މުސާރަ ބޮޑު ނުކުރާތީ ސިވިލް ސާވެންޓުން މަސައްކަތް ހުއްޓާލައި އިހުތިޖާޖް ކުރަން ނިންމައިފިއެވެ.

ދިވެހި ސިވިލް ސާވެންޓު އެސޯސިއޭޝަނުން ބުނީ އަންނަ އާދިއްތަ ދުވަހު ސިވިލް ސާވަންޓުން އޮފީހަށް ނުކުންނާނީ ކަޅު ހެދުމުގައި ކަމަށެވެ. އަދި މިކަމުގައި ސަރުކާރުން ޖަވާބުދާރީ ނުވެއްޖެ ނަމަ، އަންނަ ހޯމަ ދުވަހު މަސައްކަތް ހުއްޓާލާނެ ކަމަށް ސިވިލް ސާވެންޓް އެސޯސިއޭޝަނުން ބުންޏެވެ.

"މިކަމުގައި ހުރިހާ ސިވިލް ސާވަންޓުން ވެސް ތިބީ ބައިވެރިވާ ގޮތަށް. އުންމީދީ ޖަވާބެއް ލިބެންދެން މިކަމުގައި ގަދަ އަޅައި މަސައްކަތް ކުރާނަން. ސިވިލް ސާވަންޓުންނަށް އެކަށީގެންވާ މުސާރައެއް ނުލިބޭތާ އެތައް އަހަރެއް މިވަނީ،" ސިވިލް ސާވެންޓް އެސޯސިއޭޝަންގެ އޮފިޝަލަކު ވިދާޅުވިއެވެ.

ސިވިލް ސާވެންޓުގެ މުސާރަ ބޮޑު ކުރަން ޑިމާންޑް ކުރަމުންދާ އިރު، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދާދި ފަހުން ވިދާޅުވީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު، ވަރަށް އަވަހަށް ކަނޑައެޅިގެން ދާނެ ކަމަށާއި އެކަމާ މެދުގައި އެއްވެސް މީހަކު ޝައްކު ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި ލަސްތަކެއް ދިމާވެފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް ދާކަން ފާހަގަކުރެއްވިއެވެ. ސިވިލް ސާވަންޓުންގެ އެއް ޑިމާންޑަކީ ވެސް އެންމެ ކުޑަ އުޖޫރަ ވީއެންމެ އަވަހަށް ކަނޑައެޅުމެވެ.

ސިވިލް ސާވަންޓުން ކުރާ ޑިމާންޑުތައް:

  • ދަށް ފަންތީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުން.
  • މިނިމަމް ވޭޖް ކަނޑައެޅުން އަވަސް ކުރުން.
  • ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ދިނުން.
  • ސެޓްފިކެޓް ހުށަހަޅައިގެން ވަޒީފާގެ ކުރިއެރުން ލިބޭ ގޮތް ހެދުން.
  • ސިވިލް ސާވެންޓުންނަށް އެލަވަންސެއް ލިބޭ ގޮތް ހެދުން.

ސިވިލް ސާވެންޓުންގެ މުސާރައަށް އެންމެ ފަހުން ބަދަލެއް ގެނެސްފައި ވަނީ 2018 ވަނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައެވެ. މުސާރައަށް ބަދަލެއް ގެނައި ނަމަވެސް އެ ފަހަރު ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ވަރަށް ބޮޑަށް ލިމިޓްކޮށްފައެވެ. އެހެންވެ، ސިވިލް ސާވެންޓުންގެ މުސާރަ އަށް ހެޔޮ ބަދަލުތަކެއް އެ ފަހަރު ވެސް އައިސްފައެއް ނުވެއެވެ.

މުސާރައިގެ މައްސަލައިގައި ސިވިލް ސާވެންޓުން އިހުތިޖާޖަށް ނުކުންނަން ނިންމިއިރު، ޕައިލެޓުންގެ މުސާރަ އަދި ޑޮކްޓަރުންނާއި ނަރުހުންނަށް ވަޒީފާގެ ކުރިއެރުން ނުލިބި ލަސްވަމުންދާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވާފައިވެއެވެ. އަދި އެ ބައްދަލުވުމުގައި ރައީސް ވަނީ ޕައިލެޓުންނާއި ޑޮކްޓަރުންނާއި ނަރުހުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ސަރުކާރުން ދާދި ފަހުން ވަނީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންގެ ވެސް މުސާރަ ބޮޑު ކުރަން ނިންމައިފައެވެ.

