ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި އޮތުމުން އެ ކަމަށް ޖަވާބުދާރީވުމަށް 14 ދުވަހުގެ ނޯޓިސްއެއް އެކަމަނާއަށް ރައްޔިތުންގެ މަޖިލީހުން ފޮނުވައިފިއެވެ.
މަޖިލީހުގެ މީޑިއާ ކޯޑިނޭޓަރު ހަސަން ޒިޔާއު ވިދާޅުވި ގޮތުގައި މިނިސްޓަރު ޒަހާއަށް ފޮނުވަން ޖެހޭ 14 ދުވަހުގެ ނޯޓިސް ފޮނުވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މިނިސްޓަރު ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުންނެވެ. އެ ގަރާރުގައި ސޮއިކުރެއްވީ ޕީޕީއެމް އާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ނުވަ މެންބަރުންގެ އިތުރުން ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.
ގާނޫނުއަސާސީގައި އޮންނަ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ 10 މެންބަރުންގެ ސޮޔާއެކުގައެވެ. އަދި ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިހާރު މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު އެއީ 44 މެންބަރުންގެ ވޯޓުންނެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިސްވެ ހުންނަވައި އުފެއްދެވި އެމްއާރުއެމްގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި ޒަހާގެ އިތުބާރު ނެތް މައްސަލައިގެ ގަރާރުގައި ވަނީ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދި މަސްވެރިންނަށް ވުޒާރާއިން ދޭން ޚިދުމަތްތައް ދިނުމުގައި ލަސްވުން ފަދަ ކަންކަން ކުރިމަތިވާ ކަމަށެވެ.
މަސްވެރިކަމާ ގުޅޭ ވައުދުތައް ނުފުއްދައި މިނިސްޓަރުގެ ހައިސިއްޔަތުން ޒަހާ އަދާ ކުރައްވަން ޖެހޭ ޒިންމާތައް އަދާ ނުކުރައްވައި އެ މަގާމުގައި އެކަމަނާ ހުންނެވުމަކީ މަސްވެރި އާއިލާތަކަށް އިތުރު ނިކަމެތިކަން އަންނާނެ ކަމެއް ކަމަށް ގަރާރުގައިވެއެވެ. އެ ގަރާރުގައި ނުފުއްދި ހުރި ވައުދުތައް ވެސް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ކަންނެލި ޖަގަހަތަކާއި ގޭދޮށު މަސް ފެކްޓަރީއާއި ޕްލާންޓްތައް ފަދަ ވައުދުތައް ހިމެނެއެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތުގެ ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ ބައެއް ވަޒީރުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ މެންބަރުން އިސްވެ މިހާތަނަށް މަސައްކަތް ކުރައްވާފައިވީ ނަމަވެސް އެމްއާރުއެމްގެ ސްލޮޓެއްގައި ހުންނެވި މިނިސްޓަރަކު ވަކިކުރަން އަދި މަސައްކަތެއް ނުކުރައްވައެވެ.
އެހެން ވިޔަސް އެމްއާރުއެމްގެ ސްލޮޓްގައި ތިއްބެވި ވަޒީރުންގެ ތެރެއިން އެމްޑީޕީގެ މެންބަރުންގެ ވެސް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވާ ވަޒީރަކީ ޒަހާއެވެ. މި ގޮތުން މަސްވެރިކަމުގެ އާ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ގާނޫނުގައިވާ މުއްދަތަށް އެކުލަވާފައި ނެތުމުން ޒަހާ ވަކިކުރަން ބައެއް މެންބަރުން ތައްޔާރު ވެސް ވިއެވެ. އެކަމަކު ގަވާއިދުތައް ނިމުމުން ފަހުން އެ މަސައްކަތެއް އެމްޑީޕީއިން ނުކުރެއެވެ.
ٱلْحَمْدُ لِلَّٰهِ ވަރަށް އުފާވެރި ޙަބަރެއް. އަހަރުމްނަށް ދިން ގެއްލުމުގެ ބަދަލު ﷲ ގެ ރަހުމަތުން ދައްކަވާށި. އާމީން. މިހާރު އެނގޭދޯ ބަޔަކަށް ދެރަ ދީފާ ނުހުރެވޭނޭކަން. ދުވަހެއް އަންނާނޭކަން.
ކޮބާ މައުމޫނު. ރާކަނިމަސް މީރުތަ ބޭބޭ
ޒަހާގެ އިތުބާރު ނެތްކަމަށް ފާސްކުރަން ފެނޭ.
(1) މަޤާމުން ވަކި ކުރިޔަސް މަސްވެރިންނަށާއި މުޅި ދިވެހިރާއްޖެ އަށް ޒަހާ ދިން ފޫނުބެއްދޭވަރު ގެ ގެއްލުމަށް ޒަހާ ޒިންމާ ވާންޖެހޭނެ. ކުށްވެރި ވާން ޖެހޭނެ. (2) ކިތައް އަހަރު ތޯ ޤަވާޢިދު ތައް ނަހަދާ، އިބިލީހު ކައިވެންޏަށް، "މާދަމާ މާދަމާ" އޭ ކިޔާފަ ޒަހާ ދުއްވާލީ ؟ މިއީ ކިހާ ބޮޑު ގެއްލުން ތޯ ؟ (3) މަޖްލިސް މެމްބަރުންނަކީ މިނިސްޓަރުން ލައްވާ ގެރިބަކަރި ގެންގުޅޭ އުސޫލުން ފޫކޮޅުގައި ހަންމުށިއަޅައިގެން މަސައްކަތް ކުރުވަން ތިބި ބައެއް ނޫން. (4) ކުޑަކުޑަ ކަމެއް ވެސް ޒަހާ ލައްވާ ކުރުވެނީ، ދުއްރައިން ހަންމުށި އަޅައިގެން.
މައުމޫނު ގެ ބައްޕަ ޢަބްދުލްޤައްޔޫމް ސީދީ އަށް މުނިކާފަ ކިޔާ ޒަހާ އަކީ ކަންނެތް ފުޅަ އެއް. ގައްސާނު އަކީ މައުމޫނަށް ބައްޕަ ކިޔާ މީހެއް. ގައްސާނު ވެސް އެއޮތީ ދައްތަ ޒަހާ ވަކިކުރަން ސޮއި ކޮށްފަ. ގައިމު ކަމެއް ވީމަތާ !!!
ޒަހާ ކިތައް ފަހަރު މަޖްލިހަށް ޙާޒިރު ކުރި ؟ ޒަހާ އަށް ކިތައް ޗާންސް ދިން ؟ ހަމަ އިސްލާޙް ނުކުރީނު. 2 އަހަރު ނަގާކަށް ނުޖެހޭ ޤަވާޢިދު ތައް ހަދާކަށް.