ހުޅުމާލޭ ހިޔާ ފްލެޓްގެ ތިން ޓަވަރެއްގެ ބައެއް ލިފްޓުތަކުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށާއި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ލިފްޓްތަކުގެ މަރާމާތު މަސައްކަތް ނިމޭނެ ކަމަށް އެޗްޑީސީ އިން ބުނެފިއެވެ.
އެޗްޑީސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މަރާމާތުގެ މަސައްކަތަށް އެޗް-8 ޓަވަރުގެ ލިފްޓް 4 އާއި އެޗް-9 ޓަވަރުގެ ލިފްޓް-2 އަދި އެޗް-11 ޓަވަރުގެ ލިފްޓް-2 މަރާމާތު ކުރުމަށް އެލިފްޓްތަކުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ.
ހިޔާ ފްލެޓްގެ 25 ބުރީގެ ޓަވަރުތަކުގައި ދެ ލިފްޓް ނުނީ ތިން ލިފްޓް ހުރެ އެވެ. ތިން ލިފްޓެއް މަރާމާތު ކުރުމުގެ މަސައްކަތް މިފެށީ ލިފްޓްތަކުގެ ހިދުމަތް މެދުކެނޑޭ މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ.
އެ ފްލެޓްތަކުގެ ލިފްޓުތައް ދޭތެރެ ދޭތެރެ އިން ހުއްޓޭ މައްސަލަ ކުރިމަތިވެ، ގިނަ ބަޔަކު ކަންބޮޑުން ފާޅުކުރަމުން އަންނަތާ އެތައް ދުވަހެއް ފަހުންނެވެ. މަރާމާތު ކުރުމަށް ހިދުމަތް މެދުކަނޑާލި ކަމަށް ބުނާ ލިފްޓްތައް ވެސް ބޭނުން ނުކުރެވޭތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ.
ޖުމްލަ 25 ބުރިއަށް ހަދާފައިވާ 16 ޓަވަރުގައި ހަރުކޮށްފައިވާ 54 ލިފްޓުގެ މެއިންޓެނަންސް ބަލަހައްޓަނީ ކޮންޓެކް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ.
ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވާން ފެށިއިރު އެތަނުގައި ގިނަ އަސާސީ ހިދުމަތްތަކެއް ނެތުމުން ވެސް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިހާރު ހާހަކަށް ވުރެ ގިނަ ފްލެޓްގައި މީހުން ދިރިއުޅެމުން އަންނައިރު އަދިވެސް އެތަނުގައި ހުރީ އެންމެ ފިހާރައެކެވެ.
ހަފްތާއެއް ފަހުން އެޓެންޑް ވަނީ.. ދެން މަސައްކަތް ނިމޭއިރު ؟ މިފެންވަރުގެ ކުންފުންޏަކަށް މަސައްކަތް ދިނީ..
ލޯކޮލިޓީ ލިފްޓް ތަކެއް .. އެއްވެސް މެިނޓަނެންސް މަސައްކަތެއް ނުކުރޭ... ހިރަފުސް އަރާ ލިފްޓް ދޮރުތަށް ގުޑާނުލާ ހުރެ ހަލާކުވަނީ.. އެކަމަކު އަދިވެސް އިތުރު ފީއެއް ނަގާނެ ގޮތަކާމެދު އެޗްޑީސީން ވިސްނަނީ..