ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ މާލެ ގެނައި ވަގުތު އެމަނިކުފާނަށް ތާއިދުކުރާ އަންހެން ސަޕޯޓަރުންތަކެއް އެއްނަމްބަރު ފާލަން ކައިރިން ދުރަށް ޖެއްސުމުގެ ތެރޭގައި ފުލުހުން އަމަލުކުރި ގޮތް ފުލުހުން ބަލަމުން ގެންދާކަމަށް ފުލުހުން ދެންމެ ވިދާޅުވެއްޖެއެވެ.
އަންހެނުންތަކެއް ދުރަށް ޖެއްސުމުގައި ފިރިހެން ފުލުހުން ހަރަކާތްތެރިވެ ބައެއް އަންހެނުންނަށް ޖިންސީ ގޯނާ ވެސް ފުލުހުން ކުރިކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. ފުލުހުން އިއްޔެ އާދަޔާއި ހިލާފަށް ބޮޑަށް ބާރުގެ ބޭނުން ކުރުމުން ބައެއް އަންހެނުންނަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާ ވެސް ދޭން ޖެހިފައި ވެއެވެ.
ދެންމެ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ސަލާމަތީ ގޮތުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، މޫދަށް ފުންމާލި 43 އަހަރުގެ އަންހެނަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ބަޔަކު ދުރަށް ޖެއްސުމަށް ފުލުހުން އިއްޔެ ހަރަކާތްތެރިވެފައިވާ ކަމަށެވެ.
"އެވަގުތު ބައެއް މީހުން ވެއްޓި އަނިޔާވުމާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމާއިއެކު ހޮސްޕިޓަލަށް ގެންދެވިފައިވޭ. ފުލުހުންގެ ތެރޭގައި އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން މިހާލަތުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ގޮތް ބެލުމަށްފަހު އަޅަން ޖެހޭ ފިޔަވަޅު އަޅާނެ." ފުލުހުން ފޮނުވި މެސެޖްގައި ވިދާޅުވެފައި ވެއެވެ.
ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އިސްކޮށް ހުންނަވައިގެން ފުލުހުން ލައްވާ ހިންގަމުން ގެންދާ ގާނޫނާ ހިލާފު ލާއިންސާނީ އަމަލުތައް އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ވަރަށް ރަނގަޅަށް ބަލައި ތަހްގީގު ކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.
ބަރާބަރު މައްސަލަ ބަލަން ޖެހޭނެ...ސްޕްރީމް ކޯޓުން ޔާމީން ހައްޔަރުކުރުމުގެ އަމުރު ނެރުމުން ކަމާބެހޭ ފަރާތްތައް އެކަންނުކުރުމުން...ދޭހަވަނީ ލާރިޖެހިކަން
ރަގަނޅު ވާހަކައެއް ތިބުނީ .ޔާމީނުގެ ފަހަތުގައިތިބި ފުލުހުންގެ މައްސަލަވެސް ބެލެންޖެހޭނެ...ހަމައެއާއެކީ ޖިންސީ އުނދަގޫ ކުރި ކަމުގައި ވާނަމަ އެކަމުގެއަދަބުވެސް ލިބެންވާނެ
ޔާމީނަކީ ވަކި ރަގަނޅު މީހެއްނޫނުން
އިމުރާނު ގެ ވާހަކަ ނުދައްކާ އެއީ މަގާމު ބޭނުމުގައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ބޭފުޅެއް. ރޯޔަލް ރޭޕް ވެސް އޮށްބާލީތަ. މުސްތަފާ އެބުނަނީ ހަމަ ރަގަޅާށް.
އަނިޔާ ވެރި ވުމަށް ތާއީދު ނުކުރަން. ކަންތަށް ތިގޮތަށް ދަންޔާ އެބުރި އަންނާނެ.
