ކުޑަ ދަރިފުޅަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި މަންމަ އަކު މާލެ އިން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދަަރިއަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި މާލެ އިން 27 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވާ އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 10 ދުވަސް ޖަހައިދީފައިވާކަން ވެސް ފުލުހުން ކަށަވަރު ކޮށްދެއްވައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާ ލިބުނު ކުއްޖަކީ މައިންބަފައިންގެ ކައިވެނި ރޫޅުމުން މަންމަ ކައިރިގައި ހުރި ކުއްޖެކެވެ. އަންހެން މީހާ ވަނީ ދަރިފުޅުގެ ބުރަކައްޓާއި މޫނުމަތީގައި ތަޅައި ބޮޑެތި އަނިޔާތަކެއް ކޮށްފައެވެ. ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަައިރު ކުއްޖާގެ ހާލު ސީރިއަސްއެވެ. ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންނެވެ.
ފުލުހުންގެ ސަމާލުކަމަށް އެކަން އައީ އާންމު ފަރާތަކުން މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.
އަނިޔާ ލިބުނު ކުއްޖާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން މިހާރު ވަނީ އެހެން މީހަކާއި ހަވާލުކޮށްފައެވެ. ކުއްޖާ އަށް އަދިވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
" އޭނާ ދޫކޮށްލާ! އޭނާގެ ހައްގު އޭނާއަށްދީ! އޭނާއަކީ އިނޮސެންޓް މީހެއް." އެމްޑީޕީ އެކްޓިވިސްޓުން
ހޭބަލި ވެފަތަ ކަލޭ ތިހުރީ
ދޮގު ރަނގަޅު ހަބަރު ފަތުރަާ
ކޮބާތަ ހިއުމަން ރައިޓްސް. މުޖުރިމުންނާއި ފާސިޤުންގެ ހައްޤުގައި ނުނިކުމޭތަ
މިހެންވެގެންނޭ އަޅުގަނޑު ބުނަނީ، އިންޑިޔާގައި ހިންގާ އަނިޔާވެރި ހާދިސާތައް ތި ނޫހުގައި ނުޖަހާށޭ! ރާއްޖޭގައި ވެސް ނިޞްބަތުން ބަދަލު ހިފުމުގެ ރޫހު ހުންނަ އަނިޔާވެރިން އުޅޭތީ.
10 ދުވަހެއް ނޫން އުމުރަށް ޖަހަންވީ
މިގޭ މަތީ ފްލޯރ ގަ އުަޅޭ ތިކަހަލަ އަންހެނެއް މަ ރިޕޯޓް ކުރިން ދެ ދުވަހު ހަމަ ކެތް ނުވެގެން އެކަމް އެއް ކަމެއް ވެސް ނުވޭ ....
މައިންބަފައިންގެމެދުމައްސަލަޖެހި ކައިވެނިރޫޅުނުގަމުގިއިވިއަސް އެދަރި
ފުޅުގެއޮންނާނީ ކޮންމައްސައެއް ތިހެންނުހައްދަވާ އެއީ ކުށެއްނެތްދަރިއެއް އަޑުއިވޭ މައެއްގެ ލަގޮނޑިއަށް ކެތްނުކުރެވޭނެކަމަށް އަލިއްލަދަރިއަށް އަނިޔާކުރުމަށްކެރެނީތޯ؟
ތިޔާ ޔަގީނޭ ރަންރީނދޫ ޓްވިޓަރޭ މެންގެ ތެރޭގައި އުޅޭ އެއްޗެއް ކަން މަމެން ނަށް ޔަގީނޭ ބުނަން މަމެން ނެތީމު ދޯ.
ރުޅި ބާލަނީ މައުސޫމް ކުއްޖާއަށްދޯ.. މަންޖެ ދެން ގޮޅި
އޭނަ އެއީ ނަފްސާނީ ބަލިޖެހިފަ ހުރި މީހެއް..އާފިޔާ އަށް ވީހެން..އެއްމެ ފަހުން ބުނާނީ މިހެން..?
