ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނީ އެ ތަކެތި އެތެރެ ކުރާ މީހުން ހުއްޓުވައިގެން ކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓް އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އިން ރޭ އާންމުންގެ ޚިޔާލު ވެސް ފާޅުކުރެވޭ ގޮތަށް މަސްތުވާތަކެއްޗާ ގުޅޭ ގޮތުން އުމަރުގެ ސިޔާސަތު ހާމަ ކުރަން ބޭއްވި ހަރަކާތެއްގައި ވިދާޅުވީ ރާއްޖެއަކީ މަސްތުވާތަކެތީގެ "ޓްރާންޝިޕްމަންޓް ބަނދަރު" އަކަށް ވެފައިވާ ކަމަށެވެ.
"އިރާން، ޕާކިސްތާނު ފަދަ ގައުމުތަކުގެ ޑްރަގް ޓްރާންޝިޕްމަންޓް ބަނދަރަކަށް ދިވެހިރާއްޖެ ބަދަލުވެއްޖެ، ޕާކިސްތާނާއި އަފްޣާނިސްތާނާއި އިރާން ފަދަ ގައުމުތަކުން އެހެން ގައުމުތަކަށް މަސްތުވާތަކެތި މި ގެންދަނީ ވެސް ރާއްޖެއަށް އެ ތަކެތި އެތެރެ ކުރުމަށް ފަހު،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މި މައްސަލަ ހައްލު ކުރަން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަހަރުން އަހަރަށް އޭގެ ނުރައްކާ ބޮޑު ވަމުން އަންނައިރު، އެ ކަން ހުއްޓުވޭނީ އެ ތަކެތި ބޭނުން ކުރާ މީހުންނަށް ފިޔަވަޅުތަކެއް އަޅައިގެން ނޫން ކަމަށް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިނގިލި ދިއްކުރަންވީ މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް. އެ މީހުން އެބަ ޖެހޭ ހުއްޓުވަން. އެއީ އެ މީހުން މަރާލައިގެން ނަމަ ވެސް އެ މީހަކު ހުއްޓުވަން ޖެހޭ." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މަސްތުވާތަކެތި ހުއްޓުވުމުގައި ފުލުހުންގެ މައްސަލައެއް ނެތް ކަމަށާއި އެ މައްސަލަ އިތުރަށް ބޮޑު ވަމުން ދަނީ ސިޔާސީ ލީޑަރުންގެ ނިޔަތް ބަލިކަށިވެގެން ކަމަށެވެ.
"މި މައްސަލަ ހަމަޖައްސަން ވަރަށް ސާބިތު ނިޔަތެއް އޮންނަން ޖެހޭނެ." އުމަރު ވިދާޅުވިއެވެ.
އުމަރު ވަނީ އޭނާ ހޯމް މިނިސްޓަރު ކަން ކުރެއްވި އިރު ތަޖުރިބާ ކުރެއްވި ބައެއް ކަންކަން ވިދާޅުވެ ދެއްވައިފައެވެ. މި ގޮތުން މަސްތުވާތަކެތި ބޭނުން ކުރާ މީހުން ދޫކުރުމުގައި ފަނޑިޔާރުންނާއި ވިޔަފާވެރިންގެ އިތުރުން ސިޔާސީ ބާރުގަދަ ބަޔަކުވާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. ނަމަވެސް ވަކި ބައެއްގެ ނަން ވިދާޅެއް ނުވެއެވެ.
ޅަދަރިންނާއި، ޤައުމުގެ މުސްތަޤުބަލައްޓަކައި މިޤައުމަށް މަސްތުވާތަކެތި އެތެރެކުރާ މީހުން އުނމުރަށް ޖަލަށްލުން ނުވަތަ މަރުގެ އަދަބު ދިނުން ކޮންމެހެންވެސް މުހިންމު
ތިކަންތައްތަށް ބަލަންތިބި އިސްމީހުން ތީގެ މޭސްތިރިންނަކީ.
