އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ޝަރުއީ ދާއިރާ މިނިވަން ވެފައިވާ ކަން އެނގިގެން ގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"އާސްކް ސްޕީކާ" ގެ ނަމުގައި މަޖިލީހުގެ ރައީސްއަށް އާންމުންނަށް ސުވާލު ކުރެވޭ ޕްރޮގްރާމްގައި މީހަކު ކުރި ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ ވެރިކަމުގެ ބާރު ނެތް ދަނޑިވަޅެއްގައި، ކުރީގެ ރައީސެއްގެ މައްޗަށް އިއްވި ހުކުމެއް އެންމެ މަތީ ކޯޓުން ބާތިލް ކުރުމަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިނގި ކަމެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ ނިންމުމުން އެނގިގެން ދިޔައީ ޝަރުއީ ދާއިރާ އިސްލާހުވެ މިނިވަން ވަމުންދާ ދިއުން ކަމަށެވެ. ނަޝީދު ވިދާޅުވީ އެ ހުކުމާ މެދު ހިތްހަމަޖެހޭ ބަޔަކު އަދި ހިތްހަމަނުޖެހޭ ބަޔަކު ވެސް ތިބިދާނެ ކަމަށެވެ.
"ޔަގީނުން ވެސް، ޝަރުއީ ދާއިރާ، ޝަރުއީ ނިޒާމު، ޝަރުއީ ކޯޓުތައް، އިސްލާހު ވެގެން އަންނަ ކަމީ، އެ ނިޒާމު މުޅިން މިނިވަން ވެގެންދާ ކަމީ އެންމެން ވެސް މިއަދު ގަބޫލު ކުރާ ކަމެއް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ސުޕްރީމް ކޯޓުގައި ނިންމުނު ގަޒިއްޔާއިން ވެސް އެނގުނީ ޕްރޮސެކިއުޝަން އަދި ފުލުހުންގެ ތަހުގީގުގައި މައްސަލަތަކެއް ހުރިކަން އެނގިގެން ދިޔަ ކަމަށެވެ. އެއީ ވެސް އިސްލާހު ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޔާމީންގެ މައްސަލަ ހިނގައިދިޔަ ގޮތް:
ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ. ނަމަވެސް ހުކުމާއި ހަމައަށް ގޮސްފައިވަނިކޮށް ހައިލަމް ސަސްޕެންޑް ކުރިއެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭންފަށެއް ޖަހާފައިވާ މަންޒަރުގެ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ފޮނުއްވައިގެންނެވެ.
ދެން އެ މައްސަލަ ހަވާލުވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދުއާއެވެ. އަލީ ރަޝީދު އިސްވެ ހުންނަވައިގެން މައްސަލަ ބައްލަވަން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލެއްވިއެވެ. އެ ބެންޗުގައި ތިއްބެވީ ގާޒީ އަލީ ރަޝީދުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި، އޯޑިއޯ ލީކުވެގެން އުޅޭ ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްއާއި، ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.
މި ގާޒީންގެ އަޑުތަކުގެ ސާމްޕަލް ނަގައި ޖޭއެސްސީން އެ ތަކެތި ފުލުހުންނާ ހަވާލު ކުރިއެވެ. އެ އަޑުތައް ތަހުލީލު ކުރަން ފުލުހުން ދިނީ އަމިއްލަ ފަރާތަކަށެވެ. އެ ފަރާތުން ކުރި ތަހުލީލުގެ ނަތީޖާއިން ގާޒީ ފާއިޒްގެ އަޑު ދިމާވާ ކަމަށް ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ. އަދި އެ މައްސަލައާ ގުޅިގެން ފާއިޒް މިހާރު ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ. ދެން ތިބި ދެ ގާޒީންގެ އަޑު ދިމާނުވާ ކަމަށް ޖޭއެސްސީއިން ބުނެއެވެ.
ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާ އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރަން ނިންމި މައިގަނޑު ސަބަބަކީ ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމާ މެދު ފާޅުކަން ބޮޑު ގޮތެއްގައި ސުވާލު އުފެދުމުންނެވެ.
މި ހުކުމުގެ ރައުޔަ އިއްވެވީ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ބެންޗުގައި ތިއްބެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި ޑރ. މުހައްމަދު އިބްރާހީމް ވަނީ ފަނޑިޔާރު މަހާޒްގެ ރައުޔައަށް ތާއީދު ކުރައްވައިފައެވެ.
