ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށީގެ ރޮކް ޕްރޮފައިލިން މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ފުލިދޫ ގޮނޑުދޮށުގެ ބޭރުތޮށީގެ ރޮކް ޕްރޮފައިލިން މަސައްކަތް ފެށީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 270 މީޓަރުގެ ބޭރުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ލެވޭ ހިލަފައިކަށިތައް ލުމާއި، 12000 ކޮޑިމީޓަރުގެ ވެލި ގިރާފައިވާ ސަރަޙައްދަށް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ 16.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.