އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން މާފުށީ ޖަލުގައި ބައްދަލު ކުރެއްވިއިރު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފޯރުކޮށްދިން ލެޕްޓޮޕެއް ބަގް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ޝަރީއަތުގެ އަޑުއެހުމުގައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމަކީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެކެވެ. މި ދައުވާތައް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުވައިފައެވެ.
ޝަރީއަތުގައި ބައިވެރިވާން ރައީސް ޔާމީން ކޯޓަށް ހާޒިރުވެވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނީ ވަކީލުން ބައިވެރިވެވަޑައިގަތީ އޮންލައިންކޮށެވެ.
ދިފާއީ ވަކީލުންނަށް ދެއްވި ފުރުސަތުގައި ރައީސް ޔާމީންގެ ވަކީލް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މާފުށީ ޖަލަށް ވަކީލުން ވަޑައިގެން ރައީސް ޔާމީނާ ބައްދަލު ކުރެއްވި ދުވަހެއްގައި ކަރެކްޝަންސް އިން ދިން ލެޕްޓޮޕް ބޭނުން ކުރަމުން ދަނިކޮށް އެ ލެޕްޓޮޕް އިން އެ ބޭފުޅުން ބޭނުން ކުރަމުން ނުދާ ފައިލްތަކެއް ލޯޑްވި ކަމަށެވެ.
ޖަމީލް ވިދާޅުވި ގޮތުގައި، ލެޕްޓޮޕް އިން ދިމާވި ކަންކަމުން އެ ލެޕްޓޮޕް ބަގް ކޮށްފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އޭގެ ސަބަބުން ދައުވާ ރައްދުވާ ފަރާތަށް ދިފާއު ވުމަށް ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގަށް ހުރަސް އެޅޭ ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ވެސް އެދިވަޑައިގަންނަވަނީ ވަކީލުންނާ އެކު ބައްދަލުވާނެ ގޮތަކަށް ޖަމީލް ވިދާޅުވިއެވެ.
ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ދައުވާ ރައްދުވާ ފަރާތް، ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނަށް ކޯޓަށް ހާޒިރުވެވަޑައިގެން ކޯޓުގައި ބައްދަލުވެވޭނެ ކަމަށެވެ. އަދި ކޯޓަށް އަމިއްލަ ލެޕްޓޮޕް ގެނެސް ފުޅާ މިނެއްގައި މަޝްވަރާ ކުރެވޭނެ ކަމަށާއި ކޯޓުގައި ބަގްކޮށް އަޑު ރެކޯޑްކުރާނެ އާލާތެއް ނުހުންނާނެ ކަމުގެ ޔަގީން ކަން ވެސް ދެއްވިއެވެ.
ނަމަވެސް ކޯޓުގައި ހާޒިރުވެވަޑައިގެން އިންނެވި ރައީސް ޔާމީން އެދެވަޑައިގަތީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ އަމިއްލަ ލެޕްޓޮޕްއާއި އެހެނިހެން އެލެކްޓްރޯނިކް ސާމާނު ވައްދައި ޖަލުގައި މަޝްވަރާ ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށެވެ. ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ ކޮންމެ ފަހަރަކު ޖަލަށް ވަޑައިގެން ބައްދަލުވާން ޖެހޭނަމަ ވަގުތުތަކެއް ބޭކާރުވެގެން ދާތީއެވެ.
ގާޒީ ޝަކީލް އަނެއްކާ ވެސް ވިދާޅުވީ ޝަރީއަތަށް ހަމަޖައްސައިދެވެން އޮތް އެންމެ ފަހި ފުރުސަތު ހަމަޖައްސައިދެވިއްޖެ ކަމަށެވެ. ކޯޓަށް ހާޒިރުވެގެން ކޯޓުގައި ބޭނުން އިރެއް ވަންދެން ވަކީލުންނާ އެކު މަޝްވަރާ ކުރެވޭނެ ކަމަށާއި ކޯޓުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ މެންޑޭޓަށް ވަނުމަކީ ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ނުބެލެވޭ ކަމަށް ގާޒީ ވިދާޅުވިއެވެ.
