ސާނަވީ ތައުލީމާއެކު ޖިންސީ ހަމަހަމަކަން ގާއިމް ކުރުމަކީ އަސާސީ ހައްގެއްގެ ގޮތުގައި ކަނޑައަޅުއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާތާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއާ ހަވާލާދީ އެޑިއުކޭޝަން މިނިސްޓްރީން ކުރެއްވި ޓްވީޓެއްގައި ވަނީ ޖިންސީ ހަމަހަމަކަން ގާއިމް ކުރުމުގެ މުހިންމު ކަން އަލިއަޅުއްވާލައްވައިފައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ތައުލީމުގެ ނިޒާމުގެ ތެރެއިން ދެ ޖިންސުގެ ދަރިވަރުންނަށް ޖިންސީ ހަމަހަމަކަން ގާއިމް ކުރުމުމުގެ މުހިންމުކަން ވިސްނައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ފިރިހެން ކުދިންނާއި އަންހެން ކުދިންނާއި ދެމެދު ހަމަހަމަކަން ގާއިމް ކުރުމަށް ނިޒާމުގެ ތެރެއިން ގެނަންނަ ޖެހޭ ބަދަލުތައް ގެނައުމަށް މިނިސްޓަރު ވަނީ ވައުދުވެ ވަޑައިގެންފައެވެ.
މިނިސްޓަރު ވިދާޅުވީ ތައުލީމާއެކު ދެ ޖިންސުގެ ދަރިވަރުން ވެސް އެއްވަރަކަށް މުޖްތަމައު ތެރޭގައި ބާރުވެރިކުރެވެން ޖެހޭނެ ކަމަށެވެ. އަދި އެއީ އަސާސީ ހައްގެކަން ތައުލީމީ ނިޒާމުގެ ތެރެއިން ކުދިންނަށް ވިސްނައި ދޭން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"I pledge to bring about system changes that will ensure that girls and boys, not only gain access to complete their education, but also are equally empowered and have an attitude that accepts gender equality as a fundamental and social value," -Minister Dr. Aishath Ali- pic.twitter.com/kd6iLb7ovh
— Ministry of Education (@MoEdumv) March 14, 2021
ރާއްޖޭގެ މުޖްތަމައު އަށް ނަޒަރު ހިންގާލާ ނަމަ މިހާރު އަންނަނީ ފިރިހެނުންނެކޭ އެއްފަދައިން އަންހެނުން ވެސް މުޖްތަމައު ތެރޭގައި ބާރުވެރިވަމުންނެވެ. އެގޮތުން ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވީ އަންހެނުންގެ ބައިވެރިވުން މިސަރުކާރުގައި އަބަދުވެސް ދާނީ އިތުރުވަމުން ކަމަށެވެ.
ސަރުކާރުން އިސްނަގައިގެން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާޙުތަކާއެކު އަންހެނުންނަށް ހޯދައިދީފައިވާ އިތުރު ފުރުސަތުތަކުގެ މައްޗަށް އެމަނިކުފާނުގެ ހިތޯބުގައި އަލިއަޅުވާލާފައި ވާއިރު މި ސަރުކާރުން ވަނީ ލޯކަލް ކައުންސިލް އިންތިހާބުތަކިގެ ރަށު ކައުންސިލްއަށް 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރުމަށް ލާޒިމްކޮށްފައެވެ.
ތަންދޮރު ނުދަތަސް ތީބޮޑުވަރު.. މިރާއްޖޭގެ ޤާނޫނު އަސާސީން ފެށިގެން ދަށައް ހުރި ހުރިހާއެއްޗެއްގަި ވެސް އަންހެނުން ތަފާތުކޮށްފައެއް ނޯންނާނެ... ވީއިރު ތިވިދާޅުވަނީ މީހުންގެ ކަނޑަން ޖެހޭ ތަންތަން ކަނޑާ އިތުރު ކުރަންޖެހޭބައިތައް އިތުރުކޮށްގެން ހަމަހަމަ ކުރާ ވަހަކަތޯ...ހެހެހެ
ޤާނޫނު އަސާސީގެ 17 ވަނަ މާއްދާއާ 20 ވަނަ މާއްދާގަ މިހާރުވެސް ކަނޑައެޅިފަ އޮތް ހަމަހަމަ ކަމެއް.
