ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުރު ދައުރެއް ދިނުމަކީ ދިވެހި ރައްޔިތުންނަށް ވޭން ހުރި ކަމެއް ކަމަށާއި އެއީ އޯގާތެރި ސިފައެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
ޖަމީލް އެގޮތަށް ވިދާޅުވީ ފުރިހަމަ ތަރައްގީއެއް ރާއްޖެއަށް ގެނައުމަށް ރައީސްކަމުގެ ދެ ދައުރު ފުރިހަމަކުރުމަށް ފުރުސަތު ދޭން ޖެހޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނިކޮށެވެ.
ޖަމީލް މިހެން ވިދާޅުވެފައިވަނީ، ރައީސް ސޯލިހްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. "ރާއްޖެޓީވީ" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މަބްރޫކް ވިދާޅުވީ ވެރިކަމުގެ ނިޒާމު މިހާރު ހިނގާ ގޮތުން ތަރައްގީ ގެނައުމުގައި ލަސްތަކެއް ކުރިމަތިވާ ކަމަށާއި އެ ގޮތުން ފަސް އަހަރުގެ އެއް ދައުރަށް ވުރެ ދިގުކޮށް މިހާތަނަށް އައި އިރު ވެރިކަން ނުކުރެވޭއިރު އެ މުއްދަތަކީ ތަރައްގީ ގެނައުމަށް އެކަށޭނަ މުއްދަތެއް ނޫން ކަމަށެވެ.
މަބްރޫކް މިހެން ވިދާޅުވުމާ ގުޅިގެން "ވަގުތު" ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާ ކުރައްވަމުން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހަކީ ރާއްޖޭގައި މިހާތަނަށް ނުދެކޭ ދުވެލި ލަސް އަދި ވިސްނުންކޮށި ރައީސް ކަމަށާއި އެމަނިކުފާނުގެ ދައުރު ނިމޭއިރު ރައްޔިތުން ތިބޭނީ "ކަނޑުވެފައި" ކަމަށެވެ.
"ރައްޔިތުންނަށް ހެޔޮ އެދޭނަމަ އެގްޒިޓް (ނުކުމެގެން ދިއުމުގެ) ޕްލޭން ކުރައްވާ، އިތުރަށް ފަސް އަހަރަށް ރައްޔިތުންނަށް ވޭން ދިނުމަކީ އޯގާތެރި ސިފައެއް ނޫން،" ޖަމީލް ވިދާޅުވިއެވެ.
ރައީސް ސޯލިހްގެ ސަރުކާރުގެ ދުވެލި ލަސް ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ސިފަކުރާއިރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވި ފަހުން ރާއްޖޭގެ އިގްތިސާދާ ތަރައްގީގެ ބައެއް މަޝްރޫއުތައް ވަރަށް ބޮޑަށް މަޑުޖެހިގެން ދިޔައެވެ. ނަމަވެސް އަލުން ބޯޑަރުތައް ހުޅުވާލުމަށް ފަހު އިގްތިސާދު ކޮންމެ ވެސް ވަރަކަށް ރަނގަޅު ވެފައިވާއިރު ފެށިފައިވާ މަޝްރޫއުތައް ދަނީ ހުއްޓާލައި ނުލައި ކުރިއަށް ގެންދަމުންނެވެ.
جميلއަށް تاءيد ! والسلام
އިބޫސޯލިހް ވެރިކަމުގައި ހުރިކަމުގައި ވިއަސް ކަލޭ މިރާއްޖޭގެ ކަންކަމަށް ބޭނިގަނެގެން އުޅުމަކީ ރައްޔިތުންނަށް މާބޮޑު ވޭނެއް !