ތިކަމަށް ތާއީދު
ތިކަން ވީ ކުރަން. ޒުވާން ޖީލް ނެތިދަނީ މި ހެން ބަލަން ތިއްބާ
އެހެންވެގެންތާ އަބްދުﷲ ޤާޒީ ދޫކޮށްލަން ނިކުތީ އެކްކު މަރައިގެން ކޯޓުން ދޫކޮށްލީ ފުލުހުން ބުނެބުނެ އޮއްވާ.. ނިކުމެ 2 ވަނަ މީހާ މަރާލީ މިކަމުން އެމީހަކު ހިތްވަރުލިބިގެން އުމަރުމެންގެ ސިކުޑީގަ އުރައްޕޭއް ހަމަނެތީތާ.. ތިޔަވަރުގެ މީހަކައް ދުވަހަކުވެސް ވެރިކަމެއް ނުލިބޭނެ... ވެރިކަން ހޯދުމައް މީނަގެ ބަސްމަގުވެސް ރާގުވެސް ބަދަލުކުރަނި މައެކަންޏޯލަ ހުރިހާކމެއް ކުރެވޭނީ ނުވާނެ އިގޯފަލައީ
އެހެނެއް ނޫންވީ، ކަލެއަށް މާބޮޑަށް އެނގިފަ ތިއޮތީ.
މަރަށް މަރުހިފަން ދިވެހިސަރުކާރުން އުޅުމުން އެކަމަށް ހުރަސް އެޅީ ބަ އިނަލް އަގުވާމީ އެކި ޖަމި އްޔާތަކާ ގަ އުމުތަކުން..ޑްރަގް ވިޔަފާރިކުރަނީ ދުނިޔޭގެ ނުފޫޒުހުރި ވިޔަފާރިވެރިންނާ މާފިޔާތަކާ ސިޔާސީބާރާ ނުފޫޒު އޮތްމީހުން..ދިވެހިރާ އްޖެ އަށް ޑްރަގް މަ އިގަޑު ގޮތެ އްގަ އެތެރެވާތަންވެސް ފެންނަނީ ކިލޯ އަކުންނޫން ޓަނުޓަނުން..ވަ އިގެ މަގަށްވުރެ ކަނޑުމަގުންކަން.. އިދުރީސްބޭގެ ދަރިޔާ ހަ އްވަ އްތަގެދަރި ގެންނަ ދެތިންގްރާމެނޫން މަރާލަން ތިޖެހެނީ ނިކަމެތިމީހާގެ ދަރި ޓަނުޓަނުން ޑްރަގް އެތެރެކުރާ ވިޔަފާރިވެރިން ވެރިންނާ އެކު ޕާޓީކުރަންތިބޭނީ...ވެރިކަމަށް ކެންޕޭނަށް ކިތަ އްމެ ފޮންޏެވެސް ކެޑިދާނެ..
ފިލިޕިންސްގެ ރައީސް ޑްޑާޓޯ ހެދިހެން ދޯ؟ ސަޅިކަމަކަށްވާނެ!
އަހަރެން ތިކަމަށް ތާއީދު އަހަރެންވިއަސް އަހަރެން ދަރިއަކުވިއަސް ތިކަން ކޮށްފިއްޔާ ތިގޮތައްހަދަންވީ. މައްސަލައެއްނެތް.
ޑްރަގާ ގޭންގް މައްސަލަތައް ހަމައަކަށް އަޅުވަފާނެ. ލާދީނީ ކަންކަން ހުއްޓުވާފާނެ. މަތިފަޑީގައި ތިބޭ ބޯ މީހުން ފަޅާއަރުވަފާނެ. ކޮރަޕްޝަންގެ ކަންކަން ހަމައަކަށް އަޅުވަން އުޅެފާނެ. އެއްކޮށް ކޯލިޝަން ހަދާ މީހުންގެ ދަށުނުވެ އެމީހުން ބޭނުންވާހާ މަގާމެއް ނުދީފާނެ. މިހުރީ ހައްތަހާވެސް ގިނަ ބަޔަކު އުމަރު ވެރިކަމަށް ގެންނަން ބޭނުންނުވާނެ ބައެއް ސަބަބުތައް.
