ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އިސްލާހިއްޔާ އަށް ފޮނުވައިދޭން ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު އަހްމަދު ހައިލަމް އެދިވަޑައިގެންފިއެވެ.

ނާޒިމް އިސްލާހިއްޔާއަށް ފޮނުވައިދޭން ހައިލަމް އެދުނީ ނާޒިމް ޓްވިޓާގައި ހައިލަމަށް ނިސްބަތްކޮށް އައުގުރާނަ ގޮވުމުންނެވެ.

ނާޒިމް އައުގުރާނަ ގޮވުމުން ހައިލަމް ކުރި ޓްވީޓެއްގައި ބުނީ ތަރުބިއްޔަތަކީ އިންސާނުންނާ އެހެން މަޚްލޫޤުން ފަރަގުކުރެވޭ މައިގަނޑު އަސާސް ކަމަށެވެ. ނާޒިމް ފަދަ މީހުން އިސްލާހިއްޔާ އަށް ފޮނުވައިގެން ވިޔަސް އަލުން ތަރުބިއްޔަތު ކުރެވޭނެ ނިޒާމެއް ދައުލަތުން ގާއިމްކުރަންޖެހޭ ކަމަށް ހައިލަމް ވިދާޅުވިއެވެ. ހައިލަމްގެ ޓްވީޓްގައި ރައީސް ސޯލިހް ވެސް ޓެގް ކުރައްވާފައި ވެއެވެ.

ހައިލަމް ފަހުން ކުރެއްވި ޓްވީޓެއްގައި ވަނީ އަވަގުރާނަ ގޮވުމުން ދައުވާ ކުރެވެނީ ވަކިބައެއްގެ މައްޗަށްތޯ ވެސް ސުވާލު ކޮށްފައެވެ. އޭނާގެ އެޓްވީޓްގައި ވަނީ ހަޑިހުތުރު އެއްޗެހި ކިއުމާއި، ހަޑިހުތުރު ބަސް ބޭނުންކުރުމާއި ހަޑިހުތުރު އަމަލު ކުރުމަކީ ކުށެއްކަމަށް ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ މާއްދާގެ ފޮޓޯއެއް ވެސް ހިމަނާފައެވެ.

ހަޑިހުތުރު ބަހުން ވާހަކަ ދައްކައިގެން މިހާތަނަށް ރާއްޖޭގައި ދައުވާ އުފުލީ އެންމެ މީހެއްގެ މައްޗަށެެވެ. އެއީ ޕީއެންސީގެ ރައީސް އަދި އިދިކޮޅު އިއްތިހާދުގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް އެކަންޏެެވެ.

ނާޒިމަކީ އާއްމުކޮށް މީސް މީޑިއާގައި ހުތުރު ބަހުން ވާހަކަ ދައްކާ، ކޮމެންޓްކޮށް ހަދާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    އަހިވަކާ ޖެހި އަހިވައް ފާވާނެ ކަމައް މުސްކުޅިން ބުނެ އުޅޭ. ހަރުބަހުގެ ތެދުކަން މިފެންނަނީ، މުޅިވެސް މިކަހަލަ ލާދީނީ އެއްޗިސް މިއުޅެނީ ލާދީނީ އެމްޑީޕީގަ

    28
    2
  2. ކޮވިޑް

    އަޑު އިވިފަ އޮތް ގޮތުން މުނިކާފަ އިން ފެށިގެން ތި ކެނެރީ އާއިލާ އަކީ އަދަބެއް އަގަލެއް ހުރި ބައެއް ކަމަކަށް ނުވޭ. އަލަ ގަހަކުން ކިހިނެއް ކެއު ނިރެއް ފަޅާނީ؟ އެ ވާނީ ހަމަ އެ އަށް، ތި އާއިލާ އަށް ވީ ގުރައިދޫ ކޮށިން ޖާގަ ހަމަ ޖައްސަން ، ނޫނީ ޔޫކޭ އަށް ފޮނުވާލާ ،

  3. ާއަހްމަދު

    ހައިލަމަކީވެސް އިސްލާހިއްޔާއަށް ފޮނުވަން ޖެހޭ މީހެއް ކަމުގައި ދެކެން ފަނޑިޔާރު ކަމުގައި ހުރެގެން މިހާރުގެ ރައީސުލް ޖުމްހޫރިއްޔާއާއި މިހާރުގެ މަޖިސް ރައީސާ އެތައް ބައެއްގެ ކަރުގަ ވާޖާ ދަމަން އެދުނު މީހެއް ހައިލަމަކީ ސުލޫކު ނެއް މީހެއް

  4. ދިވެހި ދިދަ

    އޭނާ ސަންފާއޮނަކަށްލާފަ ހޭނިއަސް އެނޫން ގޮތެއްނުވާނެ.އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ

  5. އަލީ

    ތިޔަގޯތި ކުދިންގެ ފާޑުތީ!! އަޅާ ނުލަ.. އާމުކަމެކޭ..