ޗައިނާ އަކީ ދިވެހިރާއްޖެއަށް އެންމެ މުހިއްމު އެއްބައިވެރިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ ޗައިނާގެ ނޫހެއް ކަމަށްވާ "ޒިންހްއާ" އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ވިދާޅުވީ ޗައިނާ އިން މިހާތަނަށް ވެސް ވަނީ ރާއްޖޭގެ ތަރައްޤީގައި މުހިއްމު ދައުރެއް އަދާކޮށްފައި ކަމަށެވެ. ރައީސް ވަނީ ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި ރާއްޖޭގެ އިޤުތިޞާދު ކުރިއެރުވުމުގައި ޗައިނާ އިން ދެވެމުން އަންނަ އެހީތެރިކަން ފާހަގަ ކުރައްވާފައެވެ.
ހާއްސަގޮތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ ޗައިނާގެ ކުންފުނިތަކުން ކުރަމުން އަންނަ މަސައްކަތް ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ދާދިފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރެއްވި ޒިޔާރާތުން ވަނީ އެއާޕޯޓްގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ފެނިވަޑައިގެންފައެވެ.
"އަޅުގަނޑަށް ފެނުނު ޗައިނާގެ މަސައްކަތްތެރިން އެއާޕޯޓްގެ މުހިއްމު މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް. މިބަލިމަޑުކަމުގެ ތެރޭގައި ވެސް ޗައިނާގެ މަސައްކަތްތެރިން އަންނަނީ ވަރަށް ފުރިހަމައަށް މަސައްކަތް ކުރައްވަމުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮވިޑް-19 ބަލިމަޑުކަން ފެށުނު ހިސާބުން ވެސް ޗައިނާގެ އެހީތެރިކަން ރާއްޖެއަށް ލިބެމުން އަންނަ ކަމަށެވެ.
ކޮވިޑްގެ ސަބަބުން އިޤުތިޞާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމުގެ މަސައްކަތް ރާއްޖެ އިން ކުރަމުން އަންނައިރު އެންމެ ބޮޑު އަމާޒަކީ ފަތުރުވެރިކަމަށް ބަރޯސާވުން ކުޑަކޮށް އެހެން ދާއިރާތައް ވެސް ތަރައްޤީ ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. މަޝްވެރިކަމުގެ ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާ އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްޤީ ކުރުމަށް ރާއްޖެ އިން އަމާޒު ހިފާފައި ވާއިރު މިކަމުގައި ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ ތަފާތު މައްސަލަތަކުގައި ވެސް ރާއްޖެ އިން ޗައިނާއާއި އެކު މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޗައިނާ އަކީ ރާއްޖެ އަށް އެންމެ މުހިއްމު އެއްބައިވެރިޔާ ކަމަށް ރައީސް ޞާލިހް ވިދާޅުވި ނަމަވެސް ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ޗައިނާއާއި އެކު މާގާތް ގުޅުމެއް ނުބާއްވައެވެ. ރައީސް ޞާލިހް ގުޅުން ބަދަހިކުރައްވާފައި ވަނީ އަވައްޓެރި އިންޑިއާ އާއިއެވެ.
