ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އައްޑޫ ސިޓީގައި 100،000 ރުއް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މިއީ އައްޑޫ ސިޓީ ކައުންސިލާއި، އެންވެރޮމެންޓް ޕްރޮޓަކްޝަން އެޖެންސީ (އީޕީއޭ)އާ އައްޑޫ ނޭޗަރ ޕާކް ގުޅިިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ކައުންސިލްގެ ފަރާތުން އެކި ސަރަހައްދުގައި ރުއް އިންދުމުގެ ޕްރޮގްރާމްގެ ހަރަކާތެއް ހިންގާފައިވާ ކަމަށެވެ.
އެގޮތުން މަރަދޫފޭދޫ ބަނދަރު ސަރަހައްދާއި، މަރަދޫ ބަނދަރު ސަރަހައްދާއި، މީދޫ ބަނދަރު ސަރަހައްދުގައި ރުއް އިންދާފައި ވެއެވެ.
މި ހަރަކާތް ފެއްޓެވުމުގެ ގޮތުން އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރާއި، ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންނަވާފައެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ރާއްޖޭގެ އެކި ސަރަހައްދުގައި އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ.
ވަރަށް ރަގަޅުކަމެއް.. ޖައުފާނު ރުއް އިންދާފިއްޔާ 3 އަހަރުން ކުރުނބާ ލިބޭނެ.. ...ހުސްބިން އޮތް ހުރިހާ ރަށަކުވެސް ދިވެހިރުކާއި ޖައުފާންރުއް އިންދަންވީ.. ރާއްޖޭގެ ގިނަ ރަށުގެ ރުއް ދަނޑުތައް ވަނީ މުސްކުޅިވެފައި......