ހެކިދޭނެ. ދިވެހިރާއްޖެއަށް އެއްވެސް އަގުހުރި ޚިދުމަތެއް ކޮށްނުދީ ހިހޫތަނުން ކައިގެން އުޅޭމީހެއް ކެނެރީގޭ ނަޝީދަކީ. ދިވެހި ރައްޔިތުންގެ ފައިސާއިން އިނާޔަތް ލިބިގެން ދިވެހިރާއްޖެއަށް ގެއްލުންދިނުން ނަޝީދުގެ އެޖެންޑާގައި އަބަދުވެސް އޮންނަނީ. އެއްވެސް ލީޑަރޝިޕް ކޮލިޓިއެއް ހުރިމީހެއްނޫން. ފޮލޯކުރާނެބަޔަކު އުޅޭތީ ކާޅެއްހެން ގޮވާގޮވާ.