އެމްޑީޕީ އުފެއްދުމުގެ ކުރިން ވެސް އިސްލާހީ ހަރަކާތުގައި އިސްކޮށް އުޅުއްވި އަދި އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރި މެންބަރުންގެ ތެރޭގައި ވެސް ހިމެނޭ ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރިވާން ފަށައިފިއެވެ.
އެމްޑީޕީ އުފެދުމުގެ ކުރިން ފެށިގެން އިސްލާހީ ހަރަކާތްތަކުގައި ބައިވެރިވާން ފެށި ޝުއައިބު ވަނީ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން އެތައް ފަހަރަކު ހައްޔަރު ކޮށްފައެވެ. ރައީސް ޞާލިހް ވެރިކަމަށް ގެންނަން ވެސް ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވި ޝުއައިބު މިރޭ ވަނީ މުއިއްޒާއި އެކު ޓީވީ ޕްރޮގްރާމަކަށް އަރައިވަޑައިގެން ސަރުކާރަށާއި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޝުއައިބު ވިދާޅުވީ ރައީސް ނަޝީދަކީ ރާއްޖެދުއް އެންމެ ބޮޑު އަނިޔާވެރިޔާ ކަމަށާއި މާލޭ ރައްޔިތުންނަށް ވެސް އެންމެ ބޮޑަށް އަނިޔާވެރިވީ ނަޝީދު ކަމަށެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މުއިއްޒު ވާދަކުރައްވާއިރު މާލޭ ބައެއް ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަމެއް އެބައޮތް ކަމަށާއި ނަމަވެސް ކައުންސިލް އިންތިޚާބުގައި މޭޔަރުކަމަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުންނަށް ބެއްލެވުމަށް ފަހު ނިންމެވުމެއް ނިންމަވަން ޖެހޭ ކަމަށް ޝުއައިބު ވިދާޅުވިއެވެ.
"އަންނިގެ ކިބައިން އެމްޑީޕީ މިނިވަން ކޮށްގެން ނޫނިއްޔާ މާލޭގެ ރައްޔިތަކަށް ވެސް، ރާއްޖޭގެ ރައްޔިތަކަށް ވެސް ހަމަޖެހިގެން ނޫޅެވޭނެ. ކަޅު މުހައްމަދު ރަސްގެފާނުގެ ޒަމާނުގައި އޮތް ހާލަތައް މިއަދު ދިވެހިރާއްޖެ ވެއްޓިފައި މިއޮތީ އަންނިގެ ސަބަބުން." ޝުއައިބު ވިދާޅުވިއެވެ.
ޝުއައިބު ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި "އަންނި ވިދާޅުވާ ގޮތް ނޫންގޮތެއް ހެދޭނެ އެއްވެސް ބޭފުޅަކު ނެތް." ކަމަށެވެ.
ޝުއައިބަކީ އެމްޑީޕީގެ ޝަކުވާ ބަލީ ކޮމެޓީގެ ކުރީގެ މެންބަރެކެވެ. އޭނާ އެކޮމެޓީން ވަކިކުރީ ނަޝީދާއި ދެކޮޅަށް ވާހަކަދައްކަވަން ފެއްޓެވުމުން މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.
އިރުދަށުން ވައިޖެހޭއިރު ވަރަށްގިނަ ކުނިބުނި އެނބުރޭނެ
މި ޚުދުމުޚުތާރު ޑިކްޓޭޓަރ އަންނީގެ ކިބައިން ގައުމު ސަލާމަތްކުރަންޖެހޭ. ސާބަސް.
ނަޝީދު ހުރީ ރަނގަޅަށްވެސް ކަސޯޓީ ބަލާފަ. ނަޝީދުގެ ޑްރާމާގައި ޖެހިފަ ހުރި އެތަކެއް ދިވެހިނެއް އެބަހުރި. ކާރީގަ އުޅެލީމަ އިނގޭނީ އެއީ ކިހާ ވަރެއްގެ އަޑި ނުބައި ބޮޑާ މީހެއްކަން.
ފުރަހަނި ޝުޢައިބު. ފުރަހަނި އަކީ އޮލަކޮށް ކައްކާ ސޫޖީ ފާޑު އެއްޗެއް. އެ ބުއިމަ ޖެހެނީ ބޭރަށް ހިންގުން.
ލާރި ގިނައިން ދޭ ކޮޅަކަށް ކެނޑޭ މީހެއް.