ޖަމީލް އަނެއްކާ ވެސް ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ރިއާޔަތްކޮށްދެއްވުމަށް އެދިވަޑައިގަތެވެ. މައްސަލަ ބައްވަލާ ގާޒީ ދެން އެކަމާ ގުޅޭ ގޮތުން ދައުލަތުން ދެކެވަޑައިގަންނަވާ ގޮތަކާ މެދު ސުވާލު ކުރެއްވިއެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ ދައުލަތުން ވެސް ދެކެވަޑައިގަންނަވަނީ ދައުވާ ރައްދުވާ ފަރާތަށް ދިފާއުވުމަށް ފުރިހަމައަށް ފުރުސަތު ލިބެން ޖެހޭނެ ކަމަށާއި އަދި ކޯޓުގެ ކޮޓަރިއެއްގައި ބައްދަލުވާ ގޮތަށް ކޮންމެ ފަހަރަކު އޮތުމަކީ އެ ފުރުސަތު އެންމެ ރަނގަޅަށް ލިބުން ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން ވަކީލުންނަށް ޖަލަށް އެލެކްޓްރޯނިކް އާލާތް ވައްދައިގެން ބައްދަލުވުން ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ކަރެކްޝަންސްގައި އެދޭނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ދެން ފާހަގަކުރެއްވި ނުކުތާއަކީ މައްސަލައާ ގުޅޭ ބައެއް ލިޔެކިއުންތައް ދައުލަތުގެ ފަރާތުން އަދިވެސް ހަމަޖެހިފައިނުވާ ކަމަށެވެ. އަދި ދައުލަތުން ހިއްސާކުރެއްވި ޕޯޓްފޯލިއޯތަކުގައި ބައެއް ޕޯޓްފޯލިއޯތައް މަދުކަން، ޕޯޓްފޯލިއޯގައިވާ ނަންބަރުތަކުން އެނގޭ ކަމަށް ފާހަގަކުރެއްވިއެވެ.
މިއަދުގެ އަޑުއެހުން ނިންމާލެއްވީ އެ ލިޔެކިއުންތަކާއި މައްސަލައިގައި ހިމެނޭ ބައެއް އިލެކްޓްރޯނިކް ޑޮކިއުމަންޓްތައް މައްސަލަ ރައްދުވާ ފަރާތް ކަމުގައިވާ ރައީސް ޔާމީނަށް ހިއްސާ ކުރެއްވުމަށް ޝަރީއަތުން އެންގެވުމަށް ފަހުގައެވެ. މި މައްސަލައިގެ އަޑުއެހުުމެއް ދެން އޮންނާނީ އަންނަ މަހުގެ ހަވަނަ ދުވަހުގައި ކަމަށް މައްސަލަ ބައްލަވާ ގާޒީ އިއުލާން ކުރެއްވިއެވެ.
ކުރާނެ ކަމެއް ދައްކާނެ ވާހަކައެއްނެތީމާ ފަޅޮލޭވެސް ކިޔަން ޖެހޭނެ !
ހޫނ. ކަލޭމެން ބާޣީ ބާޣީ ގޮވަމުން އަނެއްކާވެސް ދުއްވައިގަންނަންވީނު
މިފެންނަނީ، ގައުމެއްގެ އަގުދަށްކަން. އެތަނުގެ ވެރިންނަށް ގަދަރުނުކުރާ ރައްޔިތުން ތަކެއް އުޅޭ ގައުމެ. އަންސިވިލއައިޒްޑް އެކަމަކު ސިވިލައިޒްޑްކަމަށް ދައުވާ ކުރާ އެޑިޔުކޭޓެޑް ބަޓް މެނިޕިއުލޭޓިވް ޑިސެޕްޓިވް ބައެއްކަން. މިކަހަލަ ޖާހިލު ގައުމެއް ދުނިޔޭގައިވެސް މަދުވާނެ. މަދު ބަޔަކު ވެރިކަމާހެދި ގައުމުގެ ޅަޖީލަށް މިދަސްކޮށްދެނީ، އަނިޔާވެރިކަމާ ހަސަދަވެރިކަމާ ފަސާދަ. ގައުމުގެ މުސްތަގްބަލެއް ނޯންނާނެ. ލިބޭނެ އެއްޗަކީ، އަނިޔާއާއި އަޅުވެތިކަމާއި ފަގީރުކަން.
ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު، ﷲ ތަޢާލާގެ ނަސްރުވަނީ ގަދައަޅާ މަސައްކަތް ކުރާ މީހުންނަށް. އަނިޔާވެރިން ބަލިކުރައްވާ ދާދިއަވަހަށް މަނިކުފާނު ޖަލުން ސަލާމަތްވެ މިގައުމުގެ ވެރިކަމާ ހަވާލުވާނެ. އިންޝާﷲ. ދޮގުވެރި ދޫތަކުން އެމީހުންގެ ނިމުން ގެންނާނެ.
ބިރު ގަންނާނެ އަންނި މެން ޔާމީން ޖަލުން ސަލާމަތް ވެއްޖެޔާ ވެރިކަން ވެއްޓޭނެ އަދި އެއީ ވަރަށް ކައިރީގަ އޮތް ކަމެއް
ކުރާނެކަމެއް ހަދާނެގޮތެއްނޭންގެންޏާ ރައީސްޔާމީން ގެއަށް ބަދަލުކުރުމަށް ގޮވާލަން ވަގުންގެ މޭސްތިރިން ގޭގަބަހަށްޓާފަ ޑީލްހަދައިގެން ސޯލިހު ވަށްކަންނުކުރާކަމަށް ރަށްޔަތުންނަށް ދެއްކުމުގެ މާނައެއްނެތް މޭސްތިރިންކައިރީގަ ގާޒީ އެބައަހާ ތިވާހަކަތި ދަށްކަނީ އެއްވެސް މަޖުބޫރު ކަމެށްއޮވެންތޯ! ޑީލް ޑީލް! !!!
ދައުލަތުގެ ވަކީލުންނަށް އިތުރަށް ދެއްކޭނެ ވާހަކައެއް ނެތްކަން ތިޔަސާބިތުވަނީ. ދޮގުތުހުމަތަކަށް ރައީސް ޔާމިން ބަންދުކޮށް ޖަލުގައި ބަހައްޓާފައި ހުންނަިން މިއެގިގެންދަނީ. ނަމަކަށް ބާއްވާ ޝަރީޢަތްތަކެއްކަން ދިވެހި ރައްޔިތުންނަށް އެނގޭ. ދައުލަތުގެ ވަކީލުންނަށް ނޭނގޭ ދައްކާނެ ވާހަކައެއްވެސް. ﷲއިރާދަކުރެއްވިއްޔާ މިވެރިކަން ދާދި އަވަހަށް ނިމިގެންދާނެ. އާމީން
ކުރާނެކަމަކާ ދައްކާނެވާހަކަ ނެތީއެއްނޫން ދެއްކިއްޔާއަޑު އަހަނއކެރޭނެތަ އެހިއްވަރުހުންނާނެތަ ކޮބާތިކަމުގަ ބައިވެރިހުރިހާމީހުން އެންމެމީހަކުފަހާތިދުވަނީ އެވެސްނުހައްގުން އަސްލު ކަންކުރިހުރިހާމީހުންއެތިބީ ބޮޑަތި މަޤާމްތަކުގަ ކެރެންޏާ ފިޔަވަޅުއަޅާފަ ސާބިތުކޮއްދީބަލަ ބައިވެރިނުވާކަން
ވަކީލެއްވިއްޔާ ކޮވިޑް ފްރީތޯ ، ސޯސަލް ޑިސްޓެންސްއަކީ ކޮނޑާއި ކޮނޑުތޯ
ޤުރއާން އަޑުއެހުންމަނާ ކުރާ އިބިލީސް ސަރުކާރުން ރައްޔިތުންނަށް އަނިޔަކުރާނެކަމެއްނެތް މި ސަރުކަރުގެ ބޮޑުވަގު އިސްތިއުފާ މިއަދުވެސް ހެދިގޮތް ދެކިބަލަ
މިހާރު ސަރުކާރު ނުރުހޭ ބައެއް ކޮމެންޓް ނުޖަހާ. ވެއްޓެމުން ދާއެއްޗެއް ކިތަންމެ ބާރަކަށް ހިފޭއްޓި ޔަކަސް ވެއްޓޭނެ
👮👮👮👮👮👮ފުލި ސް👮👮👮😘😘😘😘😘😘