ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެބަ ހިނގާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އަހްމަދިއްޔާ ސްކޫލަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެބަ ހިނގާ ކަމަށާއި އޭގެ ތެރެއިން ބައެއް މަޝްރޫޢުތައް ފުރިހަމަވާއިރު، ފަންނީ ހުނަރުވެރިންނަށް ބޭނުންވާނެ ވަރަށް ގިނަ ވަޒީފާތައް އުފެދިގެންދާނެ ކަމަށެވެ.

"މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެބަ ހިނގާ. އޭގެ ތެރެއިން ބައެއް މަޝްރޫޢުތައް ފުރިހަމަވާއިރު، ފަންނީ ހުނަރުވެރިންނަށް ބޭނުންވާނެ ވަރަށް ގިނަ ވަޒީފާތައް އުފެދިގެންދާނެ. މިސާލަކަށް، ފަސް ސަރަޙައްދުގައި ތަރައްޤީކުރާ ޓާޝަރީ ހޮސްޕިޓަލްތައް. އެ ތަންތަނުން ވަރަށް ގިނަ ފަންނީ ވަޒީފާތައް އުފެދޭނެ. ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބް ޓެކްނީޝަނުންނާއި، މެކޭނިކުން، އަދި އެނޫންވެސް ވަރަށް ގިނަ ވަޒީފާތައް އުފެދިގެންދާނެ. އެއީ ޢާއިލާއާއި މައިންބަފައިން ކައިރީގައި، ރަށުގައި ތިބެގެން އަދާކުރެވޭނެ ވަޒީފާތައް. އެ ވަޒީފާތައް އަދާކުރާނެ ދިވެހިން އަޅުގަނޑުމެން ބޭނުންވޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދަރިންނަށް ކިޔަވައިދޭ ވާހަކަ މިވަރަށް މި ދައްކަން ޖެހެނީ، ޤައުމުގެ ޙަޤީޤީ ތަރައްޤީއަކީ އެއީ ކަމަށްވާތީ ކަމަށެވެ. ޤައުމު ތަރައްޤީވާނީ، އެ ޒިންމާ އަދާކުރަން ތިބި ދަރިންގެ ސިކުނޑީގައި، އުފެއްދުންތެރި އީޖާދީ ވިސްނުންތަކެއް އުފެދިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދަރިންގެ ކިބައިގައި ތަރައްޤީގެ ވިސްނުން އުފެއްދޭނީ، ޒަމާނީ ކުރިއެރުމާ ފައިހަމަވާފަދަ ތަޢުލީމެއް ދަރިންނަށް ދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، މީގެ ތިން އަހަރު ކުރިން ނުކުމެގެންވެސް، އެންމެ ބޮޑު އިސްކަމެއްދީގެން މިކުރާ އެއްކަމަކީ މީހުން ބިނާކުރުން. އޭގެ ތެރެއިންވެސް އެންމެ ޚާއްޞަ ސަމާލުކަމެއް މިދެނީ، ތަޢުލީމީ ގޮތުން ހަރުދަނާ ދަރިންތަކެއް ބިނާކުރުމަށް. ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނީ، ހަމަ މިދެންނެވި ބޭނުމުގައި." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަހްމަދިއްޔާ ސްކޫލްގެ ކާމިޔާބަށް ބަލާއިރު، އަޅުގަނޑަށް ފާހަގަކުރެވޭ އެންމެ ބޮޑު ކާމިޔާބަކީ، ޤައުމަށް ބޭނުންތެރި ދަރިންތަކެއް، މި ސްކޫލުން ބިނާކޮށްދީފައިވުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އުނބޭ

    މަނަދޫ ޕްރޮޖެކްޓްތައް އޮންނަނީ އަބަދު ހުއްޓިފަ. ކުރިޔަކަށް ނުކަނޑާ. ޕާޓީ ބޮޓުން ކޮޅު މީތި ޑިނައި ކުރަން ނުކުމޭ ދެން.
    އަތޮޅު ވެރި ރަށަކާ ބަލާފަ މަނަދުއަށް ލިބުނު އެއްވެސް ކުރިއެރުމެއް އެއްވެސް ވެރިކަމެއްގަ ނެތް. ރަށަށް އަރާ މެހިމާނުންވެސް އަހާ މީ ހަމަ ވެރިރަށްހޭ؟

  2. ރަދީފް ހުސެން

    ހިނގަމުން އަންނަ ޢެންމެ ބޮޑު ތަރައްގީގެ މަސްރޫއަކީ ރާއްޖޭގެ އެކިސަރަހައްދު 2 ކުކުޅުބިހައް އިންޑިޔާގެ ފައިބުޑައް ވައްޓާލުން. އޭނުން ކަމެއް ލޮލަކައް ނުފެނެ،

    13
  3. އާދަނު

    ބައެއް ރަށްރަށުގައި ޗާޓުންބޭރުން ބައެއް ކަންކަން އެަބަ ހިނގާ! 3 އަހަރުގެ ބަޖެޓާއި ރިޟާވްގައިހުރި 800 މިލިޔަން ޑޮލަރާއި ހިލޭއެހީގެގޮތުގައި ލިބުނުކަމަށް ޝާހިދު ބުނާ 3 ބިލިޔަން ރުފިