ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ބައެެއް މަގާމުތަކަށް މިއަދު ބަދަލު ގެނެސްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިއަދުން ފެށިގެން ބަދަލު ގެނައީ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓާއި، ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑްގެ އިތުރުން ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ އިސް މަގާމުތަކަށެވެ.

އެގޮތުން ހެޑް އޮފް ޓްރެއިނިން އެންޑް ޑިވެލޮޕްމެންޓްގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް އިސްމާޢީލް ނަވީންއެވެ. ނަވީން ކުރިން ހުންނެވީ ހެޑް އޮފް ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ މަގާމުގައެވެ. މީގެ ދެ އަހަރު ކުރިން 2018 ވަނަ އަހަރުވެސް އެއް މަހުގެ މުއްދަތަށް ނަވީން ވަނީ ހެޑް އޮފް ޓްރެއިނިންގެ މަގާމު އަދާކުރައްވާފައެވެ.

އޭގެ އިތުރުން ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުގެ ހެޑްގެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑްގެ މަގާމަށް އަައްޔަނު ކުރައްވާފައިވާއިރު ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ހެޑަކަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަބްދުއްރަހްމާން އައްޔަން ކުރައްވާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާން ކުރިން ހުންނެވީ ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓްގެ މަގާމުގައެވެ.