ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިކޮށް ކެނެޑާ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާ އަށް އެއް މިލިއަން ޑޮލަރު ދީފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ވިދާޅުވީ މި އެހީއަކީ ރާއްޖެ އިން ކޮވިޑް19 އާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ރައްކާތެރި ގޮތެއްގައި މެޑިކަލް ވޭސްޓް ނައްތާލުމުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ކެނެޑާ ސަރުކާރުން ފޯރުކޮށްދިން އެހީ ކަމަށެވެ.

ކެނެޑާ ސަރުކާރާއި ޑަބްލިއުއެޗްއޯ އިން ރާއްޖޭގައި ގާއިމުކުރާ "ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓް" ޕްރޮޖެކްޓް އިފުތިތާހު ކުރަން ހެލްތު މިނިސްޓްރީގައި ބޭއްވި ވާޗުއަލް ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވަނީ އެފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ކެނަޑާ ސަރުކާރާއި ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ރަށްރަށުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި މެޑިކަލް ވޭސްޓް މެނޭޖްމަންޓް މަރުހަލާތައް ހަރުދަނާކުރުމަށް 40 އޮޓޯކްލޭވް ހޯދާނެއެވެ. މިހާރު އެ ހިދުމަތް ގާއިމްކޮށްފައިވާ އަތޮޅުތަކުގެ އިތުރުން 10 އަތޮޅެއްގައި އެ ހިދުމަތް ގާއިމުކުރާނެއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރާ ތަކެތި ރަނގަޅު ގޮތުގައި ނައްތާލުމަކީ ކޮވިޑް19 ފަދަ ގައިންގަޔަށް އަރާބަލިތަކުންނާއި، އެހެނިހެން ޖަރާސީމްތަކުން ރައްކާތެރިވުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެހެންކަމުން މި ހިދުމަތް ގާއިމުކުރުމުގެ ސަބަބުން ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެ ކަމަށާއި އަދި ހިދުމަތް ދިނުމަށް ބޭނުންކުރާ ތަކެތި އަންދާލުން ނިމުމަކަށް ގެނެވި، މިކަމުގެ ސަބަބުން ތިމާވެށްޓަށް ކުރާ ގެއްލުންތައް ވެސް ކުޑަވެގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީއާއެކު ރާއްޖެއިން ނޭޝަނަލް ހެލްތު ކެއާ ވޭސްޓް މެނޭޖްމަންޓް ޕޮލިސީ އަދި ސްޓްރެޓެޖީއެއް ވަނީ އެކުލަވާލައިފަ އެވެ. ހެލްތު ކެއާ ވޭސްޓް ނައްތައިލުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ލ. އަތޮޅުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ހުސޭނުބޭ

  މިހާރު ތިބޭނީ ތި ކައިގެން!

  14
 2. ގަންޓާބެ

  ބޮޑު ސިންގާ ގައުމަކުން މިދިނީ 1 މިލިއަން ޑޮލަރުން ކިރިޔާ ރަގަޅަށް 2 އިރު ކާލެވޭނީ

 3. އަމީން

  އޮޓޯކްލޭވް ތައް ވެންޓިލޭޓަރު ތަކަށްވީގޮތް ނުވިއްޔާ ކިތަންމެހާވެސް ރަނގަޅު.

 4. އެމަންޖެ

  މިހާރު އެ ދިންކަންވެސް ހަނދާން ނުހުންނާނެ.

 5. ރާޅު

  ކޮޅުގޮހޮރައް

 6. މިއޮތީ ވާވެރިކަމެއް

  ތިފައިސާތައް ވޯޓު ހޯދަން ބަހާ ހުސްކޮއްލާ.