އައްޑޫ ސިޓީ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ދެމީހުނަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެމީހުނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް މަންޒަރު ދުށް މީހަކު "ވަގުތު" އަށް މަޢުލޫމާތު ދެމުން ބުނީ، އެ ދެމީހުނަށްވެސް ވަރަށް ބޮޑަށް އަނިޔާ ވެފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓު ހިނގީ ހިތަދޫ އަމީނީ މަގުން ދުއްވާފައި ދިޔަ ސައިކަލެއް، އެ މަގުގައި ފަސް އަޅާފައި ހުރި ތަނަކަށް އަރައި ކޮންޓްރޯލް ނުވުމުންނެވެ. މި ހާދިސާ ހިނގި ވަގުތު ސައިކަލުގައި ތިބީ ޒުވާން ދެ ފިރިހެނެކެވެ.

މި ހާދިސާގައި އެމީހުން ދުއްވި ސައިކަލަށްވެސް ބޮޑެތި ގެއްލުން ލިބިފައިވާއިރު، ފުލުހުން ދަނީ އެކްސިޑެންޓު ހިނގި ސަރަޙައްދުގައި ޙަރަކާތްތެރިވަމުންނެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އައްޑޫއަށްކުރި ވިއްސާރައިގެ ސަބަބުން ހިތަދޫގެ ވަރަށް ގިނަ މަގުތައް ހަލާކުވެ ބޭނުންކުރަން ދަތިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހަސަން

  ޔާމީން ގެ ތަރައްގީ އައްޑޫގަ ހުރިހާ މީހެއްގެ ތަރު އަޅާފަ އެޔޮތީ

 2. އެއްލަކި

  މީ މަގޮލާ ކަންތައް

 3. ޟަޒް

  ދުވެލި މަޑުކުރޭ

 4. މާމިގިލީ މީހާ

  ތިވަނީ މާރާމާރީ ހިންގާފައި ފިލާންދިޔަ މީހުންނަށް... ނޫނީ ވޭދާނެ އެއްލަކިން ލައިސެންސް ލިބުނު މީހެކަށް. އެއްލަކިން އެކްސިޑެންޓް ވެސް ވީ..