ލ. މާވަށުގައި ހުރި ފައިސާ ރަށުން ބޭރުވުން މަދުކޮށް، އެ ރަށަކީ އިގްތިސާދީ ގޮތުން ފުދުންތެރި ރަށަކަށް ހެދުމުގެ ތަސައްވުރު ހުރި ކަމަށް ކައުންސިލް އިންތިހާބުގައި އެ ރަށު ކައުންސިލްގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ އަހުމަދު މޫސާ ވިދާޅުވިއެވެ.

އަހްމަދު މޫސާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އަންނަ ދައުރަށް އިންތިހާބުވެވަޑައިގެންފި ނަމަ މާވަށަކީ އިގްތިސާދީ ގޮތުން ފުުދުންތެރި ރަށަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އެގޮތުން ރަށު ތެރޭގައި ދައުރުވާ ފައިސާ އިތުރުކޮށް، އެ ފައިސާ ރަށުން ބޭރުވުން މަދުކުރެވޭނެ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހްމަދު ވިދާޅުވީ އަންނަ ދައުރެއް ވެގެން ދާނީ މާވަށަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އަންނާނެ ދައުރަކަށް ކަމަށެވެ. އެގޮތުން ރަށުގެ އިގްތިސާދު ފުޅާކުރުމަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރީތައް ފުޅާކުރުމަށް ކައުންސިލްގެ އެއްބާރުލުން ލިބޭނެ ކަން ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންނަށް ވިޔަފާރި ކުރުމުގެ ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކައުންސިލް ދައުރެއް ގައި ﷲ ގެ އިރާދަފުޅާއެކު ރަށުން ބޭރުން ރަށަށް ވަންނަ ފައިސާ އިތުރުކޮށް ޖީބުތައް ތަނަވަސް ކޮށްދިނުމުގެ ގޮތުން ފުދުންތެރި އިގުތިސާދެއް ރަށުގައި ގާއިމު ކުރުމަށްޓަކައި ރަށުގައި ހުރި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ރަށުގައި އުފައްދާ ތަކެތި އިތުރުކުރުމަށާއި ރަށުގައި އެނބުރޭ ފައިސާ ރަށުން ބޭރުވެގެން ދާ ދިއުން މަދުކުރުމަށާއި މާވަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި އިތުރަށް ފުޅާ ކުރުމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކަށް ދަޑުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން މައުލޫމާތު ފޯރުކޮށް ދިނުމަށްޓަކައި ސެމިނާ އާއި ވޯކްޝޮޕް ފަދަ ހަރަކާތްތައް މާވަށުގައި ކުރިޔަށް ގެންދާނަން" އަހްމަދު ކުރެއްވި ފޭސްބުކް ޕޯސްޓްގައި ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމެއްގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކައުންސިލަށް ދޫކޮށްފައިވާ ފައިސާއިން މާވަށުގެ ވިޔަފާރިތައް ފުޅާކޮށް، އެ ފައިސާ މާވަށުގެ އިގްތިސާދުގައި ދެމެހެއްޓުމަކީ ވެސް އަހްމަދުގެ ތަސައްވުރެކެވެ.

މާވަށުގެ ރައްޔިތުންގެ ޖީބުތައް ތަނަވަސްކޮށް، އެރަށަކީ އިގްތިސާދީ ފުދުންތެރި ރަށަކަށް ހެދުމުގެ އަޒުމުގައި އަހްމަދު މޫސާ އެ ރަށު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައިއެވެ. އޭނާގެ ކެންޑިޑޭޑް ނަންބަރަކީ ހަތަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙުސޭނު

    ކޮން އަޙުމަދެއްތަ؟ ތިޔައީ އަހަންމަދު ފުޅު.

  2. ވގ ޔނ

    މިމީހަޔައް ކައުންސިލްރައިސް ކަން ނުލިބިގެން މާވަށުގެ ކަންކަންނުވެގެން އުޅެނީ މުއީޒް އައް މޭޔަރުކަން ނުލިބިގެން މާލޭގެ ކަންކަންނުވަނީ

  3. ޅިޔަނު

    ޅިޔަނާ ތިކަަން ހުއްޓާލާފަ ދަރިން މަގުމަތީގެ ސަލާންޖަހާ ސަލާންޖެހުން ހުއްޓުވޭތޯ އުޅެބަލަ! މިހާރުވެސް ކައުންސިލްގެ ރައީސަކަށްހުރެ ކައުންސިލް ހިންގުން ތިހުންނަނީ ރަށުގަ އަޅާފަ އޮތް ކޭބަލް ޓީވީ ހެން. ގިނަ ފަހަރަށް މިހުންނަނީ "ނޯ ސިގްނަލް" އަރާފަ!

  4. މާވަށު ޒުވާނާ

    މާވަށުގެ ޒުވާނުން ދާންޖެހެނޫ ރަށުން ބޭރަށި. ބިމު ބޭނުން ވެރި ބޭނުން ގޮތެއް ހަދައި، އަދިވެސް ތަސައްވަރު ޕްލޭނެއއް ނެތް. ޖީބުތެކު ރުފިޔާތެއް ދަނޫ މަސްތުވުމަށް. ގުދުރަތު ރީތިކަން ރަށިން ފޮހެލައިފި. ހަަމަ އެސޮރަ.

  5. ރަށުމީހާ

    އިންތިޚާބު އައުމާ، އިނބަ ފޮނި ބައިސާ ކަނޑަނޫ

  6. މާާވަށުމީހާ

    މިފަހަރު ކޮންމެ ބަހަކުން ލިޔަން ކިޔަން އެނގޭ މީހަކަށް ވާންޖެހޭ... އަހަންމަދު ފުޅު ދޮންމަނިކު ގައިގަ ނެތް ރައީސްކަން ކުރެވޭޭ ފަދަ ގާބިލް ކަމެއް ކޮބާ މިދެމީހުންގެ ގާބިލްކަމުގެ ސެޓްފިކެޓް ....މަގޭ ވޯޓު ކަން ކަން ވާވަ ރުގެ މީހުން ނަށް

  7. މާާވަށުމީހާ

    އަހަންމަދު ފުޅު ދޮންމަނިކު މަގާާމައް ކުފޫހަމަނުވޭ ބޭރުބައެއް އައިމަ މިމީ ހުން ކިހޖނެއް ހަދާނީ.....އަމިއްލަޔަށް ވިސްނަބަލަ ތިމާގެ ފެންވަރު