ދިވެހ ރައްޔިތުންގެ ހަތަރު ބައި ކުޅަ ތިންބައިގެ އަޣުލަބިއްޔަތު މިހާރު އެދެނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކަށް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރަށް ދައުލަތުގެ ގެކޮޅެއް ހަމަޖައްސާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ އަދުލުވެރިކަމާއި އިންސާފުވެރިކަން ނެތް ހުރިހާ ސިފައެއް މި ވެރިކަމުގައި ފެނިގެންދާ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ ރާއްޖޭގައި ހިނގައިދިޔަ މަރުތަކަށް އިންސާފު ހޯދުމާއި ބޮޑު ޚިޔާނާތްތަކުގެ މައްސަލަތައް ބަލާނެ ކަމުގެ ކެމްޕޭން ވައުދުތަކެއް ވެވަޑައިގެން ކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
ނަމަވެސް މި ސަރުކާރަށް މިހާތަނަށް ބޮޑެތި އެކި ކޮމިޝަންތައް އުފައްދައިގެން ވެސް އިންސާފު ހޯދުމުގެ މަސައްކަތް ކުރެވިފައި ނުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެ މައްސަލަތަކުގައި މި ސަރުކާރަށް ކުރިން ހޯދިފައި ނުވާ އާ އެއްވެސް މައުލޫމާތެއް ހޯދިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވިޔަސް ޝިޔާމް ވިދާޅުވީ އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ހުންނަވައިގެން ހިނގާ މި ވެރިކަމުގައި އަނިޔާ އާއި ބޭއިންސާފު ކުރިމަތިވެގެން އުޅެނީ ހަމައެކަނި އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް އެކަނި ނޫން ކަމަށެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަަމަލާއެއް ދިން މައްސަލާގައި އެމަނިކުފާނަށް ވެސް އިންސާފު ލިބޭނެ ކަމުގެ ޔަގީން ކަމެއް މިހާރު ނެތެވެ.
"ރައީސަކީ އެމްޑީޕީ ބޭފުޅެއް، އެމްޑީޕީގެ ވެރިކަމެއް މި ހިނގަނީ، އެކަމަކު ރައީސް ނަޝީދަށް ވެސް އިންސާފެއް ނުލިބޭނެ މި ސަރުކާރު އޮވެގެން،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުގެ އަމަލުތައް އޮތް ގޮތުންނާއި ރައީސް ޔާމީންގެ ވެރިކަމުގައި ދައްކުވައިދިން ހިކުމަތްތެރި މަސައްކަތްތައް މިއަދު ރައްޔިތުންނަށް ވިސްނި، ގިނަ ބަޔަކު މިއަދު އެދެނީ ވެސް ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނައުމަށް ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ހަތަރުބައިކޮށްފަ ތިންބައި މިއަދު ތިބީ ރައީސް ޔާމީނާއެކު، އެދެނީ ރައީސް ޔާމީންގެ ވެރިކަމަކަށް،" ޝިޔާމް ވިދާޅުވިއެވެ.
މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގެ ދަށުން ފަސް އަހަރުގެ ދައުރެއް ފުރަތަމަ ފަހަރު ހަމަކުރެއްވި ރައީސް ޔާމީން މި ވަގުތު ހުންނެވީ މާފުށީ ޖަލުގައެވެ. އެއީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށެވެ. މި ހުކުމަށް ހައި ކޯޓުން ތާއީދުކުރިއިރު މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅައިފައެވެ. މި ހުކުމް އެ ގޮތަށް އޮތްހާ ހިނދަކު ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެވޭނެއެވެ.
އަޅުގަނޑުގެ ރައީސަކީ ޔާމިން
ދުނިޔޭގަ މީދަލަށް އަޅު ކަން ކުރާމީހުންވެސް އުޅޭ. ޢިންސާނުންނަށް ބުއްދި ދެއްވާފަވަނީ ކީއް ކުރަންތޯ.