ޖިންސީ ހަމަހަމަ ކަމެއްނޫން. ޖިންސުގެ ހަމަހަމަކަން. ޖިންސީ ހަމަހަމަ ކަމޭ އޮރީމަ ދޭހަހަވަނީ އެހެން މާނައެއް
ޖިންސީ ހަމަހަމަ ކަން އަސާސީ ޙައްގަކަށް ހެދުމަށްވުރެ މާރަނގަޅުވާނެ ﷲ އެންގެވި ގޮތަށް އުޅެން ދަރިވަރުންނަށް ދަސްކޮށް ދިނިއްޔާ އިސްލާމީ ރިވެތި އުސޫލުތަށް ނެތިކޮށްލުމަށް ތިކުރާ މަސައްކަތް ހުއްތާލާފަ އަވަހަށް ތައުބާ ވެލައްވާ އާޚިރަތަށް އެދި މަސައްކަތް ކުރައްވަ
އަންހެނުން ބާރުވެރިކުރުމުގެ ނަމުގައި އެކަބަލުން ހިލޭފިރިހެނުންގެ ތެރެއަށް ނެރެ މަސްހުުނިކޮށް ފޮށި ހަދަން ފުރުސަތު ބޭނުންވަތީ ކިޔާ އެއްޗެއް އަންހެނުން ބާރުވެރިކުރުމޭ.. އޮފީސް ދަތުރު ނަމުގައި އެކެހެރިކޮށް ބައްދަލުކޮށް އަމިއްލަ އެދުން އިސްކުރުމަށް ކުރުވާކަމެއް.
މީހަމަ މިނިސްޓަރެއްބާ؟؟.. ތައުލީމީދާއިރާއަށް ތަސައްރަފުފުރޭ މީހަކު ލާބަލަ.
ސަ ނަދު އޮތަސް ބީތާއި ން އުޅޭވިއްޔާ....
އެހެންވީމަ ފިރިހެންނަށް ވިހެވެން ޖެހޭނެތާ. ފިރިހެނުން ނުވިހަންޏާ ތިޔަބުނާ އަސާސީ ހައްގު ފިރިހެނުންނަށް ހޯދޭނީ ކިހިނެތް؟ ހޯދަދެވޭނެތަ؟
ޖިންސީ ހަމަ ހަމަ ކަމީ ހަމައެކަނި ހައްގުތަކުން ލިއްބައިދެނީ އިސްލާމްދީނުގައި. ލާދީނީ ފެމިނިސްޓުންނައް ވާނެހާވެސް ކަމަކީ ހަމަ ހަމަ ކަމުގެ ނަމަުގައި ފަސާދަ ކުރުން
މިނިސްޓަ ޓު ރޭނީއަކާ ބޮޑައްވައްތަ ރީ....މިއަށްވހރެ ރަނގަޅު މީހަކު ނުވީބާ ނޫނީ ޕާޓީކުލަ ގަދަކަމުން މަޖުބޫރުވީބާ މީނަބަހައްޓަން.
ތީކީ އެހެން ކުރި ކަމެއްނޫން . އެޑިއުކޭޝަން މިނިސްޓަރު ހުރި ކަން އަންގާލީ ސަމާލުކަން ހޯދަން
ޙާދަ އެއްޗެއްނޭގޭ ގާނޫނު އަސާސީގެ 17 ކިޔާބަލަ އެއޮތީ ކަނޑައަޅާފަ ކިޔަނީ ކީކޭ ނޭގޭކަން ނުދަނޭ އޭރުންވާނީ ބޭޒާރު
ބަލަގަ މިތާގަ ޖިންސީ ކޮންހަމަހަމ ކަމެއް ނެތިގެންތަ ތިޔައުޅެނީ..؟
މިމީހުން ކީކޭތަ ކިޔަން މިޢުޅެނިީ؟
ޙަމަގައިމުވެސް ތިހި ރަ ޔޫ ރޮޕް ބޮޑެތި ގައުމުތަކަށްވޔރެވެސް ދިވެހި ކަނބަލުން ނުލާހިކު ބާ ރުވެ ރި. ކަމަނާ ތިޔަހު ރި މަގަާމުންވެސް އެކަން ފާޅުޥޭ. ދޮންމީހުންގެ ފެމިނިސްޓް ކަލްޓް ޅަދަ ރިންނަށް އުނގަނައިދީ ބަޔަކު މީހުންގޖެ އެޖެންޑާ ތަކަށް ވާގިވެ ރި ތިވނީ. ޢަހަ ރުން އައި ރު މުސްލިމުން އުޅެ ގިތަށް އުޅެކަށް ނުޖެހޭ. ދިވެހިރރޢްޖޭގައި މަތީ ސަނަވީ އަދި ސަ ރުކާ ރާއި ކުންފުނިތަކުގެ މަތީ މަގާމުތަކުގައި ގިނައީ އަންހެން ކަނބަލުން.
ދިގުކޮށް ވައްކޮށް ކުރުކޮށް ފްލެޓްކޮށް ކޮށާ މަށައިގެން ކުރެވިދާނެ ކަމެކެވެ.
އަންހެނުން ނާ ފިރިހެނުން ހަމަ ހަމަ ވާނީ އަންހެން ވެރިން ކެޔޮޅުކަން ކޮއް ފިރިހެން ވެރިން ވިހަން ފަޝާ ދުވަހަކުން މަގޭ ހިޔާލުގަ. މިކިޔަނީ ކީ ހާލުން ބަޑިޔެއް ޖަހާ ވާހަކަ އެއް ނޫން އިންގޭ ތޯ؟
ޕެޑް ހުސެން ކައިރީ ތިވާހަކަ ދައްކާ