މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ވިދާޅުވީ ލޮލަށް ބުޅި ހެރިގެން އަނިޔާވެފައި ވަނީ ހދ. ކުޅުދުއްފުށީ ބޮއެ ކައިރިން މަސްވެރިކަން ކުރަން އުޅުނު "ނިއުމަތް" ދޯނީގައި ހުރި އުމުރުން 35 އަހަރުގު ދިވެހި ފަޅުވެރިއަކަށް ކަމަށެވެ.
އެމީހާ އަށް އަވަސް ފަރުވާ ބޭނުންވާތީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މަސްވެރިކަމަށް ނުކުމެ އުޅުމުގެ ތެރޭގައި ލޮލަށް ބުޅި ހެރިގެން ރިޕޯޓް ކުރާ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް މަސްވެރިކަމަށް ނުކުތް ދޯންޏެއްގައި ހުރި ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަނިޔާވިއެވެ.
ޝުކުރިއްޔާ މޑފ