އދ. ގެ އާންމު މަޖިލިހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި ތަގްރީރު މުޅި ދުނިޔޭގައި ވައިގައި ހިފާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އދ. ގެ އާންމު މަޖިލިހުގައި ރައީސް ސޯލިހް ތަގްރީރު ކުރެއްވުމުގެ އަޑު ފަނޑު ކުރަން، އަޑު މަޑު ކުރަން "އެ އުރެން" ދުއްވި ހުރިހާ ދެބޯގެރި އަދި ބޭއްވި އޮޅުވާލުމުގެ ބުހުތާނު ޕްރެސްތައް ދިޔައީ ތޮޅިއަށް ކަމަށެވެ.

"އެ ތަގްރީރު މުޅި ދުނިޔޭގައި ވައިގައި ހިފައިފި. ސާބަސް ރައީސް ސޯލިހް، ސާބަސް ޓީމު ހާރިޖީ،" މައުސޫމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ.ގެ އާންމު މަޖިލީހުގައި ދެއްކެވި ވާހަކަތަކާކީ ބީރަށްޓެހި ވާހަކަތަކެއް ކަމަށް ބުނެ އިދިކޮޅުން ވަނީ ފާޑު ކިޔައިފައެވެ.

ރައީސްގެ ތަގްރީރުގައި ވިދާޅުވި ގޮތުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގައި ހައްލުތަކާ ހަމައަށް ދިއުމަށް މަޝްވަރާގެ ރިވެތި އުސޫލުގެ ތެރެއިން ދުނިޔޭގެ ހުރިހާ ދައުލަތެއް ވެސް އެއްބަސްވެވޭން ޖެހޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ގަބޫލު ކުރަން ޖެހޭ ބޮޑު ހަގީގަތެއް އެބަ އޮތް ކަމަށެވެ. އެއީ ކުދި ޖަޒީރާތައް ނެތި ދަނީ މިއަދު ތިމާވެށީގެ ސަބަބުން ކަމުގައިވާނަމަ ބޮޑެތި ބައްރުތަކުގެ ފަހަތުން އެ ސަބަބު މާދަމާ އަންނާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސްގެ ތަގްރީރުގައި ކޮވިޑް-19 އާ ހަރުކަށި ފިކުރާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިނުގަންނާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަދީފް

    ހާދަ ވައިގަދަ އޭ ދޯ.ވައިގަދަ ކޮށްގެން ގޮނޑީގަ އިނދެވޭނީ.ހެހެހެހެހެ

    26
    1
  2. ހުސޭނުބޭ

    ވައިގައި ހިފާ އެއްޗެއް ދާނީ ޖައްވަށް އަރައިގެން. އެ ފަހުމްވާނެ މީހެއް އަޑުއިވޭނެ މީހެއް ނުހުންނާނެ .......... ކެކެކެކެކެކެކެކެ

    23
    1
  3. މަސްއޫދު

    މިނިސްޓރު ކަމުގެ ދަހިވެތި ކަމުގައި ހާދަ ޚުސާމަދެއް ތިޔަކުރަނީ! ރައިށް ސާލިހުގެ ވެރިކަމުގައި ރައްޔިތުން ބަޑައްޖެހި ޒުވާނުން ޑަސްބިން ހޮައިގެން ކައިބޮއި އުޅުނު ވާހަކަވެސް ދުނިވަށައި އެބުރުނު!

    27
    1
  4. މައު

    ބަލަގަ ކޮންމެ ތާކު ވެސް ވައި ހުރެއޭ. ދެން އަހަރެން ބުނާ ބަސް ވެސް ދުނިޔޭގެ ވައިގަ ހިފާނެ ދޯ 🤣 🤣 🤣 🤣 🤣

    21
    1
  5. ޙުސައިން

    މި މަޢުސ\ޫމް މީހަމަ ވައިޖަހަން އެއްވަނަ

  6. ކެލާވައި

    ވައިގަ ހިފައިގެން ދިޔަ ދިޔާނޫން ގޮސް ދުނިޔޭގައި ވަރު ގަދަ ޔޫފާނެއް ނުއުފެދިއްޖެއްޔާ ވަރަށް ރަނގަޅު، އެކަމަކު ވައި އަޅުވައި ޚޫޝާމަދު ކުރިޔަށް ތިވަރު ތަންކޮޅެއް ބޮޑު..​

  7. ޛ

    އޭނަޔަށް ވުރެ ކަލޭ މާވައިގަ ހިފާފި..ދުނިޔެ ދަންނަށް ހަމަ އެކަނި މީހަކީ ކަލެއަށްވެއްޖެ..

  8. Anonymous

    ކެލާ ގަމާރު