ސިވިލް ސާވެންޓުންގެ ގޮތުގައި މި ވަގުތު 26،668 މުވައްޒަފުން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އެނިމުނީ

    ތިޔަކަމެއް ނުވާނެ މަގުމައްޗައް ނުކުތަސް އަޑެއްނުއިވޭނެ ފެންނާނީ މަންޒަރު އަލީކައިރީގަ ބުނާނީ އެއީ ތިމަންނައައް ތާއީދުކުރާމީހުންދޯއޭ އަލީބުނާނެ އާނއެކޭ

    19
    1
    • އަސް

      ޔާމީނު ސަރުކާރުގަވެސް ދިން މުސާރަ މިހާރުވެސް ދެނީ.. އޭރުވެސް ވަޒީފާއާބެހޭ ޤާނޫނުގަ އޮތް މިނިމަމް ވޭޖު ކަނޑައަޅަން ލާޒިމުކޮށްފަ.. ޤައިމު ކަލޭމެން އިހުތިޖާޖެއް ނުކުރޭ ހަޅޭ ފަޅޭއެއް ވެސް ނުޖަހާ.. ދުނިޔެ ބޮޑު ޕެންޑަމިކެއްގަ ޖެހި ފަތުރުވެރިކަން ހީނަރުވި ވަގުތު ނިކުމެ ވައްވައްޖެހީމާ އިހުލާސްތެރިކަމާމެދު ސުވާލު އުފެދޭ..ޔަޤީން މި ވާނި ޕީޕީޑީފެކުސަނު ޑީގުރޭޑުންގެ ބައެއްކަމަށް ބޭރުކޮށްފަ އިހުލާސްތެރި ޤާބިލު ބަޔަކަށް ވަޒީފާތައްދިނުމަށް ގޮވާލަން

    • އަސްލުހާލަތު21

      ޔާމީނު ސަރުކާރުގަވެސް ދިން މުސާރަ މިހާރުވެސް ދެނީ.. އޭރުވެސް ވަޒީފާއާބެހޭ ޤާނޫނުގަ އޮތް މިނިމަމް ވޭޖު ކަނޑައަޅަން ލާޒިމުކޮށްފަ.. ޤައިމު ކަލޭމެން އިހުތިޖާޖެއް ނުކުރޭ ހަޅޭ ފަޅޭއެއް ވެސް ނުޖަހާ.. ދުނިޔެ ބޮޑު ޕެންޑަމިކެއްގަ ޖެހި ފަތުރުވެރިކަން ހީނަރުވި ވަގުތު ނިކުމެ ވައްވައްޖެހީމާ އިހުލާސްތެރިކަމާމެދު ސުވާލު އުފެދޭ..ޔަޤީން މި ވާނި ޕީޕީޑީފެކުސަނު ޑީގުރޭޑުންގެ ބައެއްކަމަށް ބޭރުކޮށްފަ އިހުލާސްތެރި ޤާބިލު ބަޔަކަށް ވަޒީފާތައްދިނުމަށް ގޮވާލަން

  2. ދިގުބެ

    ފިތުނަ، ފިތުނަ.. މުޒާހަރާ! މުޒާހަރާ! ލާހިކެއްނޫން އަހަރުން ކަޅުހެދުން ލައްވާކަށް. މީކީ ސަމާސާއެއްނޫން.. މުޒާހަރާކުރަން ވީމަ އަހަރުމެންމަތިން ތި ހަނދާންވަނީ... މިވެސް ކޮންމެސް ބަޔަކު މެޑެލް ޖަހަން އަމިއްލަ ފައިދާއަށް ކުރާ ކަމެއް. ކުރިން ޓީޗާރސް އެސޯސިއޭޝަނޭ ކިޔައިގެންވެސް ބަޔަކު އުޅުނު.. ވަކިބައެއްގެ މުސާރަ ބޮޑުވީމަ އެމީހުން އެތިބީ ހައްޕު ކިޔައިގެން.. އަހަރުމެންނަށް އޭރު ލިބުނު ބޭސިކު މުސާރަ އަދިވެސް ނުލިބޭ!

    7
    20
  3. ޢަދުރޭ

    މުޙައްމަދު ނަޝޯދު އުޅުނީ ސިވިލް ސަރވިސް އުވާލަން .އުވާލާފަ އެމްޑީޕީ މީހުން ކޮންޓްރެކްޓަށް ސަރުކާރު މަސައްކަތް ކުރާގޮތަށް ހަދަން . ލުލް .. . ލަދު ޙަޔާތް ކޮބައިތޯ އޭނާގެ

    24
    1
  4. އަނިލް

    ރަގަޅަށް ވާން ކޮއްލާތި މި ހާރު އެބައިގަޑު ކެކިއަރަނެ އަނގަތަ ފަޅަފަޅާއިގެން ދާނެ،

    20
  5. ޖ

    ވަރަށް ރަގަޅު... ކކކކކކކކކކޑިގްރީ ހަދާފަ އޮތަސް އިދަރީ ވީމަ ޖެހެނީ އެންމެ 8000 ރުފިޔާ...

