ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ ބޭފުޅުންގެ ބާރު އޮންނަ ގޮތަށް އެ ކޮމިޝަންގެ އެކުލެވުން އޮންނަހާ ހިނދަކު، ޝަރީއަތްތަކުން އިންސާފު ލިބުނު ކަމާ މެދު ރައްޔިތުން ސުވާލު އުފައްދާނެ ޖާގަ އޮންނާނެ ކަމަށް އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ޖޭއެސްސީ އިސްލާހު ކުރުމަކީ، އެމްއާރުއެމް ވެސް ހިމެނޭހެން އުފައްދާފައިވާ ކޯލިޝަން ސަރުކާރުގެ ވައުދެކެވެ. ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމަށް މީގެކުރިން ރައްޔިތުންގެ މަޖިލިހުގައި މަސައްކަތްތަކެއް ކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވެއެވެ.
ފާރިސް "ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގެ ތެރެއިން، ޖޭއެސްސީގެ އެކުލެވުމާއި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުރަތަމަ ވިދާޅުވީ "ވަކި ޝަރީއަތަކާ ގުޅޭ ގޮތުން ދަންނަވާނެ ވާހަކައެއް" ނެތް ކަމަށެވެ.
ނަމަވެސް ޖޭއެސްސީގެ އެކުލެވުން ބަދަލުނުކޮށް ލަސްވަމުންދާ ދިއުމާ ގުޅޭ ގޮތުން، އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ކޮޅުގައި ޖޭއެސްސީގެ މެންބަރަކަށް ވެސް ހުންނެވި ފާރިސްގެ ކަންބޮޑުވުން އެބަ އޮތެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ބައެއް ކަންކަމަށް އިޝާރާތް ކުރެއްވުމަށް ފަހު ފާރިސް ވިދާޅުވީ، އެ ތަޖުރިބާތަކުން ޖޭއެސްސީގެ އެކުލެވުން ހިމެނޭހެން މުޅި އަދުލުގެ ނިޒާމު އިސްލާހު ކުރަން ޖެހިފައިވާ ކަން ހުރިހާ ސިޔާސީ ލީޑަރުންނަށް އެއްބަސްވެވުނު ކަމަށެވެ.
"އަޅުގަނޑުމެންނަށް އޭރު ވެސް އެއްބަސްވެވިފައި ހުރި ކަންތައްތަކެއް ހުންނާނެ. އޭގެ ތެރެއިން ހިމެނޭ އެއް ކަމެއް އެއީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތާއި، ޖޭއެސްސީގެ ދައުރާއި، މީހުން އައްޔަން ކުރުމުގެ ހަމަތައް އިސްލާހު ކުރުން،" ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ މިއަދާ ހަމައަށް އައި އިރު އެމްއާރުއެމް ވެސް ހިތްހަމަޖެހޭ ވަރަށް ޝަރުއީ ނިޒާމަށް އިސްލާހު ގެނެވިފައި ނުވާ ކަމަށެވެ.
ޖޭއެސްސީގެ އެކުލެވުން ހިމެނޭހެން ޝަރުއީ ދާއިރާގައި އިސްލާހު ކުރަން ހުރި ކަންކަން އިސްލާހު ނުވެ އޮންނަހާ ހިނދަކު ރައްޔިތުންގެ ތެރެއިން ބަޔަކު އަބަދުވެސް އިންސާފު ލިބުނު ކަމަށް ގަބޫލު ކުރަން ބޭނުން ނުވުމުގެ ޖާގަ ދެވިގެން ދާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.
"ރައްޔިތުން ބޭނުންވާ ވަރަކަށް ވެސް އިސްލާހެއް ނުވޭ، އެހެންވެ ތި ދެންނެވި ފަދަ ބައެއް މައްސަލަތައް (ރައީސް ޔާމީންގެ ޝަރީއަތް) ހިނގާދާއިރު، އިންސާފު ލިބުނު ކަމަށް ރައްޔިތުން ގަބޫލު ނުކުރުމުގެ ޖާގަ އެބަ އޮތް،" ފާރިސް ވިދާޅުވިއެވެ.
ޖޭއެސްސީ އިސްލާހު ނުވާހާ ހިނދަކު އިންސާފާ މެދު ސުވާލު އުފައްދަން ޖާގަ އޮންނާނެ ކަމަށް ފާރިސް ވިދާޅުވިއިރު، ޔާމީންގެ ޝަރީއަތް ބައްލަވާ ގާޒީންނާ ގުޅޭ ގޮތުން ޖޭއެސްސީ އިން އަމަލު ކޮށްފައިވާ ގޮތުން އެ ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްއާއި އެ ކޯލިޝަންގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރެއެވެ.