ސަރުކާރުން ބުނިގޮތައް ސުޕުރިމް ކޯޓުން ބޯނުލެބީ އަލީ ރަޝީދާ ހަވާލު ކުރިނަމަ މިނިވަން ނުވީސް
ސްޕްރީމް ކޯޓު އެނިދޯ އެހެން ވި އްޔާ މިނިވަން ވެފަ އޮތީ؟
ޢެމިނިވަންވީތަ ހަރާމްހުކުމަކައް ދެތަނުން ނިއްމިއިރު މިހާރު މިނިވަންވި ހުކުމުން އެނގުނީ މަތީތައުލީމު ލިބިފަތިބިބަޔަކައް ނުފޫޒްނުފޯރުވޭނެކަން މިހާރު ތިކިޔާކޮސްއަޑުއަހާނެ އާއްމުބަޔަކުނެއްދިވެހިރާއްޖެއަކު ތިބީއަނެއްދިވެހިރާއްޖޭގަ ޗިޗަންޑާ19އިގަ މިނިވަވަން ވުމު ދެފަޔައްހިނިއަރާގެން އަމުރުނެރެންދުވަނީ ވެރިއަކައް ކާކުހުރި މުއައްސަސާއަކުންތޯ މިހާރުވެސް މައުމޫނުތަހުރީ ކޮސްނުގޮވާ އަބުދުއްލާ ގާޒީއައް 100 ފޫޓް ދެއްކިހެން .
ބަރުލަމާނީ
ރ.ނަޝީދު ތިޔަވިދާޅުވާފަދައިން ރ.ޔާމީން މިނިވަންވީ ޝަރުއީ ދާއިރާ މިނިވަން ވުމުންކަމުގައިވާނަމަ ކީއްވީތޯ ހައިކޯޓަށް ރ.ޔާމީނު ވެއްދި އިސްތިއުނާފުން އެމަނިކުފާނު މިނިވަންވާގޮތަށް މައްސަލަަ ނުނިންމެވީ؟؟ އަދި ކީއްވެގެންތޯ ސުޕުރިން ކޯޓަށް އިސްތިއުނާފު ހުށަހަޅަން ޖެހުނީ؟؟ފުރަތަމައަށް މައްސަލަ ކުރިއަށްގެންދެވި ފަނޑިޔާރު ހައިލަމު ކޯޓުން ބޭރުކުރުމާއި ލީކުވެފައިވާ އޯޑިއޯއިންވެސް އެބައިނގޭނޫންތޯ ޖުޑިޝަރީ މިނިވަންވެފައިވާވަރު.
ެިއިބޫގެ ވެެރިކުމުގެ ބާރު ނެތްކަން ނަޝީދު ގެ ސާފު ބަހުން އެބުނީ ވަރުގަދަ ވާހަކައެއް މިވެރިކަން ފަނު ފުލުން ލާނެކަން އެކަމުގެ މޭސްތެރިއަކީ ނާޝީދު އޭނާގެ ރޭވުން މިއީ ބަލަން ތިބޭ
ޔާމީން މިނިވަންވީ ކަލޭގެ ނުފޫޒު ހެއްކާ ޤަރީނާއަށްވުރެ ނިކަމެތިވީމަ
އެއްކަލަ ފިލްމުސްޓާރު ނުބާބާބޮސް މުޙައްމަދު އޮމްރިސްޕޫރީ ކަލޭގެ މީ! މީނަ އަށް ހީވަނީ އަދިވެސް ދިވެހިންމީ ހިންދުސްތާނު ފިލްމު ކުޅޭބައެއްހެން، މި އޮމްރިސްޕޫރީ ދައްކާ ވާހަކަ އަކާ ޢަމަލަކާ އާޚިރުގައި ދިމަލެއް ނުވާނެ! މީނައަށް ބައިއަތު ހިފާގެން ތިބި ހުރިހާ ސްޓާރުންނަކީ މަދު މީހެއްފިޔަވާ ހަމަ ޑްރާމާ ސްޓާރުން. މި އަދު މީނާ ހީލަހީލާ މޮޅު މުނާފިގު ފޮނިކަނޑަން ބައިންދާލަ! ކުރިޔަށް އޮތީ މިކަލޭގެ މަޢިބަދަ އަށް ވެކްސިން ދިވެހިރައްޔިތުން އުފައްދާ މީނަ ވެކްސިންޖަހާލާނެދުވަސް! އޭރުން ޖުޑިޝަރީ މިނިވަންކަންފެންނާނެ! من الجنة والناس މީ ހަމަ ބޮޑުވެގެންވާ ޔަހޫދީގެ އާރުކާޓީ އެއް. މީނަ ގެނެސްގެން މިއުޅޭ ޑިމޮކްރެސީ އަކީ ބޭރު ލާދީނީ ގައުމުތަކުގެ މަގުމަތީ އެންމެ ޑީގްރޭޑް ޑިމޮކްރެސީ! ދިވެހިން ހޭއަރަންެވެއްޖެ އެންނު! އިންޝާ ﷲ ނަޝީދުމެން ޖެހޭނީ ހަަަމަ މުނާފިގުކަންމަތީ ބޭރު މީހުންގެ ތައްޕާހުގައި އަމިއްަލަ އެދުމާގެން އުޅޭން. ކަލޭދައްކާ ދެފުއްކެހެރި ވާހަކަ މިހާރަު ރައްޔިތުން ނުބަލާކަލޯ،ހަހަހަހަހހަހަހަހހަަހަ، ޝޮކުންދާނީ!
