މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވާން ފެށުމާ ގުޅިގެން، މާލޭަގައި ބާއްވަމުން އަންނަ ނައިޓް މާކެޓުތައް މެދުކަނޑާލަން އެޗްޕީއޭ އިން ނިންމި ނިންމުން ބަދަލުކޮށް، އަނެއްކާވެސް ހުއްދަ ދިނުމަށްފަހު، އެކަން ރޭ ހުއްޓުވުމުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން މުޒާހަރާ ކުރަން ފަށައިފިއެވެ.
މި ވިޔަފާރިވެރިން މުޒާހަރާ ކުރަމުން ދަނީ ރަސްފަނު ސަރަހައްދުގައެވެ. މީގެ އިރުކޮޅެއް ކުރިން މުޒާހަރާ ފެށިއިރު، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ވިޔަފާރިވެރިން ތިބީ އެ މީހުންގެ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.
މަގުމަތީ ބާޒާރު ކުރިއަށްގެންދިއުމަށް ފަހުން ދިން ހުއްދަ އެޗްޕީއޭއިން ބާތިލްކޮށްފައި ވަނީ އިންސްޕެކްޝަނަށް ފަހުގައި ކަމަށް ރޭ ވިދާޅުވެފައި ވެއެވެ.
މިހާރު އެ ސަރަހައްދުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ވިޔަފާރިވެރިން ދަނީ އަލުން ނަައިޓް މާކެޓް ފެށުމަށް ހުއްދަ ދިނުމަށް ގޮވާލަމުންނެވެ.
ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ނުދޭން އެޗްޕީއޭ އިން އެންގުމުން މާލޭ ސިޓީ ކައުންސިލުން އެކަން އިއުލާން ކުރީ ބުރާސްފަތި ވިލޭރޭ ކުރި އިއުލާނެއްގައެވެ. ނަމަވެސް ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ވިދާޅުވީ އެނިންމުން ބަދަލު ކޮށްފައިވާ ކަމަށެވެ.
ރަސްފަންނުގައި ޑިސެންބަރު 25 އިން ޖެނުއަރީ 5 އަށް ކުރިއަށް ގެންދިޔަ ނައިޓް މާކެޓް ނިންމުމުން ކުރިން ދިން ހުއްދައާއެކު 200 އެއްހާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ތައްޔާރުވަން ފެށީ އެތަނުގައި ބާއްވާ ދެވަނަ ނައިޓް މާކެޓަށެވެ. އެގޮތުން ފުރަތަމަ ވިޔަފާރިތަކުން ފެށީ ޓެންޓްތައް ހަދާށެވެ. އެކަމަށްވެސް އެތައް ފައިސާއެއް ހަރަދުވިއެވެ. ފަހުން އެ ހުއްދަ އަނބުރާ ގެންދިއުމާއެކު އަނެއްކާވެސް ޓެންޓްތައް ރޫޅަން ފެށިއެވެ.
އެެހެން ނަމަވެސް މި ހަރަކާތް އިންޒާމް ކުރާ ފަރާތުން އެޗްޕީއޭގެ އިސްބޭފުޅުންނާއެކު ދެއްކެވި ވާހަކަތަކަށްފަހު އަލުން ހުއްދަ ދިނީ ފިހާރަ ހިންގާ އުސޫޅުން ހިިންގާށެވެ. މިއާއެކު އަނެއްކާވެސް ވިޔަފާރިތަކުން މަސައްކަތް ފެށީ އެ މީހުންގެ ޓެންޓްތައް އަލުން ހެދޭތޯއެވެ. އަދި އެޗްޕީއޭގެ އުސޫލާއި އެެއްގޮތަށް އެކަން ކުރިއަށް ގެންދިއުމުގެ މަސައްކަތް ފެށިއެވެ.
ނަމަވެސް ރާ އަނެއްކާވެސް ހުއްދަ ބާތިލް ކުރީއެވެ. އެހެންކަމުން ކުރިން ކުރި މަސައްކަތް ދެވަނަ ފަހަރަށް ކުރަން ޖެހުމުން އެތައް ހަރަދެއް ވިޔަފާރިވެރިންގެ އަތުން ދިޔައެވެ.
އެހެންވުމާއެކު ވިޔަފާރިވެރިން މިއަދު ހަވީރު މުޒާހަރާއަށް ވަނީ ނުކުމެފައެެވެ.
