ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވަން ގޮވި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުން އެ ޕާޓީން ވަކި ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކް (ރީކޯ) ވިދާޅުވެއްޖެއެވެ.
ރީކޯ މިހެން ވިދާޅުވީ، ރައީސް ސޯލިހްގެ އިސްތިއުފާއަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ގޮވާލެއްވުމާއި ގުޅިގެންނެވެ.
ބޮންޑެ އެގޮތަށް ގޮވާލެއްވީ ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުވާލަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތުން ފާސްކުުރުމާއި ގުޅިގެންނެވެ.
ރީކޯ ވިދާޅުވީ، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ސަރުކާރާއި އިދިކޮޅަށް ތެދުވެ ރައީސް ސޯލިހްއަށް އިސްތިއުފާއަށް ގޮވާ ޕާޓީގެ އުސޫލުތަކާއި ހިލާފުވާ މެންބަރުން ވަގުތުން ޕާޓީން ވަކި ކުރަން ޖެހޭ ކަމަށެވެ.
"މީގެ ކުރިން އެމްޑީޕީ މެންބަރުންނާއި މެދު އަމަލުކޮށްފައި ހުރީ މި އުސޫލުން، މިކަން ނުކޮށްފިނަމަ އިންސާފފު ހަމައިން ނެއްޓި އެމްޑީޕީ ހަލާކުވެދާނެ". ރައީސް ސޯލިހްގެ ޓްވިޓާ ހެންޑްލް ޓެގް ކުރައްވައި ރީކޯ ކުރެއްވި ޓްވީޓްގައި ވެއެވެ.
ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓްގެ ބަހުސްގައި ބޮންޑެ ވިދާޅުވީ އޭނާއަށް މިހާރު މި ކަންކަން ފެންނަނީ މެންބަރު ހިސާން ހުސައިނަށް އަމާޒުކޮށް ސަރުކާރުގެ ތެރެއިން ހިންގި އަމަލެއްގެ ގޮތުގައި ކަމަށެވެ.
މި ގޮތުން ސަރުކާރުން އެދިގެން މަޖިލީހަށް މި ބިލު ގެންނަން ހިސާން ސްޕޮންސާ ކޮށްދެއްވާ ފަހުން ސަރުކާރުގެ ބައެއް ބޭފުޅުން "އަޑީގައި" ތިއްބަވައިގެން ބިލާ ދެކޮޅު ކެމްޕޭނެއް ކުރިއަށް ގެންދިޔައީ ކަމަށް ބޮންޑެ ވިދާޅުވިއެވެ.
މި ހުރިހާ ކަމެއް ހިނގަމުން ގެންދަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާގެ ތަހުގީގުގެ ފޯކަސް އެހެން ދިމާއަކަށް އަނބުރާލަން ކަމަށެވެ.
އެ ކަންކަން ވަރަށް ރަނގަޅަށް ބަޔަކު ކުރި ކަމަށާއި އެ ކަން ކުރަން ފުރުސަތު ދެވުނީ ރައީސް ސޯލިހް އެ ޖާގަ ދެއްވުމުން ކަމަށް ބޮންޑެ ވިދާޅުވިއެވެ. އެހެންކަމުން ރައީސް އިސްތިއުފާ ދެއްވަން ބޮންޑެ ގޮވާލެއްވިއެވެ.
"އަޅުގަނޑު އެދެން ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަން، އަޅުގަނޑު އެދެން ކެބިނެޓް އުވާލަން، އެހާ ގަޓެއް ނެތީމަ، މި ސަރުކާރުގެ ގަޓެއް ނެތޭ ތެދުވާން ޖެހޭ ކަންކަމުގައި ތެދުވާކަށް،" ބޮންޑެ ވިދާޅުވިއެވެ.
އިބޫގެ އިސްތިއުފާއަށް ގޮވަނީ އަންނިގެ އައުވާނުން. އަންނިއަށް ހީވި ކަހަލަ މިގައުމަކީ އަންނިގެ ތަރިކަ މުދަލޭ. ބަލަ އިބޫއަކީ އެމްޑީޕީން ވެރިކަމަށް ކުރިމަތިލައިގެން ދިވެހިރައްޔިތުން ވޯޓު ދީގެން ހޮވާފަހުރި މީހެއް. އިބޫ ވެރިކަމުން ބާލަންވީމަ އަންނިއާ ބޮންޑޭއަކަށް ނޫން އެނގޭނީ. ސައިޒު އޮޅިގެން ނޫޅޭ. ބޮންޑޭމެންގެ ލާދީނީ ބިލު މަޖިލީހުން ފެއިލްވީމަ އެކަމުގެ ހަސްކާ ބާލަންޖެހެނީ އިބޫއަކަށް ނޫން.
ސޯލިހުގެ އިސްތިއުފާއަށް ގޮވި މެމްބަރު ވަކިކޮށްފަ އެތަނަށް ރީކޯމޫސަ އައްޔަންކުރަން ފެނޭ. މިމީސްމީހުނަންނަކީ ދައުލަތުން ބަލަދު އަރާފައިވާމީހުން. މިމީހުން މުއްސަނދި ވެފައިވަނީވެސް ދައުލަތުންދޭ ނުހައްޤު ޕްރޮޖެކްޓްުކަތުން. ރިސޯޓުން ލިބޭފައިސާ މަދުވީމަ މިހާރު ދައުލަތުން އެއްޗެއްލިބެތޯ އެބަލަނީ.
