މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ކ. ގުޅީފަޅަށް ބަދަލުކޮށް އެ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ސަރުކާރުން ގެންގުޅޭ ޕްލޭން މާލޭގެ ރައްޔިތުންނާ ހިއްސާކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން އެ ޕްލޭން ހާމަކުރީ ސިޓީ ކައުންސިލުން ރޭ މާލޭގެ ރައްޔިތުންނާ އެކު ބޭއްވި ހިޔާލު ހޯދުމުގެ ބައްދަލުވުމުގައެވެ. އެ ޕްލޭންގައި ވާގޮތުން މިހާރު ތޮއްޖެހިފައިވާ ބަނދަރު ސަރަހައްދަށް ހިތްގައިމުކަމާއި ފެހިކަން ގެނެއުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. ޕާކުތަކާއި، ސިނަމާތަކާއެކު ހިތްގައިމު މަންޒިލެއް ގާއިމް ކުރުމަށް އަމާޒު ހިފާފައިވެއެވެ.
މީހުން ހިތްހަމަޖައްސާލައި މަޖާކޮށްލުމަށް ދާ ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ މި ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އެ ޕްލޭންގައި ވާގޮތުން މިހާރު އޮތް ދަތުރުވެރިންގެ މާރުކޭޓާއި މަސް މާރުކޭޓްވެސް ނަގާނެއެވެ. މިހާރު ލޯކަލް މާރުކޭޓް އޮތް ބިމުގައި ޒަމާނީ މަސްމާރުކޭޓެއް ތަރައްގީ ކުރާނެއެވެ. އަދި ވެސްޓްޕާކް ސަރަހައްދުގައި ލޯކަލް މާރުކޭޓެއްވެސް ހަދާނެއެވެ.
ޕްލޭނިންގް މިނިސްޓްރީ އިން ހާމަކުރި ގޮތުގައި ބަނދަރު ބަދަލު ކުރުމާއެކު އެ ސަރަހައްދުގެ ބޮޑު ބިމެއް ހުސްވެގެންދާނެއެވެ. އެއީ ހޯލްސޭލް ވިޔަފާރީގެ މާކެޓް ވެސް ބަނދަރާއެކު ގުޅީފަޅަށް ބަދަލުކުރަން ނިންމާފައި ވުމުންނެވެ.
ތޮއްޖެހި، ބާރުބޮޑުވެފައިވާ މިހާރުގެ ބާޒާރުމަތި ސަރަހައްދު ތަރައްގީ ކުރަނީ ފުޅާ މަގުތަކާއެކު، ހިނގާ އުޅޭ ސަރަހައްދެއްގެ ގޮތުގައެވެ. ސަރުކާރުގެ ވިސްނުން ހުރީ އެ ސަރަހައްދު ޕަބްލިކް ޓްރާސްޕޯޓަށް ހުޅުވާލާފައި ބޭއްވުމަށެވެ. އަދި ރަށްރަށުން މާލެއަށް ދަތުރުކުރާ މީހުންނަށް ބޭނުން ކުރެވޭ ގޮތަށް ސެންޓްރަލް ފެރީ ޓާމިނަލެއް ހެދުމަށެވެ.
ބަނދަރު ސަރަހައްދަށްފަހު ޕްލޭންގައި ދެން އޮތީ ރަސްފަންނު ޒަމާނީ ފެންވަރަށް ގެނައުމުގައި ސަރުކާރުން ގެންގުޅޭ ވިސްނުމެވެ. އެ ސަރަހައްދު ތަރައްގީ ކުރުމުގެ ޕްލޭންގައިވާ ގޮތުން ރަސްފަންނު "ގާޑެން ޕްލާޒާ"ގެ ނަމުގައި ތަރައްގީ ކުރުމަށް ނިންމާފައިވެއެވެ. އަދި އެ ސަރަހައްދުގައި ކޮމިއުނިޓީ ސެންޓަރަކާއި މާކެޓް ހޯލެއް ގާއިމް ކުރުމުގެ އިތުރުން ރެސްޓޯރެންޓްތައް ހިންގުމަށް ބިން ދޫކުރާނެ ކަމަށްވެއެވެ.
ކާނިވާ ސަރަހައްދުވެސް ތަރައްގީ ކުރަން ނިންމާފައިވަނީ ގިނަ ގަސް އިންދައިގެން ފެހިކަން ބޮޑު ސަރަހައްދެއްގެ ގޮތުގައެވެ.
ޕްލޭނިންމިނިސްޓްރީއަކަށް އެއްކަމެއްވެސް ނުވާނެ އަދި ސިޓީ ކައުންސިލުން އެއްކަމެއް ކުރިޔަކަވެސް ނުދޭނެ ، ވަރަށް ސާފު އަސްލަމަކީ އަނގައިން މޮޅު ޕްލޭން ކޮށް ހުރިހައިކަމެއް ނިއްމާލާ މީހެއް ...އަސްލަމް އިސްތިއުފާ
މިސަރުކާރަކަށް ނޭންގޭނެ ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތަށް ތިމަޝްރޫޢު ރާވާ ހިންގާކަށް.
ވަރައް ފުރިހަމަ އެމްޑީޕީ އަކީ ހަޅަދެއްކުމުގެ ނަމޫނާ ބައެއް ކަންކުރުމަށް ޒީރޯ. މިވަގުތާ ދިމާކޮށް ތިކަން ތިކުރީ ލާދީނީ ބިލް އަޑު ކަނޑުވާލަން،ގުނބޯ ހެއްދުމުގެ ރެކޯޑް ހަމަ އެމްޑީޕީ އަށް.ގިނަވެގެން މި ސަރުކާރަށް ބާކީ ދެ އަހަރަށް ވެފަ މީގެ އެއް އަހަރު ކެމްޕޭނަށް ދެން ތި ކުރެހުމުގަ ކުލަ ޖައްސާނީ ކާކު ބާ؟
ތޮއްޖެހިފައިވާ މާލެ ނޫން ރާއްޖެގެ އެހެން ސަރަހައްދެއް ތަރައްގީ ކުރުމުގެ ވިސްނުމެއް ހަމަ ނުގެންގުޅޭދޯ. ބަލަ ސަރުކަރުގަ ގިނަވާނީ ރާއްޖެތެރެމީހުން އަތުން ނެގޭ ރުފިޔާ އެކަމަކު ހުރިހާ ހަރަދެއް މާލެ ސަރަހައްދަށް ހޭދަކުރުމަކީ އަތޮޅުތަކަށް ވެވޭ ބޭއިންސާފެއް. ބަނދަރުގެ ދަތިކަން އޮތް ކިތަންމެ ރަށެއް އޮއްވާ މާލެގަ ތި ހަދާނީ ހާދަ ގިނަ ބަނދަރެކޭ. ލާމަރުކަޒީ ވިސްނުމުގަ އެހެން ސަރަހައްދުތައްވެސް ތަރައްގީކުރާ ވިސްނުން ގެންގުޅެގެން ލާމަރުކަޒީ ކުރެވޭނީ.
ކުރެހިދާނެ މީހަކު ހޭބަލި ވަންދެކައްވެސް
އަސްލަމަށް އެއުޅެނީ ފުލެޓް ފިނިސިން ހަދާފަ ހަވާލު ނުކުރެވިގެން ދެން ކޮން ކަމެއް ކުރެވޭނީ
އައްޑޫ ވިއްކާފައި މާލެ ރީތިކުރަނީ އަދިވެސް އައްޑޫމީހުން ތިބޭ ނިދާފައި.. އަފިރިންގެ ދުވަސް ދުވަލަނީ އަންނީ އާއި އޭނާގެ ބައިވެރިން
ޖަޒީރާ އޭ ކިޔާފައި އޮޅުވާލައިގެން މިވެރިން މިކެރާކަން ކަން ބަލާއްތެބެ ޖެހެއި.. ހެއި އަރަފެލަ..!
ނޯ ޓު އިންޑިޔާ އެންޑް އެމްޑީޕީގެ މިނުރައްކާތެރި ހަރަކާތަކަށް
މައި ގޯޑް. މިގައުމުގައި ޕްލޭން ކުރުން ނޫން ކޮންކަމެއް އޮތީ. މީގެ 7 އަހަރު ކުރިން އެޅި ފްލެޓް ގަނޑު ނިންމާ ހަވާލު ނުކުރެވިގެން އުޅޭ އިރު ވާވަރުގެ ކަންކަން ކުރަން އުޅުނިއްޔާ ފާފާވާނެތަ ؟
ޕްލޭންތައް ރަގަޅު. ދެންއޮތީ ތަންފީޒުކުރުން. އެކަން ކުރަންވީ ސިޓީ ކައުންސިލުން. މުއިއްޒުގެ ހިތްވަރެއް އޮތީ މާލެ ނަލަކޮށްލުމަށް. މާލެ ވަށައިން މޫދު ކައިރީ ބޮޑެތި ޓަވަރު އެޅުމުގެ ބަދަލުގަ ފެހި އޭރިޔާތަކާއެކު ތަރައްގީކުރިމަކީ ރަގަޅު ގޮތެއް. އެޕާޓަމަންޓް ބިލްޑިންތަކެއް އެޅުން ބުއްދިވެރިއެއްނޫން.
މީ ކޮންތާކުން ކަޓުވާލި ކުރެހުމެއްބާާާ
ލާދީނީ ބިލު މަތިން ހަނދާން ނައްތުވާލަން ކޮންމެސް ހާސަރެއް ދަމަން ފެށާދޯ
ނެތްތަ ޝޮޕިންގ މޯލެއް