އިސްލާމްދީން ގަބޫލުނުކުރާކަން އިއުލާންކޮށްފައިވާ ދިވެހި އަންހެނެއް ކަމަށްވާ އުފާ މުހުތާރު ފަހުމީ އިއްޔެ އާއްމުކުރި ވީޑިއޯއެއްގައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ގުޅުވައިގެން ވާހަކަތަކެއް ދައްކާފައިވާތީ އެބޭފުޅުންނާއި އެމްޑީއެންއާއި އޮތް ގުޅުން ތަޙްޤީޤު ކޮށްދޭން މަދަނީ ޖަމިއްޔާތައް ހިމެނޭ އިއްތިހާދު ކަމަށްވާ "ރައްޔިތުންގެ އިއްތިހާދު" އިން އެދިއްޖެއެވެ.
ރައްޔިތުގެ އިއްތިހާދުގެ ރައީސް އިބްރާހިމް މުހައްމަދު ސޮއި ކުރައްވާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލްމަންނާނަށް މިއަދު ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެމްޑީއެންގައި ފުލުހުންގެ މުއައްސަސާގެ އެންމެ އިސް ފަރާތް ކަމުގައިވާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ރައްޔިތުންގެ މަޖްލީހުގެ ރައީސްކަމުގެ މަޤާމު މިވަގުތު ފުރަމުންދާ މުޙައްމަދު ނަޝީދުގެ ވަރަށް އިސް ދައުރެއް އޮންނަކަމަށާއި، މާތް ﷲ އަށާއި ލޮބުވެތި މާތް ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާކޮށް ވީޑިއޯ ހެދުމަށް އެ ދެ ފަރާތުން އަޑީގައި ތިބެގެން އުފާ ކައިރީގައި އެދުނު ކަމަށް ބަޔާންކޮށްފައިވާތީ މައްސަލަ ތަޙްޤީޤު ކޮށްދިނުން އެދޭކަމަށެވެ.
"މިފަދަ ޙައްސާސް ތުހުމަތުތަކެއް ދައުލަތުގެ އެފަދަ އިސް މަޤާމުތަކެއްގަައި ތިބި ފަރާތްތަކެއްގެ މައްޗަށް ކުރެވުނު ހިނދު، ރައްޔިތުންގެ އިއްތިޙާދުން މަނިކުފާނުގެ އަރިހުން މިއެދެނީ މި މައްސަލައަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މިހިނދުން މިހިނދަށް ތަޙްޤީޤުކޮށް މައްސަލަ ބައްލަވައި ދެއްވުމަށެވެ. އަދި މި މައްސަލައިގެ ބާވަތުންނާއި އެ ދެ ފަރާތުގެ މަޤާމާއި ޙައިސިއްޔަތުގެ ގޮތުން އެ ދެ ފަރާތުގެ ނުފޫޒުގެ އަސަރު ފޯރުމުގެ ފުރުޞަތު ތަނަވަސްކަމުން، މިވަގުތު މަޤާމާއި މަސްއޫލިއްޔަތުން އެއްފަރާތް ކުރެވިގެން ދާނެ ފަދަ ގޮތަކަށް އެ ދެ ފަރާތް އެކަހެރިކޮށްދެއްވުމަށެވެ." ސިޓީގައި ވިދާޅުވެފައި ވެއެވެ.
މިވީހާތަނަށް އެމްޑީއެންގެ ތަޙްޤީޤުގެ ތަފުޞީލު ހޯދުމަށް ރައްޔިތުންގެ އިއްތިޙާދުން ކޮށްފައިވާ ޤާނޫނީ މަސައްކަތަށް ހުރަސް އެޅި، އެ މަޢޫލޫމާތު ނުލިބި މިވަނީ މިނުފޫޒުތަކުގެ ސަބަބުން މިހާރު ވަރަށް ބޮޑަށް އިޙްސާސްކުރެވެން ފަށައިފިކަމަށް ވެސް ސިޓީގައި ވިދާޅުވެފައި ވެއެވެ.
އުފާ އިއްޔެ އާއްމު ކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ އެމްޑީއެންގެ އަސްލު ވެރިންނަކީ ރައީސް ނަޝީދާއި ކޮމިޝަނަރ އޮފް ޕޮލިސް ހަމީދެވެ.
އުފާ ތިކަން ކުރާނީ އެމީހުން ބުނެގެން އެ އއީ ވަކަރަށް ޖަހާލުމެ އް. ޝަރީޢަތާ ތަޙްގީގުގޭ ދެބޮޑުން. ވިސްނާލުން ހުރި ރާ އްޖެ އިސްލާމީ ގަ އުމަކަށްވީ އޭރު ރާ އްޖޭގެ ކިންގ އެކަން އިޢުލްން ކުރުމުން.
ތަހުގީގު ކުރޭ!!! އެމްޑީޕީގެ ގޮތް ހާމަ ވެއްޖެ!!! ކުރިން އެމްޑީޕީ އަށް ތާއިދުކޮށް މުޒަހަރާޔަށް ދިޔަޔަސް މިހާރު މުޅިން ފޫހިވެއްޖެ... މާރިއާ އަދި އަންނިގެ ޓުވިޓަރ އެކައުންޓް ގަ ލާދީނީ މީހުން ރިޕްލައިކޮށްފަ އިސްލާމް ދީނަށް ސީދާ ފުރައްސާރަކޮށްފަ ހުންނަ ޓުވިޓްތައް ޑިލީޓް ނުކޮށް ފެންނަ ގޮތަށް ހުރުމުން އެމްޑީޕީން ވަކިވާން ނިންމައިފިން.. މަރިއާ އަދި އަންނި އަކީ އިސްލާމީ ގައުމެއްގެ މަތީމަގާމް ތަކަށް ހޮވާފަ ހަމަޖައްސާފަ ތިބޭ ބަޔަކަށް ވީއިރު އެކަހަލަ ލާދީނީ ރިޕްލައި ޓުވިޓްތަށް ތިބޭފުޅުންގެ ޓުވިޓަރ އެކައުންޓްގަ ހުރުމަކީ ކޮށްގެން ވާނެކަމެއް ނޫން.... މިކަން އިސްލާހު ކުރުމަށް އެދެން...
އުފާ އޮޕަރޭޓު ކުރަނި ޕީޕީން ކަން ވަރަށް ސާފު.. ސަން ޝިޔާމުމެންގެ ފަންޑުގަޔޯލަ ބޭރުގަ ގޮސްސަ އެ ހުންނަނީވެސް.. ސަން ޝިޔާމު އަންނިއަށް ރުޅި ބާލަން އުފާލައްވާ އެނބުރި ގޭސްގަނޑެއް.. އުފާ ދައްކާ ވާހަކަ ޤަބޫލުކުރާނި އޭނާގެ ހުރިހާ ވާހަކައެއްވެސް ތެދުކޮށް ހިތުގެ އަޑިން ގަބޫލުކުރާ މީހުން އެކަނި.. އެއީ ޕީޕީގެ ޕަޕެޓެއް
ތީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ޔާމިންގެ މައްޗަށް ހުކުންކުރީި ބޮޑް ދެ ފާސިގުންގެ ހެކިބަހުން ކޯޓަށް މިހާރު ސާބިތުވެފަ ތިތިބީ ތި 2ގައްދާރުން ރާއްޖޭގެ ކޯޓްތަކުގަ ތިބި ބައެއް ހފަޑިޔާރުން ނަކީ ހަރާންބަތާ މޑޕ ގެ ފިކުރުގެ ޚާއިނުން ތީއްޗެހި ބޭރުކުރި ދުވަހަކުން މިަގައު ސަލަމަތުގެ އަށް ސޭރިޔަށް ދެވެނީ
ކާކުލައްވާ ތަހުގީގު ކުރަން ތިއުޅެނީ؟ ފުލުހުންގެ ބޮޑުމީހަކީ ހަމީދު. މަޖްލިސްގެ ރައީސަކީ އަންނި. ސްޕްރިމް ކޯޓުގައި އަޒްމިރާލްދާއާއި ޝުޖޫންއާއި ހުސްނު ސުޢޫދު. މިއެންމެނަކީ އެމްޑީއެންގެ ބޮޑުން. ލާދީނީ އެންމެން ރާއްޖޭގެ އަދުލު އިންސާފުގެ ބޮޑުންނަށް ހަދާފައި އެތިބީ. ރަނގަޅަށް އިންސާފު ލިބޭނެ.
ކަލޭމެން ބުނެގެން އުފާ ނެރެފައިވާ ބަޔާނަކާ ވައްތަރުވާން ފަށާފި.. ތީހަމަ ސިޔާސީ ގޭމެއް.
ދިރާސާތަކުން ދައްކާގޮތުގައި އަންނި އުފާއަށް ކޮޅުކެހި ދިންކަމަށް ވަނީ.
މީ މިބައިގަޑުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ރާއްޖެއަށް ޢިޢުލާނު ކުރަން ކުރިސްމަސްޑޭއާ ގުޅިގެން ހިންގާ ކަމަކަށްވާނީ (ރައްޔިތުން ވިސްނާ!)
ތިޔަ މީސްމީހުންގެ މައްސަލަ ބަލާނެ ކޯޓެއް މިދުނިޔެމަތީގައި ހުންނާނެހެނެއް ހިއެއް ނުވޭ.
ދިފާއުގައި ނުކުންނާނެ ހިއުމަން ރައިޓްސާއި އެހެން ރައިޓްސްތައް.
މީޙަޤީޤަތް ކަމަށްވަންޏާ އިސްތިޢުފާ ޙައްޤު ވެއްޖެ.
އިސްލާމީ ދައުލަތެއްގެ މަޤާމް ތައް ދީފައި ބޭތިއްބުން ހުއްދަނުވާނެ.
ޔާﷲ އަޅަމެންގެ ވެރިންނަކީ އަޅަމެންނަށާއި އެބައިމީހުންގެ އަމިއްލަ ނަފްސު ތަކަށްވެސް އިސްލާމް ދީނުގެ ހިދާޔަތްލބި އެދީނުގައި ސާބިތުވެ ތިބުމަށް މަގުދައްކަވާ ހެޔޮލަފާ ބަޔަކު ކަމުގައި ލައްވާނދޭވެ. އާމީން
ކީކޭ ދެން ބުނާނީ. "ދަމޯސްޓް އިންޓަލެކްޗުއަލީ ޑިޕްރެސްޑް ކަންޓްރީ". މިއީ އިއްޔެފޭސްބުކް ގައި ދައުރުވި ހަމަޔަށް ވާހަކަނުދެއްކޭ ތަސައްރަފުން 80 ކުޅަނދު މަދު އަންހެނަކު ކީ ފަރިއްސެއްގެ މައްޗަށް ބިނާކޮށް އެޅި ސުރުހީއެއްނަމަ، ދިވެހިން ނޫސއވެރިން ފުންތަނަކަށް އެރި ފެންވަރަންޖެހޭ ހިސާބަށް ފިޔައީތާ.
ދިވެހިންނޭވެ. މިވާހަކަ އާންމުކުރި އަންހެނާއާ އެޅުމަށްތުރެ ރަނގަޅުވާނީ އެފަކީރަށް އިސްލާމްދީނުގެ މަތިވެރިކަމާއި މާތްކަން ފިލުވައިދިނުން. ބަލާލީމަ ސަހަރޯހީވި. 100 ފަސެންޓް އިސްލާމުން ތިބިތަނެއްގަ މިފަދަ ޢާފިލުންނަށް މަގުދައްކާ އިސްލާހް ކުރާބޯޑެއް އުފައްދާ އިސްލާމް ކަމުގެ 6ފަޅުން އެތެރެ ކުރެވެން އެބަޖެހޭ. ޢަބަދު އަންނިއޭ ކިޔުމަށްވުރެ މުޖްތަމައަށް ފައިދާ ހުރި ކަމެއް ކޮށްބަލަ
ތިކަހަލަ ކަންކަމަށް ދިވެހި ބަހުގަ ހަރުބަހެއް އިނދޭ! އެއީ "ފޫނެތް ފަޔަށް ފެން ފުރުން"
ތިޔައް ކިޔަނީ ފޫނެ ތްފަޔައް ފެންފުރުން
ކާފާއޭ ކިޔާ މި ކޮމެންޓްކުރަނީ ހަމަ ލާދީނީ ދައްޖާލެއް.
ހަމީދުވެސް އަންނިވެސް ވަގުތުން ސަސްޕެންޑުކުރެވެންޖެހެނެ: އަންނި އިސްތިއުފާ، ހަމީދުވެސް އިސްތިއުފާދެއްވާ
ސާބަހޭ މިވެރިންނަށް ވޯޓުދިން މީހުންނަށް.
ނުވާނެ ތިކަމެއް ނުކުރާނެ ތިކަމެއް ވައްސަލާމް
ޝަރީކު ކުރުމަކީ ހުރިހާ ކަމަކަށްވުރެ ނުބައިކަމެއް. ކަލޭތީ އަމިއްލަ އެދުމުން ފޯވެފައިވާ މީހެއް. މާތްﷲ ކަލެއާ، އިބޫއާ، އަންނިގެ ކިބައިން މި ޤައުމު ސަލާމަތްކުރައްވާން ދޭވޭ. އާމީން