(ދެމަފިރިން ވަރިވިގޮތް ބަލާފަ) ފިރިމީހާ ތިކަމުގެ ޒިންމާ ކުރުވަންޖެހޭ. ދަރިންގެ ބަލަދުވެރިއަކީ އަދި ވާރުތަ ވެރިއަކީ ކުއްޖާގެ ބައްޕަ. މަންމަ ހާކާލާ ''ބޮޑާ'' ހޭކުމަކުން ވަރިކޮށް، ދަރިފުޅަށް ޒިންމާނުވެ ވަރިކުރިފުޅުގެ ބޮލަށް އެޒިންމާ އެޅުވުމަކީ ފިރިމީހާ ތީގެ ޒިންމާ އުފުލަން ޖެހޭނެ ކަމެއް. އަންހެނާ އިދެ، ކުދިން ލިބުމުން ދެން ވަރިކޮށްގެން ނުވާނެ. އެއްވެސް ހާލަތެއްގައި. އަންހެން މީހާ ޒިނޭކުރިކަން ފަޅާއެރިޔަސް. ޒިނޭކޮށްފިނަމަ އެކަމަށް ލިބެންޖެހެ އަދަބު ޝަރީއަތުން އޭނާއަށް ދޭނީ. އެހާލަތުގައިވެސް ވަރިނުކުރަންވީ ދަރިންގެ ޙައްޤު ފިރިހެންމީހާގެ މައްޗަސް މާބޮޑު. ދަރިންނަކީ ބަފައިމީހާގެ މުދާ. އެމުދަލަށް ރައްކާތެރިވާނޭ އެހެން މީހަކު ނުހުންނާނެ. ޚުދު ދަރީގެ މަންމަވިޔަސްވެސް މެ.
ޥަރަށް ރަނގަޅު ވާހަކައެއް ތިބުނީ
އެ ކުޑަ ކުއްޖާ އަކީ ދެވަނަ "އިބްތިހާލު" ކަމުގައި ނުލައްވާނދެވެ. އާމީން!
ކޮބާ ދިފާއީ ވަކީލުން ކޮބާ ހިއުމަން ރައިޓްސް، އަވަހަށް އެއަންހެން މީހާގެ ދިފާއުގައި ކަލޭމެން ނިކުމޭ، އަވަހަށް ނިކުމޭ، ނިކުމެ އެއަންހެން މީހާގެ ކުށެއްނެތްކަމާއި މައުޞޫމް ތުއްތު ކުއްޖާގެ ކުށްދެއްކުމަށް މަސައްކަތް ކުރޭ
ތާކު މީހަކު ކުއްޖަކަށް ކަމެއް ކުރާއިރަށް މިނޫހުގަ ޖަހާ އިސްތިހާރު ކުރީމަ ކަމަކުނުދޭ މިހެން ހެދުމުން މިބާވަތުގެ މަސްއަލަ ތައް އިތުރުވަނީ މީގެ ބަދަލުގަކަމާބެހޭ ފަރާތް ތަކުން ހަރުކަށި ފިއަވަޅު އަޅަން ގޮވާލަން
މަންމަ އެހެން ފިރިހެނެެެެެއް ފެނެގެން ވަރިވި
މަންމަ އެހެން ފިރިހެނެެެެެއް ފެނެގެން ވަރިވި
ދަރިން ނަމާދު ނުކުރުމުން އޮންނަނީ އަނިޔާކޮއްގެންވެސް ތަޅާމަރައިގެންވެސް ހަމަ މަގަށް އެޅުވުން. ކޮބާ މައްސަލަ އަކީ
އެކަހަލަ ޖާހިލުން ޢުމުރަށް ޖަލަށް ޙުކުމްކޮށް އެއްވެސް ލުޔެއްނުދީ މުއްދަތު ތަނފީޛު ކުރުމަށް ގޮވާލަން.
ފަތްބޯ އަންހެނެއްތަ؟ ނޫނީ ހަމަ އަނިޔާވެރީތަ. އޭނާ ޑިޕްރެޝަން ހުރެޔޭ ދެން ބުނާނީ. އޭރުން ނިމުނީ
އޭނަ ވެރިކަމަކާ ނުކުޅޭނު. ބަހައްޓާ. އަޅާނުލާ