މާލޭގެ ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެނަކު ރޭޕްކުރި މައްސަލާގައި އާޓިސްޓެއް ކަމަށްވާ ގދ.ތިނަދޫ ހަސަން ފާއިޒު (ޖޭސަން) ގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއިދުކޮށްފި އެވެ.

ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ ކޮއްކޮ ފާއިޒުގެ މައްޗަށް ރޭޕްގެ ތުހުމަތު, ޒުވާން އަންހެނަކު ކުރީ 2018 ވަނަ އަހަރު އެވެ. 19 އަހަރުގެ އަންހެން މީހާ އަކީ އާޓް ޕްރޮޖެކްޓެއްގެ މަސައްކަތަށް ފާއިޒުގެ އާޓް ސްޓޫޑިއޯއަށް ދިޔަ އާޓިސްޓެކެވެ. އެތަނަށް ގެންގޮސް އޭނާއާ ގަދަކަމުން ބެހުނީ ކަމަށް އަންހެން މީހާ ބުނެއެވެ. ނަމަވެސް ހައިކޯޓުގައި ފާއިޒު ބުނެފައި ވަނީ އޭނާ ޒުވާން އަންހެން މީހާ އާއި ބަދުއަހްލާގީ އަމަލު ހިންގީ އޭނާ ރުހިގެން ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް އުފުލަން ޖެހޭނީ ޒިނޭ ކުރުމުގެ ދައުވާ ކަމަށް ފާއިޒު ބުނެފައި ވެއެވެ.

އެއާއެކު އޭނާ ހައްޔަރުކޮށް ދައުވާ އުފުލި އެވެ. މައްސަލާގެ ޝަރީއަތް ހިންގުމަށްފަހު ކުރިމިނަލް ކޯޓުން ކަނޑައަޅީ, ރޭޕްގެ ކުށް ފާއިޒުގެ މައްޗަށް ސާބިތުވާ ކަމަށެވެ. އޭނާގެ މައްޗަށް އެ ކޯޓުން އިއްވި 15 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި ފާއިޒު އިސްތިއުނާފުކުރި އެވެ. އޭނާގެ މައިގަނޑު ނުކުތާއަކަށްވީ އޭނާގެ މައްޗަށް ކުށް ސާބިތުކުރުމުގައި ހެކި ވަޒަންކުރުން ގޯސް ކަމެވެ.

އޭގެ އިތުރުން ގާނޫނާއި ހިލާފަށް ބަލައި ފާސްކޮށް ހެކި ހޯދައި، އެހެއްކަށް ބުރަދަން ދީގެން ކުށް ސާބިތުކޮށްފައިވާ ކަމަށް ވެސް ފާއިޒުގެ ފަރާތުން ހައިކޯޓުގައި ބުންޏެވެ.

އޭނާ ހައިކޯޓުގައި ފާހަގަކުރި ގޮތުގައި ދަށު ކޯޓުން ހެކި ވަޒަންކޮށްފައިވަނީ އަނިޔާ ލިބުނު ފަރާތް އެކި ފަރާތްތަކަށް ކިޔާދީފައިވާ ކިޔާދިނުމަށް ބުރަދަން ދީގެން މާދަށް މިންގަނޑަކުން ކަމެވެ. އެކަމަށް ރައްދުގައި ދައުލަތުން ބުނެފައިވަނީ ޖިންސީ ކުށުގެ ގާނޫނުގެ 52 ވަނަ މާއްދާއިން އެކަމަށް ފަނޑިޔާރުންނަށް އިހްތިޔާރު ދީފައިވާ ކަމަށެވެ.

މައްސަލާގައި ހައިކޯޓުން އިއްވި ހުކުމްގައި ބުނި ގޮތުގައި ޖިންސީ ކުށުގެ ގާނޫނުގެ 52 ވަނަ މާއްދާ ބެލުމުން އަނިޔާގެ ޝިކާރައަށްވާ ފަރާތް މި މާއްދާގައި ބަޔާންކުރާ ފަރާތްތަކަށް ކިޔާދީފައިވާ ކިޔާދިނުމުގެ މައްޗަށް އެފަރާތްތަކުން ދޭ ބަޔާނަކީ ޝަރީއަތުގައި ބުރަދަން ދެވޭނެ ހެއްކެއްކަން އެނގޭ ކަމަށެވެ.

ގަދަކަމުން ނުރުހުމުގައި ޖިންސީ ގުޅުން ހިންގި ކަމާމެދު ފާއިޒު އިންކާރު ކުރިނަމަވެސް ހުކުމްގައި ބުނީ ރުހުން އޮތްކަމާމެދު ފަރާތުން އިންކާރުކޮށްފައިވާއިރު އަދި އެކަމުގެ މައްޗަށް ހެކިތައް ހުށަހެޅިފައިވާއިރު، އެ އަމަލު ހިންގާފައިވަނީ އަނިޔާލިބުނު ފަރާތުގެ ރުހުން އޮވެގެންކަން ފާއިޒްއަށް ދަށު ކޯޓުގައި ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

ދައުލަތުން ބުނެފައިވަނީ ޒިނޭ އާއި ރޭޕްގެ ކުށް އެއްހަމަކުރަނީ ގާނޫނީ އަސާސެއް ނެތި ކަމަށާއި ދަށު ކޯޓަށް ހުށަހެޅި ދަޢުވާއަކީވެސް ރޭޕްކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި އެ ކުށުގެ އުންސުރުތައް ސާބިތުކޮށްދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސްނޭޕް

    މީ އެއްކަލަ ޔާމީންގެ އެކުވެރި ނިހާނު ގޯތި ގޮލާ ދޯ

    8
    5
  2. ޖުއްބާ

    އޭ، ކަލޭމެން ކޮންއިރަކުތަ ރޯޔަލް ރޭޕުގެ މައްސަލަ ބަލަނީ؟؟ އެއީ ނުވާކަމެއްތަ؟ އެމްސީ ހަމީދުއާ ޖީހާނުމެން ހާދަމޮޅޭދޯ މައްސަލަތައް އޮއްބާލަން.

    17
  3. ޔ

    ޔާމިން އިރުގައި މައްސަލަ ބަލާ ދައުވާ އުފުލީ އެހެން ވީއިރު ތިޔާގައި މައްސަލައެއް ނެތް އެކަމު މިހާރު މިސަރުކާރު އައި ފަހުން ކިތައް މައްސަލަ ހިންދާލީ ކޮބާ ފެނަކަ މައްސަލަ ކޮބާ އަލީ ވަހީދު މައްސަލަ ކޮބާ ސަފާރީ ކޭސް ކޮންތާކުވީ ...... ލަދު ގަންނަން ޖެހޭ ސްކޫލްތަކުގައި ހިނގާ ކަންކަން ވެސް މީހުން މުޒާހަރާ ކުރީމާ ދެން މައްސަލަ ބަލާ ލާނެ އެކަމު ދޫކޮށްލާނެ އެކަމު މީހަކު ޓުއިޓެއް ކޮށްލައިގެން ވަޒީފާ އިން ކަނޑާލާ ކިތައް މީހުން ކަނޑާލައިފި ޑރ.އިޔާޒު.، ރ. އަތޮޅު ރަށެއްގެ ޓީޗަރެއް، އެމްޕީއެލް ގެ މުވައްޒަފެއް
    ލިސްޓް ވަރަށް ދިގު މިކަމަށް ޖީހާނުމެން ޖަވާބު ދީބަލަ ހުތުރުދޯ

    18
    1