ރައްޔިތުން އެދެނީ މިހާރު މިތިބަ އެންމެން ފެއަށް ޖެހިފައި ދެތުވެރި ހެޔޮލަފާ ބަޔަކު އައުމަށް. ހިތާމަ އަކީ އެފަދަ ބަޔަކު އަދި ނިކުންނަން ނުކެރިފައި ތިބަކަން.
ރަޔީސް ޔާމީނު، ރަ އީސް ނަޝީދު، ރ އިބޫ ،ރމަ އުމޫނު ނޫންބަޔަކުނެތީބާ ވެރިކަން ނޫނީ ވަ އްކަންކުރަން އެގޭ،،،،،ބަލަގަ ތިކަންކުރަން ށަ އުގުވެރިކަންހުރި ޢާ ޒުވާނުންެސް އެބަ ތި އްބޭ،،،،!!!! ވެރިކަން ކޮށްފަ ހިސްޓުރީ އޮތް އެސްވެސް ފަރާތަކަށް ނޯ އޭބުނެވޭނީ،،،،،
ބޫނުމީ މުއިއްޒު
ޔާމީނު، ނަސީދު، ގާސިމް މިނޫން ބަޔަކު މިތާ ނޫޅެނީތަ ދިވެހިރާ އްޖޭގެ ވެރިކަން ކުރަން
ކަލެއަށް ދެންތަ ވެރިކަން
ކިތަންމެ ގިނަބަޔަކު އެދުނަސް އަދި ނޭދުނަސް، ކޮންމެ
ކަމެ އް ވެސް ވާނީ ﷲގެ މިންވަރު ފުޅުންނެވެ. ވެރިކަން ލިބޭނީ ވެސް އަދި ވެރިކަމުން ބީވާނީ ވެސް ﷲގ މިންވަރުފުޅުންނެވެ. އެހެންކަމުން ފިޠުނަ ފަސާދަ ނު އުފަ އްދަ އި، ހެޔޮގޮތުގަ އި އެކަމަށް މަސަ އްކަތް ކުރުމަކީ ބު އްދިވެރި ގޮތެވެ.
މިހާރުބޭނުންވަނީ ލާދީނީ މީހުންނާ ، ވަގުން އެއ އްފަރާތް ކޮށް އިންޑިޔާ ސަރުކާރަށް ، ޗަ އިނާ ސަރުކާރަށް ފާޅުކަންބޮޑުކޮށް އެ އްޗެހި ކިޔަން ކެރޭ ބަޔަކު ، މިދެޤަ އުމުގެ ސަރުކާރުން މުސްލިމުންނަށް ވަރަށް ބޮޑެތި އަނިޔާ ދެމުންދާ ދެސަރުކާރު
ތިކަން އެނގޭނީ އަންނަ ރިޔާސީ އިންތިހާބުން އޭރުން ވަރަށް ސާފުކޮށް އެނގޭނެ ވައްކަން ކޮށްގެން ހަރާމް އެއްޗެތި ކާން ބޭނުން ވެފަތިބި ވަރާ ނެއްވަރު
ތެދެއް ތެދެއް
އެހެންވީމާ ސަރުކާރު ހިންގަންވީ 2018 ގެ ޕީޕީއެމްގެ ރިޔާސީ ރަނިން މޭޓާއި 2018 ގެ ރައިތުންގެ ބޮޑު ކޯލީޝަންގެ ރަނިން މޭޓް ކޯލީޝަނެއް ހަދައިގެން ނުންތޯ އޭރުން ވަރަށް ބޮޑު ކޯލީޝަނެއް ހެދިގެންދާނެ !
ހަމަ ޔަގީނުންވެސް އަޅުގަނޑު ބޭނުމެއްނުވޭ ބޮޑު ވަގެއް ރާއްޖޭގެ ރައީސަކަށް ވާކަށް.
