ގައުމީ ޔުނިވާސިޓީ ނުވަތަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކޯސްތަކުގައި ބައިވެރިވުމަށް އެދި ހުށަހެޅުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފަށާ ކޯސްތަކަށް ވަނުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.

ގައުމީ ޔުނިވާސިޓީއިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އެ މުއްދަތު މި މަހުގެ 21 ވަނަ ދުވަހުގެ ރޭގަނޑު 11:59 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އިތުރު މައުލޫމާތު ސާފު ކުރުމަށް [email protected] އަށް މެއިލް ކުރުމުން ލިބޭނެ ކަމަށް އެ ޔުނިވާސިޓީގެ އިއުލާނުގައިވެއެވެ.

ކޯސްތަކާ ބެހޭ މަޢުލޫމާތު /mv.edu.mnu.courses އިން ލިބެން ހުންނާނެއެވެ.

އަދި ކޯސްތަކަށް އެޕްލައި ކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އެ ގޮތުން /apply/mv.edu.mnu ގައިވާ ޕޯރޓަލް މެދުވެރިކޮށް އޮންލައިންކޮށް ކޯހަށް ވަންނަން ހުށަހަޅޭނެއެވެ.

ގައުމީ ޔުނިވާސިޓީގެ އެކި ކެމްޕަސްތަކާއި ފެކަލްޓީތަކުގައި 115 ކޯހެއް މި އަހަރުގެ ފެބްރުއަރީ މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.