ތިތާތިތިބީ ޕޮލިހުންނެއްނޫން ބަކަރިކޮއްޓަކުންނެރެފަ ދޫކޮއްލާފަތިބި ބަކަރިތަކެއް ހަމަޔަގީނުންވެސް ޕޮލިހުންތިބީ ހަމަހެއަކުނޫން ކޮއްމެވެސް އެއްޗެއްބޯންދީފަ ފޮނުވާފަތިބީ
ގައިދީއަކު މާލެ ގެންނައިރު އޭނަޔާ ގާތް ހިސާބެއްގަ އެއްވެ ހުރުމަކީ މަނާ ކަމެއް ވަރިހަމަ އަންހެނަކަށް ވިޔަސް. އެއީ އެ ގައިދީ ގޮވައިގެން ފިލަންވެސް މަސައްކަތް ކޮށްފާނެތީ ނޫނީ ހަމަލައެއް ދޭން އުޅެފާނެތީ. ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ހީވަނީ ގަޔަށް ބޮލަށް އަރަަހިތުން އުޅޭހެން ޑްރާމާ ކުޅެންވެގެން މުޒާހަރާތަކުގަވެސް އަމިއްލައަށް ގޮސް ފުލުހުންނަށް ހަމަލަދީފަ ވެއްޓިގެން ތިބެނީ ފުލުހުން ނުބައި ކަމަށް ދައްކަންވެގެން. ފުލުހުން ވާ ކެތްގަދަ!
ހަމަ ހުވާ؟ ހަމައިންނެއްޓި ބުއްދި ފަސްވެފަ ތިހުންނެވީ. މީން ޒަމާނެއްގައި ސަޖިދަވެސް ކޮށްނުލާތީ ޝައިޠާނާ ތިދަރަޖަްަށް އަވަލާފަ ތިހުރީ.
އެމްޑީޕީ ސަރު ކާރަކުން އެއްވެ އުޅުމުގެ މިނިވަން ކަމަށް ހުރަސް ނާޅާނެ ، އަނިޔާވެސް ނުކުރާނެ.. އެއްވި އަންހެނުންނާއި މެދު ވަރަށް އޯގާތެރި ކޮށް އަމަލު ކުރި މަންޒަރު ވީޑީއޯއިން ފެންނަނީ...ސާބަހޭ އިބުރާހިމާ ތިއައީވާ ރައީސެއް.. މައުމޫނު ދެން ކަލޭ އަތް ޖަހާ...އިމްރާނު ދެން ކަލޭ އަތްޖަހާ...ގާސިމްބެ ވެސް ބާރަށް އަތްޖަހާ...
ރިސޯސަސް އެގްޒޯސްޓް ކުރުމުގެ ބޭނުމެއްނެތް. ޑްރާމަ ކުޅެން ޚަރަދު ކުރާވަރަށް މިގައުމުގަ ފައިސާއެއް ނެތް. ފުލުހުން އަނިޔާކުރުމާ ރައްޔިތުންނަށް ފުރައްސާރަ ކުރުން ކުރިއަށް ގެންދޭ. މަޖަލެއްނު. 3 ލައްކަ މީހުންނަށް ބުލީ ކުރަން ލިބިފަ ތިއޮތީ.
ފުލުހުން އެކަނިއެއް ނޫން ތިބުނާ ސަޕޯޓަރުންވެސް ނުޖެހޭ ތިފަދަ ގޮތަކަށް އުޅޭކަށް، މީހަކަށް ސަޕޯޓުކުރުމަކުން އަންހެންވެރިންގެ ރީތި އަޙްލާގު ތިހާލަތަށް ވެއްޓެކަން ނުޖެހޭ.
ތިކަން ތަ ނުބަލާނެ އޮއްބާލާނީ
އެންމެން ގެ ލޯކުރިމަތީ ފިރިހެން ފުލުހުން އަންހެނުން ގަޔަށް އަތްލާ ގޯނާކޮށް އަނިޔާ ކުރި. މިސަރުކާރުން އަނިޔާއާއި ޕްރޮފެޝަނިލަޒަމްގެ ވާހަކަ ދައްކަން ލަދުނުގަނޭތޯ؟
އިއްޔެގެ ފުލުހުންގެ ޢަމަލުތައް އެހާ ޕްރޮފެޝަނަލްކޮށް ހުރިކަމަކަށް ނުދެކެން!! ވަކިން ޚާއްސަކޮށް އެޙާދިސާ ނުވަތަ އެ ސިޓުއޭޝަން ހޭލްޑަލްކުރުމުގައި ފިރިހެން ބައެއް ފުލުހުން ޢަމަލުތައް ހުރީ ބަލައިގަންނަން އުނދަގޫވާގޮތަށް!! އުފެދޭ ސުވާލެއް ސަލާމަތީ ސަރަޙައްދަކަށް ނުވަތަ ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދަށް މީހުންނަށް ވަދެވުނީ ކިހިނެތް؟ އެކަމުގައި ފުލުހުންގެ އިޙްމާލު އޮތްކަމަށް ފެނޭ! ފުލުހުންނަށް އެސަރަޙައްދު ރަގަނޅަށް ބަންދުކޮށް ބެލެހެއްޓިފައިނުވާކަން ފާހަގަކުރެވޭ!! އެސަރަޙައްދުކޮށް ބަންދުކޮށް ރަގަނޅަށް ބެލެހެއްޓުނުނަމަ މިޙާދިސާ މިގޮތަށް ހިނގުން ދުރު!! ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަންޖެހޭނީ ޕްރޮފެޝަނަލްކޮށް ޢަމަލުތައް ބަހައްޓައިގެން!! މީހުންގެ ޖިސްމަށް އަނިޔާކޮށް ޚާއްސަކޮށް ފިރިހެން ފުލުހުން އަންހެނުން ތަކެއްގެ ގަޔަށް ބޮލަށް އަރައިގެން ނާޒުކު ގުނަވަންތަކުގައި އަތްލައިގެނެއްނޫން! ފިރިހެން ފުލުހުން އަންހެނުންތައް ހައްޔަރުކުރަން އުޅެން ނުޖެހޭ ސަބަބަނީ އެއީ!! ނޭގިނަމަވެސް އަދި އެނގިގެން ނަމަވެސް އަންހެނުންގެ ނާޒުކު ތަންތާ އަތްލެވޭނެތީ އެކަމުން އެއްކިބާވުމުގެ ގޮތުން!! އަޅުގަނޑު ދެކޭގޮތުގައި މިކަން މިގޮތަށް ދިމާވީ ފުލުހުން އެފުރުސަތު ފަހިކޮށްދީފަ އޮތީމަ!! މިހެން ބުނަން މިޖެހުނީ ބަންދުކުރަންޖެހޭ ސަރަޙައްދެއް ފުލުހުންނަށް ރަގަނޅަށް ބަންދު ނުކުރެވި އޮތުމާ އެސަރަޙައްދު ރަގަނޅަށް ފުލުހުންނަށް ބެލެހެއްޓިފައި ނުވުން!! މިހެންވީމަ ފުލުހުންގެ މަސައްކަތް ނުކުރެވި އޮތުމުގެ ސަބަބުން ދިމާވި ކަމެއްގެ ޒިންމާ ފުލުހުން ނަގަންޖެހޭނެ!! ވެދާނެ ގަސްތުގައި މިކަން މިގޮތަށް ކޮށްފައި އޮތީ އެތަނަށް ޔާމީންގެ ސަޕޯޓަރުން އެއްކުރުމަށްފަހު ބިރުދައްކާ އަނިޔާކުރުމުގެ މަގުސަދުގައި ކަމަށްވެސް!! ފުލުހުން ހައްޔަރުކުރަން އުޅުމުން ގަދަ ދައްކާ ފުލުހުންގެ ބެލުމުގެ ދަށަށްނުދާން ނުކިޔަމަންތެރިވާނަމަ ދެން ފުލުހުން އެމީހަކު ހައްޔަރުކުރަން އުޅޭ އުޅުމުގައި ލިބޭ ގެއްލުމުގެ ޒިންމާ އެ ނުކިޔަމަންތެރިކަން ދައްކާ މީހަކު ނަގަންޖެހޭނީ!! އެކަމަކު ފުލުހުން މިގޮތަށް މީހަކު ހައްޔަރުކުރަން އުޅުމުގައި އެމީހެއްގެ ގައިގާ ތަޅާ އަނިޔާކޮށްގެން ނުވާނެ!!