މޫސަޔަކައް ނޭނގޭނެ ވަކިކުރަންވީމަކާ މިހާރު މާސޯލިހާ ގުޅައިލައިގެން އަނެއް އަންބޮޑި ބޮޑުކުރަނީބާ
މީނަ އަނެއްކާ ރިޔާސަތަށް ފައިނަންގަވަނީތޯ؟ މީނައަކީ ޑރ އަފްރާޝިމް އަލީއަށް މަޖިލީހުގައި ވަރަށް އެއްޗެތި ގޮވައި ނަފްރަތު އުފައްދާފައިވާމީހެއް.
ބޮންޑޭމެން ކިތަންމެވަރަކައް އޮޅުވާލަން އުޅުނަސް ރައްޔިތުންނައްއިގޭ އެޓަނީޖެނެރަލްއާ ހިސާންގެ ގާތްމިންވަރު ބިލްފަރުމާކުރީ އެޓާނީޖެނެރަލް ދެންސޯލިހުބޮލައްކަޑާލާ ރެކެންނޫޅޭ ތިބިލަކީ އެއްގޮތަކައްވެސް ރައީސް ރުހޭބިލެއްނޫން ރައީސް ހުންނެވީ ތިބިލާ ދެކޮޅައް ރައްޔިތުންފަޅީގަ ބޮންޑާމެންތިތިބީ ސައިތޯނާގެ ބައިގަ އިލްމުވެރުންނާމެދު ނަފުރަތު އުފައްދާ ބައިގަ.ނަފުރަތުގެ އަމަލުހުއްޓުވާ ބިލޯ ކިއާފަ ތަޅުމުގަ ހަޅޭލަވަނީ މިތާއިސްލާމީ ތައުލީމު އުގެނިގެންތިބި އިލްމުވެރިންގެ އަގުވައްޓާލާ އެބޭފުޅުންނާ މެދު ދިވެހިރައްޔިތުންގެ ހިތުގަ ނަފުރަތު އުފެއްދުމައް ދެންކޮން ހަޅެކެއްލަވާކައް ތިޕާޓީވެސް ފުރަތަމަ ދިމޮރިޓިކުޕާޓީއަކައްހަދާބަލަ...
ތިލަފުށީ ބިންހިއްކާށެ ކިޔައިގެން އެތައް މިލިއަން ރުފިޔާއެއް ކައްވާލި . މީގެ އެއްމެ ރަނގަޅު ކަމަކީ ނާޖާއިޒު މުއްސަނދިކަން ހޯދުމައްފަހު ﷲ ގެކުޅަދުންވަންތަކަމުން މިމީހުންނަކައް ނޯވޭ ވެރިޔަކައް ޚޫސާމަދުކޮއްގެން ބޯކޮނޑުމައްޗައް ވައްޓައިގެންް އުޅުން ނޫން ގޮތެއް .
ވަކިކުރަން ޖެހޭމީހުން ތިތިބީ ވަކިކޮއްފަ.
ލަނޑަޔާ ވާނީ ލަނޑަޔާ
ސިޔާސީ މައިދާނުން މުސްކުޅި ކުރައްވާ އެހެލާފަ ހުރި އޮޑި އެއް. ރީކޯ އަކީ ދެން މި ކަނޑަކަށް ގުޅޭ އޮޑިއެއް ނޫން. ބާ-ވެ އޮޑީގައި ފީޖަހައިފި. ދެން އަހަރުމެން ގެ ބޮލަށް އުނދަގޫ ނުކުރޭ ތިޔަ މުސްކުޅި ޙިޔާލު ތަކުން.
މީނަ މަށަށް ހީވަނީ ރަނގަޅަށްވެސް މޮޔަވެއްޖެހެން. ބަލަ އެމް ޑީ ޕީ ކަންކަމުގަ ގޮތްނިންމަން ކަލޭތީ ކާކުތަ؟ ޕާރޓީގެ މެމްބަރެއްނޫން. ޕާރޓީގެ މަގާމެއްގަ ހުރި މީހެއްނޫން. ނުވިތާކަށް އެކިޔާ ސޯލިހު ފެކްޝަނުންވެސް ބަލައިގަން މީހެއްނޫ. ޕާޓީންބޭރުކޮށް ވަންނާނެ ގަލެއް ނެތި މަގުމަތި ވީމަ ގޮވޭނެ ހުރިހާ ކޮހެއް ގޮވޭނެ. ބްރޯ ކޮތައްމެ ވަރެއްވިޔަސް ނަޝީދަށް މިރާއްޖޭގަ އޮތް ތާއީދެއް ބްރޯއަކަށް ނުލިބޭނެ. ހަނދާްން ނައްތާލާފަ ކޮންމެސް އެހެންކަމަކާ އުޅޭ! އަދި އަމްދުން ވެރިކަމުގެ ހުވަފެން ދޫކޮށްލާފ އުމުރުގެ ބާކީއޮތްބައި އެހެންކަމެއް ކުރެވޭތޯބަލާ އިރުއިރުކޮޅާ ދަލުބޭރުން ނުޖެހި. ވ ވެދުން.
ރައީސް ގެ އިސްތިއުފާއަށް ގޮވަނީ ތިމާމެން ފެއިލްވިކަމުގެ އިހުސާސްކުރެވޭތީ.