ތިހައްދަަވަނީ ވަރައްބޮޑު ދޮގެއް ޔާމިނު ސަލާމަތްވީ ދައުވާގަ އެބޫ ކުއްތައް އެމަނިފާނު ނުކުރައްވާތީ
ޝަރުޢީ ދާއިރާއަކީ ސިޔާސީ ވަފާތެރި ކެހިވެރިން މޮޑޭ ފުއްގަޑެއްހެން އޮންނަ އެއްޗެއް، ސިޔާސީ މީހުނަށް ނުކެރުނު ޖޭއެސްސީ މިނިވަންކޮށް އެތަނުން ސިޔާސީ މީހުން ދުރައްލާން ! ޝަރުޢީ ދާއިރާ ސިޔާސީ މީހުންގެ އައްދަށުން މިނިވަނެއް ނުވޭ !
ކުށްނުކުރާމީހަކު ކުށުން ބަރީއަވާން ޖެހޭތަ ވެރިކަމުގައި ނޫނީ ބާރެއްގައި ހުންނަން
މީނާ ދައްކާ ވާހަފުޅު ރަނގަޅު ވާނީ އަޑު ނޭހިއްޔާ ވަގުތު މީހުންވެސް ހީވަނީ ނަޝީދާ ހިތާވެގެން އުޅޭހެން.
ރައީސް ޔާމީން ސަލާމަތްވީ ތީ ﷲ އަށް ހަމްދު ކުރަން. އެކަމަކު މިކަމަކީ ބަރުލަމާނީ ގެންނަން ޑީލަކާއި އެއްކޮށް ވީކަމެއް ނޫން ކަމަށް އުންމީދު ކުރަން
ސައުދީ ވަލީ އަހުދު ސަލްމާން މިސްކިތް ހުޅުވަން އަންނާނީ ޔާމީން މިނިވަންވުމުން އަދި ޔާމީންއާއި ބައްދަލުވެސް ކުރާނެ. އަދި އެހީއެއް ލިބޭނީވެސް ޔާމީން މިނިވަންވުމުން.
ކޮވިޑްގެ މިދަތިހާކުގައި އުޅޭއިރުވެސް ސައުދީން އެއްވެސް އެހީއެއްނުލިބޭ. ނަމަވެސް ދެން އެހީލުބޭނެ
ޔާމީން މިނިވަން ނުވިނަމަ ކަލޭ ބުނާނަންތަ ޝަރުއީ ދާއިރާ މިނިވަންނުވެޔޭ؟...ހައްހައް ހައްހައް..
ނޫން! އެމަނިކުފާނު ސަލާމަތްވީ އެއީ އެމަނިކުފަނު ނުކުރަ ކުށަކަށްވާތީ!!!
ތިޔަ ބޭފުޅާ ބުނިގޮތް ސްޕްރިމްކޯޓުން ނުހެދީ އެއީ ސަރުއީދާއި މިނިވަންވުންނަމަ މިނިވަންވީ ހަގީގަތަކީ ކަލޭމެން ކިތަންމެވަރަކަށް މިގައުމު ބައެއްގެ އަޅުވެތިކަމަށް ފޮނުވަން އުޅުނަސް ﷲ އެގޮތަށް ހިންމަވައިނުދެއްވީ!
ތިޔަ ހުކުމުގެ އެޑްވާންޓޭޖް ނަގައިގެން ޝަރުޢީ ދާއިރާ މިނިވަންވެފައޭ ކިޔަސް ކާކު ގަބޫލު ކުރާނި. ޖޭއެސްސީ އެހެން އޮތްހާހިނދަކު މިނިވަނެއް ނުވާނެ.މަޖިލީހަށް ޖުޑިޝަރީގެ ކަންކަމަށް އަތްބޭނޭހާ ހިނދަކު މިނިވަނެއް ނުވާނެ. ބިލެއް ހުރި ކޮންމެ މީހަކަށް އެބައެނގޭ ކީއްވެގެންކަން ހުކުމް ބާތިލުވީ. ކޮންމެހެން މަނިކުފާނު މެޑަލް ޖަަހަން އުޅޭނެ ކަމެއްނެތް.
