ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް އިންތިހާބުގައި ވާދަކުރެވޭނަމަ، ރިޔާސީ ޓިކެޓު އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަތުން އަތުލުމަށް ނިންމައިފިއެވެ.
މި ހުށަހެޅުން ކޮންގްރެސް އަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.
އަސްލަމް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ އިބޫ އަށް ކޮންގްރެސް އިން ޓިކެޓު ދިން ނަމަވެސް އެންމެފަހު ވަގުތު ވެސް ނަޝީދަށް ކުރިމަތިލެވޭ ހާލަތެއް އަތުވެއްޖެނަމަ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާނީ ނަޝީދު ކަމަށެވެ.
އިބޫ އަށް ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް އިން ފާސްކުރީ 791 މެމްބަރުންގެ އިއްތިފާގުންނެވެ.
މިފަހަރުގެ އިންތިހާބުގައި ވާދަނުކުރައްވާނެކަން ނަޝީދު އިއްޔެ ވަނީ އިއުލާންކުރައްވާފައެވެ. ނަޝީދު މިގޮތަށް ނިންމެވީ އިލެކްޝަންސް ކޮމިޝަނުގެ އަމަލުތައް ހުރިގޮތުން ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެކަމުގެ ކަންބޮޑުވުމާއި ގުޅިގެންކަމަށް ވިދާޅުވެއެވެ.
ނަޝީދު އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވިއިރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އިންތިހާބުގައި ވާދަކުރެއްވުމަށް ގާނޫނީ ގޮތުން ނަޝީދު ޝަރުތު ހަމަނުވެއެވެ.
ތަންކޮޅެއްބޮޑު ވަރެއްމީ މިއަންނި އަކު އުފަންވި ދުވަހަކީ މީ ހާދަހާވާ ސުންޕާ ދުވަހެކަޭ މިއެއްޗަކު މިއުޅެނީ ދިވެހިން ދުނިޔެއިން ފޮހެލެވޭނެ ގޮތެއްހަމަ ނުފެނިގެން
އަދި ހޭވެރކަން ވާވަރަކަށް އިތުރު ވާހަކަ........
ބޮޑު ހުޅު ކހިނެތް ހެދީ........
މީ ސޮދަގާތް ކުރަން ވަރަށް ތަފާތު ގޮތެއް.... ހަމަ ހަބޭސް
ޔާމީނަށް ލިބުނު ބޮޑުކާމިޔާބީއެއް
ތިބުނީ ހަމަ ތެދެއް
މާނަޔަކީ އަދިވެސް އަޑިއަޑިން ކަންތައްގަނޑެއްއެބަ ހިންގަޔޭ.
ޢުދަގުލެއް ކަހަލަ ފިރިހެނެއް މި ނަޝީދަކީ
ޓިކެޓް އެކަނިތަ! އުނު އޮތް ފޮށާވެސް އަތުލާނެ!
ޢަދި އެންމެ ފަހުން އަދި އިބޫ އަކަށް ވާދައެއް ނުކުރެވޭނެއޭވެސް ބުނާނެ، އެވަރުގެ މީހެއް އެއީ، އަދި އަޅުގަޑު ކުރި ސަމާސާއެކޭ ވެސް ބުނެފާނެ އެއީ ސީރިއަސްކޮށް ބުނި އެއްޗެއް ނޫނޭވެސް ބުނާނެ
ކަލޭމެން ދެބަން ދިހާރަވީތަ
ހަދާފަ ނަހަދާނެ ގޮތެއް ނޭނގިގެން ތިތެޅިބާލަނީ.
އިބޫއައް ތާއީދުނުކުރުމައް ސާހިދު ނިންމައިފި ދެން ލަލަލަ
ހަހަހަހަ...މަށައް ހީވިޔޭ މި ނަޝީދު ކައިރިން ފަސޭހަގޮތަކަށް ސަލާމަތެއްނުވާނޭ.