އެއްވެސް ބޭނުމެއްގައި އާންމު މީހުންގެ އަމިއްލަ އެކައުންޓަކުން ޑޮލަރު ނަގަމުން ނުދާނެ ކަމަށާއި، އެއީ އެއްވެސް އިރެއްގައި ކުރާނެ ކަމެއް ނޫން ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ވިދާޅުވެއްޖެއެވެ.
އަމިއްލަ ބައެއް ފަރާތްތަކުން އަދި ވިޔަފާރިތަކުގެ އެކައުންޓުން އެމްއެމްއޭ އިން ޑޮލަރު ނަގަމުން އަންނަ ކަމަށް ދެކެވެމުން އަންނަ ވާހަކައަށް ރައްދުދީ އެމްއެމްއޭ އިން ވިދާޅުވީ އަމިއްލަ އެކައުންޓްގައި ހުރި ޑޮލަރު ސަރުކާރަށް ނެގުމަކީ އެއްވެސް އިރެއްގައި އެ އޮތޯރިޓީން ކުރާނެ ކަމެއް ނޫންކަމަށެވެ.
ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގެ ގާނޫނީ އޮނިގަނޑު އިސްލާހު ކުރުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާކަމަށް އެމްއެމްއޭ އިން ވަނީ ހާމަކޮށްފައެވެ.
މިގެނެވޭ ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭރުފައިސާ ހޯދުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށްވެސް އެމްއެމްއޭ އިން ވަނީ ވިދާޅުވެފައެވެ.
އަމިއްލަ އެކައުންޓުތަކުން އެމްއެމްއޭ އިން ޑޮލަރު ނަގަމުން އަންނަ ކަމަށް މިއަދު އޮންލައިން ނޫހަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ ސަރުކާރުން ތަންފީޒު ކުރަން އުޅެނީ މައިގަނޑު ދެ ސިޔާސަތެއް ކަމަށާއި އެއީ އަމިއްލަ ފަރާތްތަކުގެ އެކައުންޓުގައި ހުރި ޑޮލަރު، ދިވެހި ރުފިޔާއަށް ބަދަލުކުރަން މަޖުބޫރު ކުރުވުމާއި އަމިއްލަ އެކައުންޓުތަކުގައި ހުރި ޑޮލަރު ވަކި މުއްދަތެއް ވަންދެން ނުނެގޭ ގޮތަށް ހެދުން ކަމަށެވެ.
ތިޔައީ ތެދެއް! އަމިއްލަ އެކައުންޓްގައި ހުރި ޑޮލަރ ވެރިމީހާއަށް ނުނެގޭނީ! ނުވަތަ ދުވާލަކަށް 100 ޑޮލަރަށް ލިމިޓް ކުރާނީ! ދެން ތިޔަ ބުނާ 15.42 އަށް ޑޮލަރ ވިއްކާ ބޭންކު ތަކުން ބޮޑުކިއު އެއްގަ ޖެހިގެން މީހަކަށް ދުވާލަކު 100 ޑޮލަރ ވިއްކާނީ! މިހާރުވާ 20 ރުފިޔާއަށް ބޭނުންވަރަކަށް ޑޮލަރ ގަނެވޭތާ!! ދެން އެވަރުވެސް ނުވާނެ!
ލައިގެންހުންނަ ޖަންގިޔާ ވެސް ދަމައިގަންނާނެ މިވަރުުން ދަންޏާ
ޓްރާންސް ފާ ކުރާނީ . ސަޅިއެއްނު
ސާލިހް އިސްތިއުފާ
ދޮގެއް ހެދެން އޮވެ ދުވަހަކުވެސް ތެދެއް ނުބުނާ ބައެއްގެ ވެރިކަން މިއޮތީ މިތާ
ނުވެސް ނެގޭނެ ކިތަންމެ ނަގަން ބޭނުން ވިޔަސް ލޮލް
ނުނަގާ އިންގޮތަށް އިންދާ ކާލާނީ ދޯ.. މި ސަރުކަރަކީ ބޮޑު ބަލާއެއް
ކިހިނެތް ގަބޫލު ކުރަނީ... އަހަރެމެންގެ އަތުން ޕެންޝަން ފަންޑޭ ކިޔާފަ އެލާރިތައްވެސް ދަވާލައިފި... މީދެން ކިހާ ބޮޑު ބަލާވެރިކަމެއްތަ... ލާދީނީ ބައިގަނޑު މިތަނުން ފެއްސިގެން ދޭބަލަ .. އަހަރެމެންނަށް ދުއްޕާން ނުކޮށް...ގޮސް ކާފަރުން އުޅޭ ގޮތަށް އެތަނުގައި އުޅެބަލަ... ކެނެރީ މުސީބާތް މިގައުމުން ފިއްލަވާންދޭވެ.