ފުރިހަމަ ނުވާ ތަޙްގީގަކުން، މުޖުރިމުންގެ ހެކިބަސް ނަގައިގެން، އިންސާފުން ބޭރުން އިއްވާފާ ބާތިލް ޙުކުމަކުން ވަގެއްކަމަށް ޙުކުމްކުރިޔަސް އެ ނުވާނެ ޢަދުލުވެރި ޙުކުމަކަށް.
ޔާމީން އެެޢީ އޮޕްޝަނެއް ނޫން،... ބޭނުމީ މުއިއްޒު
އެމްޑީޕީ އަށް ވޯޓްލި ގިނަ މީހުން މިއަދު ލަދުގަނެ ދެރަވެ ،ބައެއް މީހުން މަޢާފަށް ވެސް އެދެފި. ވަގަކު އެއްފަރާތަށް ކުރާށޭ ކިޔާފައި ދުޢާ ދެއްވިޔޭ ކިޔާފައި ވޯޓްލީ. އެކަމަކު މިއަދު އެއަށްވުރެ ބޮޑެތި ވައްކަމާއި މުސީބާތްތައްނޫން އެއްޗެއްގެ ނެތް. ޢިލްމީ ޤާބިލުކަން ހުރި ދަރިން ތިއްބާ އާޖުފާޖުވެސް ނޭނގޭ ޕާޓީއަށް ހަޅޭއްލަވައިދޭ މީހުންނަށް މަޤާމުތައްދިނީ. ޢިލްމީ ދަރިންގެ އަގުވައްޓާލީ. އިންޑިޔާ އަށް ބައިއަޅަނީ. ރަށްރަށުގައި ކައުންސިލަރުންނަށް ވެސް މަސްތުވާތަކެތި ބޭނުންކުރާ ވިއްކާ މީހުން. ކީއްކުރާނީ. މިމުޞީބާތުން ސަލާމަތްވުމަށް ދުޢާކުރަންވީ.
ޝީޔާމު މިހެން މިނިންމީ މުޅިދިވެހި ރާއްޖޭގެ ހުރިހާ ރަތްޔިތުން ބައިވެރިވި ޕޯލް އަކުން ލިބުން ނަތީޖާޔަކުންތަ ނޫނީ ވޯޓްއެއް ލައިގެމް ލިބުން ނަތީޖާޔަކުންތަ ނޫނީ ހަމަ ހުރިހާ ޕޮލިޓީޝަނުން ހަދާހެން ދޮގުހަދައިގެންބާ. އެހާ ޔަގީންކޮށް ބުނަން އިނގުނީމަ ވަރަށް ގަދަ މީހެއްދޯ ޝިޔާމް އަކީ.
މުއިއްޒު 2023
ތީއަދުރޭ ޖެހި ހިސާބަކުން ނުކުތް ނަތީޖާއެއްވިއްޔާ އަހަރެން ގަބޫލުކުރާނަން
ނޫނޭ ނިކުންނަން ނުކެރިފަތިބީކީ ނޫން...އެފަދަ ތެދުވެރި އިހްލާސްތެރިން ވެރިކަން އެދިގެން ނިކުމެ ނޫޅޭނީ...ވެރިކަމަށް އެދިގެން ނިކުތުމަކީ އިހްލާސްތެރިކަން ނެތް ކަމުގެ އެންމެ އަލި ދަގަ ހެކި....
މުއިއްޒު އެކަނި ވެސް މިސަރުކާރާ ނުބަައްދަލު...ޔާމީން ގައުމެއްދީނެއް ނުވިއްކާނެ ދެބަން ދިހާރުން ނަށް ހަޖަމް ނުވިޔަސް..
ޚިޔާލީ ފޮލާ ކައްކާ މީހުނަށް ތިޔަހެން ހީވާނެ !
މާބޮޑަށް ތިޔަ އެނގުނީ
ޕޮލިޓީޝަނުން ނަކީ ދައުލަތުގެ މާއްލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން !