އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ބޭނުން ވަނީ ލޯބިން ދޭ ވޯޓެއް އެކަނި ކަމަށާއި ނަފުރަތު އުފައްދައިގެން ނުވަތަ އެންޓި ކެމްޕޭން ކޮށްގެން ވޯޓު ބޭނުންނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން އެޕާޓީގެ ދެ ފެކްޝަންގެ މެދުގައި އަނެއްކާވެސް ވާދަވެރިކަން އުފެދިފައިވާއިރު ރޮޒެއިނާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަފާތެރި މެންބަރެކެވެ. ކުރިޔަށް އޮތް އިންތިހާބުގައި އޭނާ ވާދަކުރައްވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާއެއްގެ މަގާމަށެވެ.

ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއަށް ތާއީދުކުރައްވާ އެއްވެސް ބޭފުޅަކު އެހެން ކެންޑިޑޭޓަކާ މެދު ހުތުރު ދޮގުތައް ހަދައި ދޮގު ފަތުރައިގެން އެންޓި ކެމްްޕޭން ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް، އަޅުގަނޑަށް ތާއީދުކުރައްވާ އެއްވެސް ބޭފުޅަކު އެހެން ކެންޑިޑޭޓަކާއި މެދު މިފަދަ ހުތުރު ދޮގު ފަތުރައިގެން އެންޓި ކެމްޕޭން ނުކުރެއްވުމަށް. މީ ހުސް އެމްޑީޕީގައި އެކީގައި ވޯކް ކުރަން ތިބި މީހުން. އަޅުގަނޑު ވޯޓު ބޭނުމީ ލޯބިން. ނަފުރަތު އުފައްދައިގެންނެއް ނޫން" ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމަށް ވެސް ދެ ބޭފުޅަކު ވާދަކުރައްވައެވެ. ރޮޒެއިނާގެ އިތުރުން ދެން އެމަގާމަށް ވާދަކުރައްވަނީ ވިމެން އެންޑް ޑިމަކްރަސީގެ ފައުންޑަރު ޝަފާތު އަހުމަދު ޒާހިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. މަލިކު ބުރޯ

    ޢާރޓިކަލްގައި ޖަހާފައިވާ ފޮޓޯއިން ރޮޒޭ ވައްތަރީ އާމަލް ކުލޫނީ އާއި،، ވަރަށް ރީތި އިނގޭ..

    11
    39
    • މާލެ

      އަސްތަޤްފިރުﷲ

      22
      2
      • ރަގަޅުކޮށްލާ

        އަސްތަޣްފިރުﷲ
        أستغفرالله

    • ޢަހޫ

      އާމާލް ކުލޫނީ އެހާ ރީތި ވީ ގޮތެއް މި ވިސްނަނީ މަށަށް އޭނަ ފެންނަނީ ސްކެލެޓަން އެއް ހެން

      • އަރިއަރި

        މަހީކުރީ މައިކަލް ޖެކްސަން ގެ ފޮޓޮއެއްކަމަށް

    • މަރިނާ

      އާމާޅް ކުލޫނީ ދުށިންތަ ބްރޯ؟

  2. ރޯނު އެދުރު

    ހުރި ހ ބޭކަލުންނާއި ބޭ ކަނބަލުން ލޯބީގެ ވޯޓު ދޭތި

    6
    19
  3. އަޙްމަދު

    ލޯބިންވެސް ރުޅިއައިސްގެންވެސް ކަލެއަކަށް ވޯޓެއް ނުދޭނަން!

    50
    1
  4. އަހުމަދު

    އަސްލު އެމްޑީޕީ މީހަކު ލޯބިން ޑީއާރުޕީ މީހަކަށް ވޯޓެއް ނުދޭނޭ، ބުރޯލައްވާ ކުންފުނިތަކަށް ނުފޫޒު ފޯރުވާގެން ވޯޓް ހޯދިދާނެ.

    34
  5. ސަރީޕް

    އެހެންވިއްޔާ ހުސްބަޑާ ހުންނަން ޖެހޭނީ..

    27
    1
  6. ނައީމް

    އެ ދޭނީ ހަމައެކަނި ނާޝިޒްކަމަށް ހީކޮށް މިހުރީ. އެހެންހުއްޓާ އަދި އެހެންކަންތައްވެސް އުޅެދާނެކަމަށް ގަބޫލުމިކިރެވުނީ.

