ކ. އަތޮޅު ތިލަފުށީން ދަގަނޑާއި، ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.

އެ ދޯނި ބަންޑުން ޖަހާލާފައި ވަނީ މިއަދު ހެނދުނު 10:30ގައެވެ. އެ ދޯނި ބަންޑުން ޖަހާލިއިރު، ދޯނީގައި ދިވެއްސަކާއި، ދެ ބިދޭސީން ތިއްބެވެ.

"ރާޔާ"ނަމަަކަށް ކިޔާ އެ ދޯނި ބަންޑުން ޖަހާލާފައި ވަނީ ފިހާޅޮހި ރިސޯޓާއި ގާތްގަނޑަކަށް 6.5 ނޯޓިކަލް މޭލު ބޭރުންނެވެ.

އެމްެއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވީ، އެ ދޯންޏަކީ މިއަދު ފަތިހު 4:30 ގައި ފުރި ދޯންޏެއް ކަމަށެވެ. އަދި އެ ދޯންޏަކީ ވަކަރުފަޅީ ރިސޯޓަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ކަަމަށްވެސް އޮފިސަރ ވިދާޅުވިއެވެ.

އިންފޮމޭޝަން އޮފިސަރ ވިދާޅުވީ، އެ ދޯނި ބަންޑުން ޖަހާލިކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 14:48 ހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑުން ހަރަކާތްތެރިވި ކަމަށްވެސް އޮފިސަރ ވިދާޅުވިއެވެ.

އަދި އެ ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ދިރުން ނަަމަކަަށް ކިޔާ ދޯނީގެ އެހީތެރިކަމާއެކު، ބަންޑުން ޖަހާލި ދޯނީގައި ތިބި މީހުން ކޯސްޓްގާޑުގެ އެހީގައި ހުޅުމާލެ ގެނެސްފައިވާ ކަމަށް އޮފިސަރ ވިދާޅުވިއެވެ.