ޢިންޓަރވިއު އަޑު އަހައިފިން. ޝުއައިބު ވިދާޅުވީ ނަޝީދާއި ދެކޮޅަށް އެމްޑީޕީ މެމެްބަރަކަށްވެސް ބަހެއް ބުނަން ނުކެރޭ ކަމަށް. ބައްލަވާ ޗ. 13 ފޭސްބުކް ޕޭޖް
މުއިއްޒ ވިސްނަވައްޗޭ، ތިކަމުގަ ނުބައެއްވެސް ވުން ގާތް، އަނެއްކާ މިވެރިން އުޅުނު ޕާޓީ އަކީ މާ ފަނިއަޅުވަން ކުޅަދާނަ ބަޔެކޯލަ. ޢަދީބަކީވެސް އެމީހުން އެޅުވި ފަންނެކޯ
މަރުހަބާ ޝުޢައިބު. ތިކަހަލަ ބޭފުޅުން މިގައުމަށް ބޭނުންވަނީ. ޕާޓީ އަށްވުރެ ގައުމު ބޮޑުވާނީ
އަހަންނަކީވެސް މިދިޔަ ރިއާސީ އިންތިޚާބުގައި އިބޫ ސޯލިހަށް ވޯޓު ދިން އެމްޑީޕީ މީހެއް. އަދިވެސް މިހިރީ އެމްޑީޕީގެ ލޯޔަލް ސަޕޯޓަރެއް. އެކަމަކު އެމްޑީޕީ ގެ އަނަސް ސައްތާރަށް ވޯޓެއް ނުދޭނަން. ސަބަބަކީ އޭނަ އަކީ އަންނި ގެ ފެކްޝަން މީހެއްގެ އިތުރުން ވަރަށް ނާގާބިލް މީހެއް. އޭނަ ހޮވިއްޖެނަމަ މިހާރުގެ އަންނި ފެކްޝަން ގެ މޭޔަ ޝިފާ ގޮތައް ރައީސް އިބޫ އަށް ޖެއްސުންކުރާނެ. މިބުނީ އިބޫ ރަސްމީ ކަންތަކުގައި ޝިފާއަށް ފޯނުކޮށް މެސެޖް ކުރީމައި އެއަށް ރިޕްލައި ނުކުރާ ވާހަކަ ވަރަށް މުއުތަބަރުކޮށް އެމްޑީޕީ ގެ އިބޫ ފެކްޝަނުގެ އިސް ބޭފުޅުންގެ ފަރާތުން އަޑު އަހަން. ވީމާ އަނަސް އަށް ވޯޓު ދިނުމަކީ ބޭކާރުކަމެއް. އަނަސް މަޖްލިސް އިންތިޚާބުގައިވެސް ފޭލްވީ. ބާ ކައުންސިލް މެމްބަރު ކަމުގައި ހުރެ ނިމިދިޔަ އަހަރުގެ ހާޒިރީ ގެ ފުލަށް ދިޔައީވެސް ތި އަނަސް .މިހިރީ ފަރުވާ ކުޑަ ކަމުގެ ލާމަސީލް މިސާލެއް. ވިސްނަންވީ މުއީޒަކީ މާ ރަނގަޅު މީހަކަށް ނުވިޔަސް އޭނަޔަށް ވޯޓު ދޭން. އެއީ މާލޭ ރައްޔިތުން ގެ ހައްގުގައި. މޭޔަރު ކަމަށް ކުރިމަތިލި 3 މީހުންގެ ތެރެއިން ކިރިޔާވެސް ގާބިލީ. މުއީޒް. މުއީޒަށް ވޯޓު ނުދޭނަމަ ވޯޓު ދޭންވީ އަލްހާން އަށް. އޭނަވެސް އަނަސް އަށް ވުރެ އެތައް ގުނައެއް ގާބިލްވާނެ. މޭޔަރު ގޮނޑީގައި ބުދެއްހެން ނީންނާނެ.
ޝުއައިބަކީ ރަތްލާޖެހި އެމްޑީޕީއެއް މުޢިއްޒު ވަރަށް ވިސްނާތި
ޖާސޫސެއް ކަައިތި ކުރައްވަ އި ގެން
މީކޮންކަމެއް. ކުއްލިއަކަށް ކުލަބަދަލުވެ އިއްޔެ އުޅުނުގޮތްއޮޅިގެން މިއުޅެގަތީ. އެމްޑީޕީ އަކުން ކުރިން ނުކުރާކަމެއް މިހާރަކު ނުކުރޭ. ކުރިން ކުރަމުންދިޔަ ހުރިހާކަމެއް ރަނގަޅުވެ ކަރުން ހަންދާވަރަށް ހަޅޭލަވާފަ ކުއްލިއަކަށް އެމީހުން ކަމުނުދާކަމަށް ހަދައި އަނގަތަޅަން މިފެށީ މިކަމުގައި ހީލަތްތެރި ކަމެއް އޮންނާނެ. މުޢިއްޒު ވަރަށް ވިސްނަވާތި. އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ. އިންޝާﷲ.