ޔާމީންގެ ޝަރީއަތް ހިނގި ގޮތް
ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ. ނަމަވެސް ހުކުމާއި ހަމައަށް ގޮސްފައިވަނިކޮށް ހައިލަމް ސަސްޕެންޑް ކުރިއެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭންފަށެއް ޖަހާފައިވާ މަންޒަރުގެ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ފޮނުއްވައިގެންނެވެ.
ދެން އެ މައްސަލަ ހަވާލުވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދުއާއެވެ. އަލީ ރަޝީދު އިސްވެ ހުންނަވައިގެން މައްސަލަ ބައްލަވަން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލެއްވިއެވެ. އެ ބެންޗުގައި ތިއްބެވީ ގާޒީ އަލީ ރަޝީދުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި، އޯޑިއޯ ލީކުވެގެން އުޅޭ ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްއާއި، ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.
މި ގާޒީންގެ އަޑުތަކުގެ ސާމްޕަލް ނަގައި ޖޭއެސްސީން އެ ތަކެތި ފުލުހުންނާ ހަވާލު ކުރިއެވެ. އެ އަޑުތައް ތަހުލީލު ކުރަން ފުލުހުން ދިނީ އަމިއްލަ ފަރާތަކަށެވެ. އެ ފަރާތުން ކުރި ތަހުލީލުގެ ނަތީޖާއިން ގާޒީ ފާއިޒްގެ އަޑު ދިމާވާ ކަމަށް ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ. އަދި އެ މައްސަލައާ ގުޅިގެން ފާއިޒް މިހާރު ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ. ދެން ތިބި ދެ ގާޒީންގެ އަޑު ދިމާނުވާ ކަމަށް ޖޭއެސްސީއިން ބުނެއެވެ.
ޖޭއެސްސީގެ ރައީސަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިނެވެ. ނައިބު ރައީސަކީ ރައީސް ސޯލިހްގެ މެންބަރެއްގެ ގޮތުގައި ކޮމިޝަންގައި އިންނަވާ މަސްތޫރު ހުސްނީއެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިންނަވައެވެ. ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވެސް އިންނަވައެވެ. މިއީ ޔާމީންގެ ވާދަވެރިންނެވެ.
ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގައި އަންނަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރާނެއެވެ. ދަށު ކޯޓުން އިއްވި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފައެވެ. ޔާމީންގެ އުފުލިފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ހިނގަމުންދާއިރު، މިދިޔަ ހަފުތާގައި އިތުރު ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވެއެވެ.
ޙުކުމެއް އޭގެ މައްޗަށް ބިނާވެފައިވާ ރުކުންތައް ފުރިހަމަނުވާގޮތަށް ކުރެވިއްޖެނަމަ އެޙުކް އަބަދުވެސް ދެމި އޮންނަނީ ބާޠިލް ޙުކުމެއްގެ ގޮތުގައި. ކުށެއް ކުރިކަމަށް މީހަކު އަމިއްލައަށް އެއްބަސް ވުމަށްފަހު އެކުށުގައި އޭނާއި އެކު މިވެނި އެވެނި މީހަކު ބައިވެރިވިކަމަށް ބުނެ، ކުއްކުރިކަމަށް އަމިއްލަ އަށް އިޢުތިރާފު ވި މީހާގެ ހެކި ބަސް ގަބޫލުކޮށް ހިންގޭ އެއްވެސް ޝަރީޢަތުގައި ޢަދުލުވެރިކަމެއް ނުހުންނާނެ. އަދި ޝަރީޢަތް ކުރަން ތިއްބަވާ މީހުންނަކީ ވަކި ފަރާތަކަށް ޖެހިގެން މަސައްކަތް ކޮށްފައިވާ ބައެއްކަން މުޖުތަމަޢު ގެ އެންމެ ނަށް އެނގިފައިވާ އިރު އެފަދަ ފަރާތްތަކުން ޙުކުމެއް ކުރަންޖެހުނީމާ ކުރީގައި ހުރި ވިސްނުމުން އެއްކިބާވެ ހުރެ ޙުކުމްކުރެވޭނެ ކަމަށް މުޖުތަމަޢު ގެ ގިނަބަޔަކު ޤަބޫލެއް ނުކުރެއެވެ. ވީމާ ޢަދުލުވެރި ޙުކުމް ލިބުމަށް އެދުނު ކަމުގައި ވިއަސް ޢަދުލުވެރިކަން ޢަމަލުން ދެއްކޭވަރުގެ ބަޔަކު ތިބެދާނެ ކަމާއި މެދު ޝައްކު އުފެދޭ. ކަން މިހެން ހުރިނަމަވެސް އުންމީދުކުރަންވާނީ ރަގަޅު އަދުލުވެރި ޙުކުމްލިބިގެންދާނެކަމަށް
ޖޭއެސްސީއަށް ކަޅުދަބަސް އުފުލާދިންއިރު އިންސާފާމެދު ޔަޤީންކަން އޮތްދޯ! ފަޅޮލޭ ކިޔާ!