    25
  7. Anonymous

    ޢޭ މީހަކު ނުދޭނެ ލޯއްބަކުން ވޯޓެއް ހަމަ ފައިސާ ދެނީ ރައްޔިތުމީހާ އަށް މަލާމާތް ކޮށްފަ ގޮއްޔެ ފޮނިކަނޑަންޏާ ވީޑިއޯ ވެސް ހެކި ވެސް ދެއްކިދާނެ ޑޮނާޑު ކަނބިލި މެން ގަންނަ ގަޑު މަށަށް އެނގޭ

    29
  8. ޯބޯޖަލީލު

    އާމާލް ކުލޫނީގެ މާމަޔާ ވަރައްވައްތަރު

    26
  9. ދަރަނި ދަންތުރަ

    ތިޔައީ އަންހެނުންނަށް ހުރި ހުތުރެއް މަވާ ސަލާން

    31
  10. ރޯ ޒް

    މެޑިކަލް މާފެޔާގެ ނަމުން މަސް ހޫރުކަން ލިބިލައްވާފައިވާ ކަނބަލެއްކަމަށް ރަށުތެރޭ މީހުންކިޔާ މިކިޔަނީ ކިކޭބާ އިންތި އެބަބުނޭ ބަދަލްގެ ގޮތުގާ މާފެޔާ ހިންގަނީޔޯ މިވެސް ލޯބިހޯދަން ކިޔާ އެއްޗެއްތޯ

    30
  11. ށުމަން

    ޢައުގުރާނަ އެއް ގޮވި ދާނެތީ މަޑުން މިހިރީ!!

    31
  12. ހަސަނާ

    ބުރުގާ ނާޅާގުރޫޕު ގެ ލީޑަރު ކިހާރީތިވީސް އިސްލާމީހިޖާބުން ނިވާވެލިނަމަ..

    26
  13. Anonymous

    . ރޮޒޭ ކިހިނެއް ތިހަދަނީ. އެމްޑީޕީގެ ގޮތަކީ މަކަރާއި ހީލަތުން ވޯޓު ހޯދުން. ލޯބިން ވޯޓު ހޯދުމަކީ ޑީއާރުޕީގެ ސަގާފަތެއް.

    21
    2
  14. ޖާބެ

    ލޯބިން ފައިސާ ފޮއްޗެއްވެސް ބަހާލާތި ކިރިޔައްވުރެއް ގިނައިން

    17
  15. ރޮޒޭނާ

    ލޯބިން ވޯޓްދޭނީ ވަރަށްމަދުބައެއް އެންމެފުރަތަމަ ޕާޓީއަށް ވިސްނާލީމަވެސް އެގޭ ޕާޓީއަށް އިޚުލަސްތެރިން ވަރަށް މަދު

    15
  16. ޖާބިރު

    މިހިރީ މި ސއިތާނުންގެ ނުބައިކަން ލޯބިންވެސް ދޭންވީ ވޯޓޯލަ..

    16
  17. ޢަހު

    ލޯބިން ދޭ ވޯޓް އަޅަން ލާދީނީ މީހުން ދާނެ ލާދީނީންނާ އި ލާދީނީންނަށް ތާއީދު ކުރާ ލާދީންތައް

    16
  18. ނަސީ

    ތިވޯޓް ލެވޭނީ ކަލޭމެން ލާރިބެހުން ހުއްޓުނުދުވަގަކުން

  19. ސޯބޭ

    ބުރުގާއެއް ަައަޅާނެ އެއައްވުރެޖާހިލުކަންބޮޑުވީމަ ބުރުގާއެއްނައަޅާނެ އިންޑިއާޔައްތާއީދުކުރާނީ ތިކަހަލަ ލާދީނީ މީހުން މިހާރުބުރުގާއަޅާގެން ކިޔަވާދޭ ތަންތަނަށް ނުވަދެވޭ ތީއެކަމައްތާއީދުކުރާމީހެއް

  20. މާމާސާ

    މީމައުމޫނުކާރިން މަކަރުކިޔަވައިގެންހުރި ވަކަރުގޭ ދަރިއެއް!!!

  21. ލޯބި ކަޅޭ

    ވޯޓްގަނެ ވިއްކާލާ ޕާޓިއެއްގައި އުޅޭނެތޯ ލޯބިން ވޯޓްދޭނެމީހެއް ކޮމަންޑޫ ދާއިރާގެވޯޓުންވެސް ވަރއްރީއްޗައް ފަޅާއައރިފި ތިޔަލޯބީގެވޯޓް ރުފިޔާ އާއި ވަޒީފާ އާއި ކޮންނަބޯޓައި އައިސް ޕުލާންޓުން ފެށިގެް އެންބިޔުލޭންސައް ދަންދެން ކެންޕޭނައް ސިޓީތަގުގެ މިޔަރައްދަންދެން ޔާހަބޭސް ހަމަކޯބިން

  22. ލާރިބަހާ

    މުޅި ރަށުމީހުންނައް ރުފިޔާ ބަހައިގެން ހޮވޭ އެކަކު މިއީ. ލާރީގެ ލޯބީ.

  23. ހުސޭނުބޭ

    ނާސިދުވެސް ވޯޓްލަނީ ލޯބިންނެއްނޫނޯ މަޖުބޫރުވެގެންނޯ!

  24. މަރީނާ

    ތިހިސާބަށް އައިސް ތިހުރީ ރައްޔިތުންގެ މެދުގަ ނަފްރަތު އުފައްދައިގެން ދެން މިހާރު ކޮން ލޯތްބެއް ބޭނުން ވެގެން ތިއުޅެނީ. އެމްޑީޕީއަކީ ފައިސާއަށް ވޯޓް ހޯދާބައެއް.