އެޗްްޕީއޭ އިން އެޗްއީއޯސީގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، މާލެ ސިޓީގައި ކޮވިޑް ހާލަތު ގޯސްވަމުންދާތީ މާލޭގައި މަގުމަތީ ބާޒާރުތަަކާއި ހަފްލާތަކާއި، އިވެންޓްތައް ނުބާއްވަން ބުދަ ދުވަހު މާލެ ސިޓީ ކައުންސިލަށް އެންގި ކަމަށެވެ. ނަމަވެސް އިއްޔެއިން ފެށިގެން ނައިޓް މާކެޓް ހިންގމަށް ހަވާލުކޮށްފައިވާ ފަރާތުން އެކަމަށް ތައްޔާރުވުމަށް އަނބުރާ ނުލިބޭނެ ފަދަ ހަރަދުތަކެއް ވަރަށް ގިނަ ހަރަދުތަކެއް ކޮށްފައިވާތީ، ފިހާރަތައް ހިންގަން އެ އެެޖެންސީން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ވިޔަފާރި ކުރުމަށް ކަނޑައަޅާ ތަންތަން ދުރު ދުރުގައި ހުންނަގޮތަށް އަދި މީހުން ތޮއް ނުޖެހޭނެހެން ކުރިއަށް ގެންދިއުމަށް ދީފައިވާނެ ކަމަށް އެ މެސެޖްގައި ވެއެވެ.
"އެހެން ނަމަވެސް މިއަދު މި އޭޖެންސީއިން ކުރި އިންސްޕެކްޝަންގައި ރަސްފަންނުގައި މިކަން ކުރިއަށްދަނީ މަގުމަތީ ބާޒާރެއްގޮތަށް، އަދި މީހުން ތޮއްޖެހި ގައިދުރުކުރުމާއި މާސްކް އެޅުމަށް ސަމާލުކަންދީގެން ކަމަށް ނުވާތީ، އެބާޒާރު ކުރިއަށް ނުގެންދިއުމަށް ސިޓީ ކައުންސިލަށް މިއަދު ވަނީ އެންގިފައެވެ". އެޗްޕީއޭގެ އޮފިޝަލަކު ގްރޫޕަށް ފޮނުވި މެސެޖްގައި ވެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރީގަވެސް ގިނައީ ބަގުލަދޭޝްގެ ވިޔަފާރިވެރިން ފުރަތަމަމުޒާހަރާކުރަންވީ އެމުސީބާތުން ވިޔަފާރިތައްސަލާމަތްކޮއް ދިވެހިންގެ އަތްމައްޗައް ވިޔަފާރިތައް އަބުރާހޯދަން.
ކަލޭމެން ބަޑަށް ޖެހެނީތަ؟
ނެތް އެންމެ ދިވެއްސެއްވެސް. ހުސް ބިދޭސީން
ތިތާ ތިބީ މިޤައުމުގައި އެއްވެސް ޤަވާޢިދެއްނުހިގާ ބަންގާޅީން. އެމީހުން ހައްޔަރު ކޮށް ޤައުމަށް ފޮނުވަބަލަ.
އަސްލު ބަންގާޅު މީހުންގެ ޙައްޤުދޯ!
ކޮވިޑް ޑެލްޓާ ވޭރިއަންޓްގަ ވޯޓްލާން އޯކޭ ، ލޯރިސްކް އޮމިކްރޯން ކަޑަ
މުޅިން ބަނގުލާދޭޝް
މުޅިން ބަނގުލާދޭޝް މީހުން ތިބީ ތިމުޒާހަރާގަ. ހަމައެކަނި ލީޑަރ ދިވެއްސަކީ!
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
މަހީކުރީ ބޮޑު ދެޕާޓީ ގުޅިގެން ކުރާ މުޒާހިރާއެއް ކަމަށް..
މީދެން ކިހާ ބޮޑުވެއްޖެކަމެއް..ކޮވިޑްކޭސްތައް ހެސްކިޔާފަ ގިނަވެ އަނެއްފަހަރު ލޮކްޑައުންއަކަށްދިޔައީމަ އަހަރުމެން ދަރިންގެ ކިޔެވުން ޚަރާބުވެގެން ނޭ ދަނީ..ކޮބާ އެކުދިންގެ ހައްގު..ކަލޭމެން ގެ ހައްގު ނިމޭހިސާބުން އެހެންމީހުންގެ ހައްގަު ފެށޭކަމެއް ތިބައިގަނޑަކަށް ނޭގޭތަ؟ މިހާރު ތިކަމާހެދި އޯލެވެލް އިމްތިހާނުވެސް އެއް އަހަރުލަސްވެގެން ނޭ އެދިޔައީ....ގާމާރުތަކާ