މި ރައީސް (މައުމޫން ރިފޯސްގެ ) އެބަ އަނގަފަޅާ! ސިޔާސީ ހައްޕުނޑު
ޖޭއެސް ސީގަ ތިބެންވީ ކަލޯއާއި ބައްޕަ އާއި 3 ކޮއްކޮއިންނާއި
ކަލޯ ކޮންތާކު އުޅެލާފަ ތިޔައައީ...
ކަދުރު ބަހާ ގަޑިއަށް ތިވައްޓާލީ... ސާބަހޭ ދަރިޔާ..
2023 މަތިން ހަނދާން ނައްތާލާ ބުރޯ.
މިއީ ދެން ކާކު މިހާރު އަނގަފަޅައިގެން އުޅޭ...! ރައީސް ޔާމީން ގެ ދައުރުގައި، މަޖްލިހުގެ ގޮނޑީއެއް ވެސް ލިބުނީ އެމަނިކުފާނު ކޭމްޕޭނަށް ވަޑައިގެން ކޮށްދެއްވި މަސައްކަތުންކަން މިބޭފުޅާ ހަނދާނެއް މިހާރަކު ނެތް. ރައީސް ޔާމީން އަކީ ބައްޕާފުޅުގެ ބައްޕާފުޅުގެ ގޭގައި ގެންގުޅުނު އަންހެނަކަށް ލިބިލެއްވި ދަރިއަކަށް ވީތީވެ ޒަމާނުން ސުރެއް އާއިލާތެރޭގައި އޮތް ހަސަދަ ވެރިކަމެއް ފިލުވާލީ. އެމަނިކުފާނުގެ ސަރުކާރުގައި ތަރައްޤީ މެކުހައްޖައްސަވާ، އަދީބުމެން ކޮރަޕްޝަން ގެ އެތައް ޢަމަލެއް ހިންގަވާކަން ފަޅާއެރުމުން ދަނޑީވަޅު ބައްލަވާ ފިޔަވަޅު އެޅުއްވި. މަޖްލިސް މެމްބަރުން ކޮޅެއް ބޭނުން ކުރައްވައިގެން އެމަނިކުފާނު އިމްޕީޗުް ކުރައްވަން އުޅުމުން އެކަމަށްވެސް ފިޔަވަޅު އެޅުއްވި ހިކުމަތްތެރިކަމާއެކު. އަދިވެސް، އިނގޭ އެއްކަމަކީ، މި ފާރިޝް ހިމެނޭގޮތުން، މެމްބަރުންނަށް ލާރި ދީގެން ގަނެގެން ބޮޑު ޖަރީމާއެއް ހިންގިކަން. މިކަމެއް ދޮގެއް ނުކުރެވޭނެ. ދުވަހަކުވެސް، މަޢާފެއް ތިބޭފުޅާއަކަށް ކުރުމެއް ނެތް. މައުމޫނުގެ ބޭފުޅުންގެ ތެރެއިން ޤަނޑުވަރުތެރޭގެ ރަން ފާހާނާ ތަށީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ބޭފުޅާއަކީ މި ފާރިޝް. މީނާގެ ހުންނަ ބޮޑާ ކަމާ، މީހުންނާ ނުގުޅޭކަމަކީ އިންތިހާއަށް އަރާ އޮތް ކަމެއް. މައުމޫނު މީނާއަށް ވެރިކަން ފުރޮޅާލަން ކިތަންމެ މަސައްކަތެއް ކުރެއްވިއަސް މިހާރު މާ ލަސްވެއެޖެ. ދެނެނެއް ތިކަމެއް ކާމިޔާބު ނުވާނެ.
ފާރިޝް ބުންޏަސް ތެދެއްވިއްޔާ ވާނީ ތެދަކަށް......
ޖޭއެސްސީ އެއީ ސިޔާސީ ވަފާތެރި ކެހިވެރިން މޮޑޭ ފުއްގަޑެއް ނުންތޯ އެރަގަޅު ކުރަން އެމީހުން ނޫޅޭނެ !