    21
    1
  6. ރައިން

    ކިޔަވާނެ ކަމެއް ނެތް... ޑިގްރީ ހަދައިގެން އައިސް ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަގާމްގަ އުޅޭއިރު ނުލިބޭ ސެޓްފިކެޓް އަށް އެލަވެންސެއް... ޑިގްރީ ހެދީމަ އެލެވެންސް ލިބެނީ ވަކި ބަޔަކަށް ކަމަށް ވަންޔާ ކީތްކުރަން އިދާރީ ދާއިރާތަކަށް ޑިގްރީ ފާސް އޮންނަން ޖެހެނީ... ޑިގްރީ ހެދީ ހިލެޔަކު ނޫން، އެތަށް ލާރި އެއް ހޭދަކޮށްގެން ރާއްޖެއިން ބޭރުން... ކީއްވެ ވަކި ބަޔަކީ ފަންނީ މީހުންނަށް ވާންވީ... އިދާރީ މަގާމް ތަކަށް ޑިގްރީ މުހިންމު ނޫނިއްޔާ ނުޖަހާ ޑިގްރީ މާސްޓަރސް ލެވެލް ހުންނަން ޖެހޭނެޔޭ

    16
    1
  7. އަބުދުﷲ

    ސިޔާސީ މީހުންގެ ނުބައިކަމުން މިގައުމުސަލާމަތް ކޮއް އިންސާފާއި ހަމ މުސާރައިގެ ނިޒާ

    20
  8. ރ

    އެޑިއުކޭޝަން ދާއިރާގަ މަސެއްކަތް ކުރާ އެޑްމިން ސްޓަފުންނަކީ އެއްވެސް ކުރިއެރުމެއް ސެޓްފިކެޓް އެލެވެންސެއް ލިބޭ ބައެއް ނޫން... އެކަމަކު ވަޒީފާ ދެނީ ޑިގްރީ ހެދީމަ ، މާސްޓަރސް ހެދީމަ، މުސާރަ ދޭންވީމަ އެއީ ޑިގްރީ ހޯލްޑަރ އެއް ނޫން...

    19
  9. އަބުދުﷲ

    ސިޔާސީ މީހުންގެ ނުބައިކަމުން މިގައުމުސަލާމަތް ކޮއް އިންސާފުވެރި ހަމަހަމަ އުސޫލައް ލޯބިކުރާ ތަހުޒީބު މުޖުތަމައު އެއްބިނާ ކުރެވޭނީ އެގައުމެއްގެ ތައުލީމީ ޒުވާނުންގެ ކިބައިގާ މިޖަޒުބާތު ހުރެގެން.. ތައުލީމޒުވާނުން އެއްމެ ގިނަވާނީ ސިވިލް ސާވިސްގަ ސިވިލްސާވިސްގެ މުއައްޒިފުންގެ މިއުފެދެން އުޅޭ ހޭލުންތެރި ކަމަކީ މިގައުމުގެ ކުރިމަގު ހެޔޮ މިސްރާބަކައް ބަދަލުކޮއްލާނެ ކަމަކައްވުމައް އެދެން...

    14
  10. މުހައްމަދު

    ކިހާބޮޑު މުސީބާތެއް

    2
    10
  11. މުހައްމަދު

    ކަލޭމެން 8 އިން 2 އަށް މަސައްކަތް ކުރީމަ ނުޖެހޭ ބޮޑު މުސާރަ ދޭކައް

    5
    20
  12. ާދުނބުރި

    އާ ކުލި އެއް ފެޝީ ހަމަ 10ވަރަކައް މީހުން ނިކުމެލާއިރައް މުސާރަ ބޮޑު ތި އޮފީސް ތަކުން އާނމު ރަތްޔިތުންނަށް ދޭ ހިދުމަތް އަވަސް ކޮއްދީ ކަންތަށްތަށް ރަނގަޅު ކޮއްބަލަ ކުރާމަސައްކަތެ ހަރާން މުސާރަ ތި ލިބެނީ މިހާރު ހައްގު ވަރަށް ވުރެވެސް ބޮޑުކޮން

    4
    15
  13. ނަން

    ސިވިލް ސާރވެންޓުންގެ މާނައަކީ މަދަނީ އަޅުން

  14. ޙަދިސައިބު

    ސިވިލްސަރވިސް ކޮމިސަން އުވާލަންވީ އެތާންގައި ތިބި ގިނަ މެންބަރުންނާއި ވެރިންނަކީ މުނާފިގު ހިޔަޅު ބައެއް އަދިބައެއްމެންބަރުންނަކީ ރަށުޕިކަޕަށް ނަފޔސުވިއްކާމީހުން

  15. އަލީ

    ފުރަތަމަ މިނިމަމްވޭޖް ކަނޑަ އެޅުން މާ މުހިންމު. ސިވިލް ސާވިސް މުވައްޒަފުން އެކަންޏެއް ނޫން މި ގއުމުގަ މަސަށްކަތް ކުރަނީ. އެބަތިބި ދެހާސް ރުފިޔާ ނުވަތަ ތިންހާސް ރުފިޔާ އެކަނި ދީގެން ތަންތަނުގެ ވޮޗަރުކަން ކުރުވާ ބޮޑެތި ކުންފުނިތަށްވެސް. އިތުރު އެއްވެސް އެލެވެންސެއް ނުދީ.

  16. Anonymous

    ކޮބާ ފެނަކާ ސައިދު ވަދޫ