ޝަރުއީދާއިރާމިނިވަންވީކީނޫން! ޙަސަދަވެރިކަންބޮލަށްއެރިވަރުން ބޮލަށްއެނބުރުންއަރައިގެން ވާނުވާގަތިބެގެންކަންތައްކުރީމައެހެންވީ! ޝަރުއީދާއިރާ މިނިވަންވިނަމަ ހައިކޯޓުންވެސްދޫކޮށްލާނެ! ޝަމީމުގެ އުންސުރާފަންސޫރުދިމާނުވާކަން ހައިކޯޓުންސާބިތުނުވީ ތިޔަދެމީހުން ހަތަރެސްފައިބާނާފައޮތީމަ މަގާމުގެދަހިވެތިކަމުގަ ތިބިބަޔަކަށްނަނާހުވަފެންދައްކާފައޮތީމަ!
ޔާމީންގެ ހުކުމުން އެނގެނީ ކުރީގެ ހުކުމަށް އަތްބާނައި ވަކި މީހަކު މަޅިއަކަށް ފައްތަން މަސައްކަތްކޮށްފަވާކަން
މާ ގިނަދުވަސްތަކެއް ނުވެ ، ސްޕްރިމްކޯޓުގެ ޙުކުމަށް ސަރުކާރުން އަތްބާނަން މަސައްކަތްކުރިވަރާއި އެކަމުގައި ހެދި ޑީލްތައް ހާމަވާނެއެވެ. ޙުކުމަށް އަތްބޭނުމަށާއި ރިޝްވަތުދީގެން 2 ފަނޑިޔާރަކު އަނބުރާލަން ކުރި މަސައްކަތް ސާފްކޮށް އެގެއެވެ.
ދައުރެއްގެ ވެރިކަމުގައި އަސުރަށް އިރުތިތިވާއުރު ‘ ނުވި އިސްލާހެއް ދެން ކުރަން ފެށޭނީވެސް ކޮން އިރަކުންބާ !! އިސްތިއުފާ //
ކޮއްކޯ ޔާމީނު ދޫކުރީ ބަރުލަމާނީ އަށް އާއެކޭ ބުނީމަ ދޯ.ބަރުލަމާނީ އާއި އެކު ދެން ބޮޑުވަޒީރަކީ ޔާމީން.އިންޑިއާ އައުޓް ވެސް ކިޔާނެ.ނުހުއްޓުވޭނެ.ކޮއްކޮ ފޭލިވެއްޖެ.މައުމޫނު ހެން ގޭގަ ހުރޭ.
ޔާމީން މިނިވަންވުމުން ގިނަ ކަންކަން ފާޅު ވެއްޖެ. އެއްކަމަކީ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިހްލާސްތެރިކަމާއި ވަކިފަރާތަކަށް ނުޖެހުން އިންސާފު ހޯދައިދޭންކުރިމަސައްކަތް. ޔާމީނާއި ޕިޖީ ގެ ވަކީލުންގެ ފެންވަރު ދަށްކަން. ސަރުކާރުން ކޯޓްތަކުގެ މައްސަލަތކުތެރެއަށް ވަންނަމުންދާމިންވަރު މައްސަލަތަކުގާ ބަލަންވީ މިންވަރަސް ނުބަލާ ހުކުމްކުރާކަން. ސްޕްރީމްކޯޓްގެ ހުކުމުގެ ސަބަބުން 3 ބޭފުލަކު ވަރަށް ބޮޑަށް ހިތާމަ ކުރަްވާނެކަން ޔަގީން. އެއީ ރައީސް އާއި އެޓަނީޖެނެރަލާއި ފިނޭންސް މިނިސްޓަރު އެއީ ބަޖެޓް ތާށިވެފާ ވަނިކޮށް ޔާމީނު އަތުން ހޯދަން ބަޖެޓް ކުރި 5 މިލިއަންޑޮލަރު ގެއްލިގެން ދިޔަ ކަމުގެ ހިތާމަ.
އޭނާ ސަލާމަތްވީ ގަޓް ހުރުމުން. ގަޓް ރައީސެއްވީމަ.
ސްޕްރީމް ކޯޓް މިނިވަން ކ ކަމާއެ ކު ހަރާތްތެރެ ވުމަ ކީ
އުފާވެރި ކ ކަމެ ކެވެ ދެން އޮތީ ޕީޖީ އާއި ޖޭއެސްސީ
މިނިވަން ކުރުމުގެ މަސައް ކަތެވެ
ރާއްޖޭގެ އަދުލުގެ ނިޒާމް ގަޑުބަޑު ކޮށް ސަރުޢީ ނިޒާމް
ބޮއްސުންލާފައި ވަނީ މި ދެތަން ކޮރަޕްޓް ވެފައި އޮތުމުން
ނެވެ.