ރާއްޖެއިން ގަންނަ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް މި ހަފުތާގައި ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
ޗައިނާ އިން އުފެއްދި ސިނޮފާމް ވެކްސިން ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ ޝާހިދު ވިދާޅުވީ، ކޮވިޝީލްޑް ވެކްސިން އެކްސްޕޯޓްކުރުން އިންޑިއާއިން ވަގުތީ ގޮތުން ހުއްޓާލި ނަމަވެސް ރާއްޖެއަށް ކޮވިޝީލްޑް ވެކްސިން ލިބުމުގައި އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމަށެވެ.
އެގޮތުން އިންޑިއާ އިން ރާއްޖެ އަށް އިތުރު ދެ ލައްކަ ޑޯޒް ދޭން ނިންމާފައިވާ އިރު، އޭގެތެރެއިން އެއްލައްކަ ޑޯޒް މި ހަފްތާގެ ތެރޭގައި އިންޑިއާ އިން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިންޑިއާ ސަރުކާރުން ޔަގީންކަން ދެއްވާ މި ހަފްތާގެ ތެރޭގައި ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒްގެ ދިވެހި ރައްޔިތުންނަށް ފޮނުވައި ދެއްވާނެ ކަމަށް. އަދި ދެން އަޅުގަނޑުމެން ބޭނުންވާ އެއްލައްކަ ޑޯޒްވެސް އެއްވެސް ދަތިކަމެއްނެތި ދިވެހިރައްޔިތުންނާއި ހަމައަށް ފޮނުއްވައިދެއްވާނެ ކަމަށް" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިސްކަމެއް ދެއްވަނީ ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް އެއްވެސް ކަހަލަ ދަތިކަމެއް ނާންނާނެ ފަދަ ގޮތަކަށް ކަންތައްތައް ބައްޓަން ކުރެއްވުމަށެވެ. އެގޮތުން ރައްޔިތުންނާ ހަމައަށް ވީހާވެސް އަވަހަށް ވެކްސިން ގެނައުމަށް އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަން ވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.
އިންޑިއާ އިން ދެ ފަހަރެއްގެ މަތިން ރާއްޖެ އަށް ވަނީ ކޮވިޝީލްޑް ވެކްސިން ހަދިޔާކޮށްފައެވެ. ރާއްޖޭގައި ކޮވިޑް ވެކްސިންގެ ޕްރޮގްރާމް ފުރަތަމަ ފެށީ ވެސް އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑްގެ އެއް ލައްކަ ޑޯޒުންނެވެ. އޭގެ ފަހުން ވެސް އިންޑިއާ އިން ކޮވިޝީލްޑްގެ އެއް ލައްކަ ޑޯޒް ހަދިޔާކުރިއެވެ.
އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ އާއި އިންޑިއާގެ ވެކްސިން އުފައްދާ ބޮޑު ކުންފުނި ސިރަމް އިންސްޓިޓިއުޓް ގުޅިގެން އުފެއްދި ކޮވިޝީލްޑް ވެކްސިން ވަނީ ރާއްޖޭގެ އިތުރުން އަވަށްޓެރި ބައެއް ގައުމުތަކަށް ވެސް ހަދިޔާކޮށްފައެވެ.
ރާއްޖެ އިން މިހާތަނަށް ދެ ލައްކަ އަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޝީލްޑް ވެކްސިން ދީފައެވެ.
ތިޔަގެ ސަބަބުން ދިރިއުޅުމައް އައި ލޫއީ ފަސޭހައެއް ބުނެދެއްވިނަމަ މަވެސް ތިޔަ ވެކުސިން ޖަހާނަން.