މުއިއްޒު ވިސްނަވާތި. އެމްޑިީޕީގަ ތިހާ ދުވަހު އުޅެފަހުރި މީހަކު ހެވެއް ނޭދޭނެ. ރައީސް ޔާމީނަށް ވެސް ނާކާމިޔާބުވީ ތިކަހަލަ ޖާސޫސުން ކައިރި ކުރީމަ. ނަމަނަމަ އަރިސް މީހަކަށް ނަހަދާތި.
ޝުއައިބު ތިޔަނެންގ ގެވީ ހިޔޮލަފާ ފިޔަވަޅެކެވެ. މަރުޙަބާ!
ތި ގޮތު ގައި ކުރިއަށް ވާޑައި ގެންފިނަމަ ކާމިޔާބީ ލިބޭނެއެވެ. މޑޕ މި ގައުމުން ފުހެވެން ޖެހެއެވެ.
އަންނި ގެ ކިބައިން ސަލާމަތްވެގެން ނޫނީ ސިޔާސީ ޙަޔާތަށް ވެސް ގައުމަށް ވެސް ހަމަޖެހުމެއް ނެތްކަން ސާފުވާވަރު ވެއްޖެ. އަދިވެސް މަސްތު ގަ ޖެހުނު ގިނަމީހުން ތިބީ މަސްތުން ސަލާމަތް ނުވެވިފަ.
އިއްޔެ އަކުނޫން ކުލަބަދަލުވެގެން އެއުޅެނީކީ. ލަފާކުރެވޭ ގޮތުން އެމް.ޑީ.ޕީގެއެތައްބަޔަކު މިފަހަރު ޑރ.މުއިއްޒުއަށް ވޯޓްދޭނެ. ދިވެހިރާއްޖޭގެތަރައްޤީ އަށްއެދޭ މީހަކުވިއްޔާވޯޓްލާނީ ނަތީޖާދައްކާފައިވާ ޤާބިލުހީވާގިމީހެއްކަމަށް ވިސްނާފަކަންޔަޤީން.
ސާބަހޭ ޝުއައިބް.މިއަދުގެ ޒުވާން އެމްޑީޕީ މެމްބަރުންނަށް ފުރަހަނި ޝުއައިބް އެއީ ކާކުކަން ނޭނގިދާނެ.ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގެ ވައި އޮއި ކުޑަކޮށް އެނގޭ މީހާއަށް ވެސް ޝުއައިބް އެނގޭނެ.އެމްޑީޕީ ރަޖިސްޓްރީ ކުރަން ވެގެން ހޯމްމިނިސްޓްރީގަ ދެފައި ވައްކޮށްގެން އިށީނދެގެންތިބި މީހުން ފެންނަ ''އައިކޯނިކް ފޮޓޯއިން''ވެސް ޝުއައިބް ފެނޭ.މިފަދަ ހަރުދަނާ މީހުން އެމްޑީޕީ ދެކެ ފޫހިވާންޖެހޭ ވަރަށް ގިނަ ސަބަބުތައް ހުންނާނެކަން ޔަގީން.އެމްޑީޕީ ސަލާމަތްކުރަން އަދުގެ ޒުވާނުން ނިކުންނަަން ޖެހޭ ވަގުތު މިއޮތީ އައިސްފަ.ނިކުމޭ ، ހަމަ މިހާރު ނިކުމޭ.ވ.ވެދުން
އަންނި ޔާމީން ދުއްވާލަން އަދީބު ފޮނުވި ގޮތަށް މުއީޒް ދުއްވާލަން ފޮނުވި ފަނިފަކުސާ އެއް ނޫން ބާ؟
އަންނި އަޅުވާ ފަންޏެއް ނޫންބާ؟
އެކޮއއި ދަންނަވަންތޯ މި ރާއްޖެ ބަދަލުކޮށްލި ލީޑަރަކޫ ރައއީސް ނަޝީދު އެކަން ހަޖަމުނުވާނަމަ ތިގޮތަށް އިދިކޮޅުގައި ތިބޭށެ
ނުބައިބަދަލަކަށް ބަދަލުކުރީ.
މީހަކައް ހެޔޮވިސްނޭނީ އެކަމެއްގައުޅެ ދެފުއްރަނގަޅައްފެނުނީމަ އެބޭފުޅާއައްއެގޭނެ ރާއްޖެގެއެތެރާބޭރުގަ މިހިނގާސިޔާސީވާދަވެރިކަން ދާމަގުރަނގަޅައް ތިނިއްމުމައް މަރުހަބާ!