ފަތުރުވެރިކަމަށް ބަރޯސާވުން ކުޑަކުރަން ، ކުރަންޖެހޭ ފުރުތަމަ ކަމަކީ ރައްޔިތުން ނިކަމެތިކުރުންތޯ؟ ދެން އަދުލު އިންސާފު ގެއްލުވާލުންތޯ؟ދެން ދިމާކުރާތީއޭ މިކިޔާނިޒާމު ފުނޑާލުންތޯ؟ ދެން ރިސޯޓްމުވައްޒަފުންނަށް ދޮގުވަޢުދުވުންތޯ؟ ދެން ރާއްޖޭގެ ރައްޔިތުންނަށް ހާއްޞަ ކުރެވިގެން ދޮގު ވަޢުދުވުންތޯ؟ ކައުންސިލްއިންތިޚާބު ކާމިޔާބުކުރުމުގެ ބޭނުމުގައި އަނެއްކާވެސް ނުފުއްދޭ އެތައްވަޢުދެއްވުންތޯ؟ ކާށިދޫ ފަޅުހިއްކައިގެން ރިސޯޓެއްތަރައްޤީ ކުރަން ވައުދުވެ މިއަދާހަމަޔަށްވެސް މިކަމުގެ ޚަބަރެއްނުވެ، ހުރުންތޯ؟ ކާށިދޫރައްޔިތުންނަށް މަސްވެރިކަންކުރާނެ މަސްކަދެއް ކާށިދޫކަނޑުގައި އަޅަންވައުދުވެ އެއްވެސް ޚަބަރެއްނުވެ ހުރުންތޯ؟ ކާށިދޫ އެގްރިސެންޓަރު ކޮބައިތޯ؟ މިފަދަ ގިނަކަންތައްތަކެއްގެ ސަބަބުން ތިޔަ ރައީސްގެ އިތުބާރު ވަނީ ގެއްލިފައި! ތިޔަ ރައްޔިތުން ގެ ސަޕޯރޓް އޮތް ރައީސެއްނޫން! އަދި ހާއްޞަކޮށް އެމް.ޑީ.ޕީ ފެއިލްވެއްޖެ#
ވޯޓް ވޯޓް.
އަދިވެސް އަނގަފޭކޮށްފަ މޯދީ މޯދީ. ޒިންދާބާދު ކިޔާކިޔާތިބޭ
މިހާރު މަޖިލީހުގެ ޖަލްސާ ގަ އަމިއްލަ އަށް ބޮޑު ވަޒީރު ހެދިގެން އުޅޭ ހޮޓާބެ ޗައިނާ އަށް ބަވާނެ ޔަގީން ، ކިނބޫ ކޯރުން ބޯ ހިއްލާ ލާ އަންގަ ހުޅުވާލާ އިރަށް ބ.ވ ރައްދު ދޭނެ މަޖާ ކަމެއް ހުވާ،،
ރަގަޅޭ ޗަ އިނާ އަކީ ދިވެހިންގެ އެ އްމެގާތް އޯގާތެރި ގަ އުމު... އެކަމަކު ގަ އުމުގެ ބިންބަހާ ވި އްކާ ހުސްކޮ އްލީ އިންޑިޔާ އަށްދީ..ތިޔަ އީ ޔަހޫދީންނަވުރެ ކުރީގަ އުޅޭ ހީލަތްތެރި އެ އް...
ވިދުނީތަ މާޗައިނާޔާ ގުޅާލަން ތިއުޅެނީ
ލަދުޙަޔާތް ކޮބައި މިހިރަމީހާޔާ؟
އެކަމަކު މީނާގެ އެކުވެރިޔާ އަންނި ބުނަނީ އެހެން އެއްޗެކޭ އެހެންވީމާ އަޅުގަނޑުގެ ނަޒަރުގައި މިސަރުކާރުގެ މަތީފަޑީގަ މިތިބީ ހަމަ ބަތާޙަރާމީ ގުރޫޕެއް
އިންޑިޔާގެ ގެރިތަކުން ފެލާނެ ކިރެއްނެތް ގޮތް ހުސްވީ ބަންގަލަދޭސްގެ ޖީޑީޕީއަށްވުރެން އިންޑިޔާގެ ޖީޑީޕީ ދަށްވެއްޖެ ޗައިނާއިން ނޫންތަނަކުން އެއްޗެއް ނުލިބޭނެކަން ޔަގީންވީ
މީނާ ހީކުރަނީ ޗައިނާ ސަރުކާރަކީ މޮޔަ ސަރުކާރެއްކަމަށް، ތިހެން ހީކުރުމަކީ ކުށްހީއެއް. މިސަރުކާރުން ކުރިން ދެއްކި ވާހަކަ ޗައިނާ ސަރުކާރަށް ނޭގޭނެކަމަށް. ކުރިން ދެއްކި ވާހަކަތައް ޗަނާއިން ހަނދާނެއްނުނެތޭނެ. މިތާނގައި އުޅޭ އެމް ޑީ ޕީ މީހުންނަށް އޮޅުވާލާ ގޮތަށް އޮޅުވާލަން ނޫޅުއްވާ. ހިންޏަށް ހަކުރު އޮޅުވައެއް ނުލެވޭނެ.