ރޭގެ ހާދިސާގައި އަނިޔާވި އެކަކު ހޮސްޕިޓަލުގައި

ތެޔޮ ބޯޓެއްގެ ޖެނެރޭޓަރެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.

މިރޭ 8:30 ހާއިރު ހިނގި މި ހާދިސާގައި ރޯވެފައިވަނީ އުނގޫފާރު ބަނދަރުގައި އޮތް "ހަވްކްސް" ތެޔޮ ބޯޓެއްގައެވެ.

މި ހާދިސާ ހިނގުމާއި އެކު އަނިޔާވި ދެ ފިރިހެނަކު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ ފަރުވާދެމުންނެވެ. ނަމަވެސް އެމީހުނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

މަންޒަރުދުށް މީހަކު ބުނެފައިވާގޮތުގައި، މި ހާދިސާގައި އަނިޔާވި އެކެއްގެ ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައެވެ. މިގޮތުން މިމީހާގެ ދެ އަތާއި ދެ ފައި ވެސް ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އަދި ލައިގެން ހުރި ޓީޝާޓުވެސް ވަނީ ވަރަށް އަނދާފައެވެ.

މި ހާދިސާ ހިނގީ ބޯޓުން ތެޔޮ އެޅުމަށް ބޭނުން ކުރާ ޕަންޕު ނިވާލަން އުޅުމުގެ ތެރޭގައި އެއްޗެއް ގޮވައިގެން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެއްޗެއް ގޮވި ވަގުތު އަލިފާން ހިފި ނަމަވެސް، މި ބޯޓަށް މާބޮޑު ގެއްލުމެއް ލިބިފައިއެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙާދަޔޯމީހެކޭދޯމާޔޯވީމަތިކަހަލަކަންކަންވެސްވާނެއަޅާނުލާ

  2. މާމިގިލީ މީހާ

    އަދި ނުފިހޭ ބައެއްނޮއް ބޮޑީ. ނޭގޭ އެއްޗެހިޔާ ކުޅި ގަތީމާ ވާނީ ތިހެން..

    • ކަލޭ އަދިވެސް ބަދުބަސް ބުނެ ވޭތޯ ބަލާތި. ނިކަން ހެޔޮ ދުޢާ ކޮލަބަލަ.

  3. ސިފާކަ ﷲ