އިންޓަނޭޝަނަލް ކާގޯ ފެރީގެ ހިދުމަތް ހުވަދު އަތޮޅަށާއި، އައްޑޫއަށް ދަތުރު ފަށަން ތައްޔާރުވަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލިހް ވިދާޅުވީ، ކުޅުދުއްފުއްޓަށް ސީދާ ކޮޗިންއިިން ޑައިރެކްޓްކޮށް މުދާ ގެނެވެމުންދާ ކަމަށާއި، އަދި އެގޮތަށް އައްޑު އަށާއި ހުވަދު އަތޮޅަށް ސީދާ ޓުޓިކޮރަން އިން ބޯޓު ފަހަރު އާދެވޭ ގޮތް ހެދުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

"ހުވަދު އަތޮޅާއި، އައްޑު އަތޮޅަށް ސީދާ ޓުޓިކޮރަން އިން ބޯޓު ފަހަރު އާދެވޭ ގޮތަށް، އެސްޓީއޯގެ ޝިޕިންގ ކުންފުނިން އެ މަސައްކަތް ފަށައިގަންނާނެ". ރައީސް ވިދާޅުވިއެެވެ.

ކާގޯ ފެރީގެ ހިދުމަތް ކުރިއަށްދާނީ އިންޑިޔާގެ ޓުޓިކޮރިން ބަނދަރުން އައްޑޫސިޓީއަށާއި ގދ.ތިނަދޫ އަށެވެ.

ސަރުކާރުން ހާމަކޮށްފައިވާގޮތުގައި، މި ދަތުރުތައް ޝެޑިއުލްކުރެވިފައި ވަނީ ކޮންމެ 20 ދުވަހަކުން ރައުންޑު ވޮރޭޖްއެއް ފުރިހަމަވާގޮތަށް އިންޑިއާގެ ޓުޓިކޮރިން ބަދަރުން އައްޑޫސިޓީއަށް، އައްޑޫ ސިޓީން ތިނަދޫއަށް ތިނަދޫން އަނެއްކާ އިންޑިޔާގެ ޓުޓޮކޮރިން ބަނދަރަށް ދާގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒާ

    ހުސްއބޯޓުތަ މިކޮޅުން ދަނީ؟ ކިހިނެއް ގެއްލުމެއްގާ ކުރަނީ

    10
  2. އައްޑޫ ރަދުން

    ތީ ތަންފުކެކެއް ބޮޑުވަރު އެސްޓީއޯއިން މައުމޫން ދުވަސް ކޯކަދުން ގަމަށް ތެބެނާ ބޯޓަށް އޭތާ ގަރުނެއް ވަނީ އިބޫ އެބަޖެހޭ ވާނުވާ ބަލަން

    10
  3. ސްކިޕަރ

    ވިދާޅުވެއްޖެ. ވިދާޅުވެއްޖެ. ތިޔަހެން ވަރަށް ގިނަ ވާހަކަ ވިދާޅުވެފައި އެބަހުރި ކެމްޕޭނުގައިވެސް، ވެރިކަމުގައިވެސް. ދައްކަނީ ހުސްވާހަކަ. ކަމެއް ކުރިއްޔާކުރަނީ އެކްޓިވިސްޓުންގެ ޖީބު ފުރާލަން. ރަައްޔިތަކަށް ލިބޭ ހެވެއް، ފަސޭހައެއް، ލާބައެއް ނޯވޭ. އެންމެ ފަހުންވެސް މާލޭގައި ދުއްވާ ތަކެތިން ބޮޑު ޗާޖެއް ނަގަން އެޔޮތީ ނިންމާފައި.

    15