ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ އާ ދައުވާއާއި ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބާއްވަން މާދަމާއަށް ތާވަލުކޮށްފިއެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މި ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލު ކުރީ މާދަމާ ހެނދުނު 10:00 އަށެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާ މި ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިދިޔަ ބުދަ ދުވަހު ވެސް ބާއްވަން ތާވާލުކުރިއެވެ. އެކަމަކު އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް އެ ދުވަހުގެ އަޑުއެހުން ކެންސަލްކުރީއެވެ.
އެ އަޑުއެހުން ކެންސަލް ކޮށްދިނުމަށް ރައީސް ޔާމީން އެދިވަޑައިގަތީ އެމަނިކުފާނު ބަލި ހާލަތު ހުރި ގޮތުން ދަތުރުފަތުރު ކުރުމަށް ދަތިފުޅުވާތީއާއި އެ ދުވަހުގެ މޫސުން ވެސް ވަރަށް ބޮޑަށް ގޯސްވެފައިވާތީއެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވިކަމަށް ތުހުމަތުކޮށް އުފުލުނު ދައުވާއެއް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނަށް އުފުލި އާ ދެ ދައުވާއަކީ ވެސް އެ ހިޔާނާތާ ގުޅުވައި އުފުލާފައިވާ ދައުވާތަކެކެވެ.
މި ގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ގެއްލުނު 77.5 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތެއް ވެސް ރައީސް ޔާމީންގެ މައްޗަށް މިހާރު ކުރެ އެވެ. އަދި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް 220.7 މިލިއަން ރުފިޔާ ހޯދުމަށްފަހު އެ ފައިސާ ލޯންޑަ ކުރި ކަމުގެ ތުހުމަތެއް ވެސް ކުރެވެ އެވެ.
މީގެ އިތުރަށް އެމްއެމްޕީއާރްސީއިން އަމިއްލަ ފަރާތްތަަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޫކޮށް، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތާއި، އދ. ފުއްގިރި އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތު ވެސް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑަ ކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވެއެވެ. އިސްތިއުނާފު ޝަރީއަތްތައް މި ވަގުތަށް މަޑުޖެހިފައިވެއެވެ.
ރައީސް ޔާމީންގެ ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ދެކެނީ އެމަނިކުފާނަށް ކުރަމުން ދަނީ ނުހައްގު ދައުވާތަކެއް ކަމަށެވެ. އަދި މި ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގު ނުކުރާ ކަމަށާއި ހަމައެކަނި ބޭނުމަކީ ޔާމީނަށް އަނިޔާ ކުރުން ކަމަށް އިދިކޮޅުން ބުނެއެވެ.
މިސަރުކާރުގެ ވެރިޔާއަށް ވެރިކަމުގަހުރެވޭ މަދުދުވަސްކޮޅު ކެތްކޮށްލައިގެން ހުރޭ ވެރިކަމުންފޭބުމާއިއެކު ހިންގި ޖަރީމާތަކަށް އަދަބު ލިބި ޖަލުގަހުންނަން ޖެހޭނެކަން ހަނދާންބަހަށްޓައިގެން އުޅުން އެދެން ...... ސަލާމަތްވުމަކީ ވާނެކަމެއްނޫން .
ޚިނބޫއަށްް ދައުވާ
މިސަރުކާރަށް ކުރެވުންހާވެސް ކަމަކީ ތީ ދެން ރަތްޔަތުން ބަނޑަށް ޖެއްސުމާ ޤައުމު ވިއްކާ ހުސްކުރުން.
ހަސަދަ ފިލުވިޔަސް ތީ ތަންކޮޅެއް ބޮޑުވަރު، ކަލޭ މެންނާ ދޭތެރޭ ވެސް ދެރަގޮތެއް ދި މާވެދާނެ، އެދުވަސް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ.
އަދީބާ ޒިއަތުއަށް ރިސްވަތު ދީގެން ޖަރީމާހިންގުނަސް އަދިދޮގު ބަޔަން ދިނަސް ޔާމީނު ބޭނުހެއްދޭނެ އެއީ ތެދުވެރި ވެރިއެއް
ހަޖަމްނުވިއަސް ހަގީގަތް ވާނީ ހަގީގަތަށް އެއޮތީ ފެންނަން
1ބުރިޖް
2ހައިވޭތައް
3ދަރުވަންތަ ހޮސްޕިޓަލް
4އާ ރަންވޭ
5އިތުރު އެއަރޕޯރޓްތައް
6ކުޅިވަރުދަނޑުތައް
7ފެންޕްލާންޓްތައް
8ފަޅާ ބަނދަރުތައް
9މާލޭ ރިންގރޯޑް
10މަޖީދީމަގު
11 25ބުރީގެ ފްލެޓްތައް
12ހުޅުމާލެ 2ވަނަފިޔަވަހި
އަދިވެސް އަދިވެސް ....
އެން 5އަހަރު އެންމެ ފަސް އަހަރު ޔާމީން ގެ ތަރައްޤީ
5އަހަރުން ބްރިޖްއެކަނިވެސް ފުދޭ މާގިނައިން ކޮށްދީފި ދެން ލަލަލަލަ ހަޖަމްކޮށްލާ ރީދޫ ކުދިން...ސޯލިހު އެއްޗެއް ހިތައްއަރާތޯ ލަދިގަނޭތީ