އެހެންވިޔަސް ރާއްޖޭގެ ނިކަމެތިންގެ ބޮޑު ތާއީދަކާއެކު މާތްﷲގެ އިރާދަފުޅާއި ވާގިފުޅުން 2023ގެ ރިޔާސީ އިންތިޚާބު އުމަރަށް ކާމިޔާބު ކުރެވޭނެ. 2023ގައި އުމަރަށް ވޯޓު ދެމާ!
ޢުމަރާ ހޯމް މިނިސްޓަރަކަށް ހުރިއިރު ކީއްވެ އެކަން ނުހުއްޓުވީ! ކޮންމެ މީހަކުވެސް ކަމަކަށް ނާރާހާއިރު ފޮނި އަނގަތަޅާނެ! ކަމެއް ލިބުނީމަ ވާލުހައްޕު
ހޯމް މިނިސްޓަރަކަށްވެސް އަދި އެހެން މިނިސްޓަރަކަށްވެސް ކަމެއް ކުރެވޭނީ އެއިރަކު ހުންނަ ރައީސަކު އަންގާ ގޮތެއްގެ މަތިން. އެހެންނޫންނަމަ އުމަރު އަދީބު ސައިޒު ކޮށްފަ ބެހެއްޓީސް. އަދީބުގެ މައްޗަށް ތަހުގީގެއް ހިންގަން އެދުނު އިރަށް އުމަރު އަތުން ހުރިހާ ބާރުތަކެއް ޔާމީނު ނަގައިފި. ކެކެކެ.
ކަލޭ 3 އަހަރާބައި ކީއްކުރީ ؟
ރައީސުލް ޖުމްހޫރިއްޔާ ކޮރަޕްޓު ބައިގަނޑެއްގެ ފަހަތުގައި ހުރެގެން ގައުމުގައި އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހު ކުރަން އެއްބާރުލުން ނުދިނީމަ އިސްތިއުފާދިނީ.
ޢުމަރު ވެރިކަމަށް އައިސްސިއްޔާ ތިކަން ހުއްޓޭނެތަ؟
ނުހުއްޓުނަސް އަތްނުފޯރާ ފަށަކަށް ނުދާނެ.
ތިޔައީ ރާވައިގެން ހިންގާކަމެއް މަދުބައެއްގެ ވަޒީފާ ހިމާޔައްކުރަން ޒުވާނުން ކިޔަވައިގެން ނިކުތަ ނުދޭން ކުރަމުން އަންނަކަމެއް މީގަ ހެއްވާކަމަކީ ތިޔަކަންތައްތައް ހުއްޓުވަން ތިބިބަޔަކު އެކަން ހުއްޓުވަން ނޫޅެ އެކަމަކު އެބައިމީހުންގެ މާމަދަރިން ކާފަދަރިން ގޮވައިގެން ސުކުލްތައްދޮށައްގޮސް އެދަރިންނައް ކިޔަވައިދޭން މަސަތްކައްކުރަމުންދާއިރު އެއްކަލަ ކުއްޖާ ބޮޑުވެގެން ނިކުންމަމަހައިލް މިއޮންނަނީ ކުށުގެ ހާޔަކައްވެ އެއްކަލަކުއްޖާމިވަނީ ކުށުގެ ރިކޯޑް ހަދާ ސުޓާރަކައް މަކަމާ ވިސްނާބޭފުޅަކުނޫޅޭ އަމިއްލަ އާއިލާކީއްކުރަންތޯ އަމިއްލަ ނަފްސްދެކެ ލޮބިވާމީހަކުނޫޅޭ ގައުމެއްގެ ހާލަތު ދާނެވަރައްގޮސް ނިމެނީ މިހާރުދެން
ކަލެއަށް ތިކަންތަށް ކުރުމުގެ ބާރު ދިނީމާ ކަލޭވެސް ދިމާކުރީ މިޤައުމުގެ ވެރިކަމަށް ސަވާރުވާން ! ދެން މިހާރު ކޮންމެހެން ފޮނިކަޑާނެ ކަމެއް ނެތް ! ތިޔަތިބީ ފޭލްވެފަ ތިބި މީހުން !
މިއީމީހުން މަރަން ހާދަފޯރި ހުންނަރައީސެކޭދޯ