މުނާފިގު ފޭކު އިމްރާނައް ފުލުހުންލައްވާ ކަލޭއަޑީގަހުރެގެން އަންހެނުންނައް ތިކުރުވާއަނިޔާ ވަގުތުން ވަގުތައް ހުއްޓާލުމައް ގޮވާލަން
ބޭ ފުޅާގެ ޚުދުމުޚުތާރު ވެރިކަމުގައި އަންނީ ގެންނަ ދުވަހު ނުދެވޭ 1 ނަމްބަރު ޖެޓީއާއި ހަމަ އަށް
"ފުލުހުން އަނިޔާ ކުރުމުން" އެމައްސަލަ "ފުލުހުން" ބަލަނީ. ރޭޕްކޭސް ތަހްގީގު ގޮތަށް. އަދުލުވރިކަން ބޯބޯމަތިން. ހަހަހަހަ. ދިވވެހިން މިތިބީ ރީތި ބޮނޑިއެއް ބޮއެގެން.
މިހުރިހާ ކަމެއްވެސް މިކުރީ ލާދީނ އެމްޑީއެން ހަމީދު ބުނެގެން
ކޮންމެވެސް އެއްޗެކޭ ކިޔާ އޮއްބާލާނީ ބަލާތި
ފުލުފުން ، ފުލުހުންގެ މައްސަލަ ރަނގަޅަށް ބަލާނެތަ؟ ފުލުހުން ޤާނޫނުތަކާ ޙިލާފަށް ކުރަމުންދާކަންތަށް މިއަދާ ހަމައަށް ބެލިފައެބައޮތްތަ؟ ރައްޔިތުންގެ ލޮލުގަ އަނދުންއަޅުވާފަ އަނެއްކާވެސް ރެކިގައްނާނެ. މާދަން ތި ފުލުފުން ވަޒީފާއިން ވަކިކުރިޔަސް އަހަރެއްވަރު ކޮށްލާފަ އެމީހުން ވަޒީފާއިން ވަކިކުރީން ގޯސްކޮށް ކަމަށްބުނެ ، އަލުން ވަޒީފާދޭނެ އެމުއްދަތުގެ މުސާރަޔާ އަދި އިތުރު މަޤާމުގެ ކުރިއެރުމަކާއެކު. މިހާރުވެސް ފެއްނަން ހުރިޙަޤީގަތް. ފުލުހުން ތީ ރާއްޖޭގެ ޤާނޫނުތަކަށްވުރެ މަތީގަތިބޭބައެއް.
ތިޔަ މައްސަލަވެސް ބަލާނެ މަޖިލީހުގެ ތެރޭގައި ހިންގި މާރާމާރީވެސް ބެލި ސަފާރީ ރޭޕްކޭސްވެސް ބެލި އެންމެފަހުން ވީގޮތް އެންމެނަށްވެސް އެނގޭނެ އެހެންވީމާ ތިޔަ މައްސަލަ ބެލީމަ ނުކުންނާޏެ ނަތީޖާ ވަރަށް ސާފު ޑިމޮކްރަސީއޭކިޔާފަ މުޅި ޤައުމު ހަލާކުކުރިފަހުން ސަލާމަތީ ބާރުތަކަކީ އެއިރެއްގެ ވެރިކަންހިންގާ ބަޔަކު މޮޑޭ ފުށްގަނޑެއް އެހެންވީމާ ދެން އެމޮޑެފަ ގުޅަޖެހިގޮތަކަށް ގުޅަ އޮންނާނެީ
އެއްވާ ހިހް ވަންޔާ ހައްޖައް ދާށޯ ބޮޑު މީހާ ބުނީމަ ވެސް ކިހިނެއް ތިއުޅެނީ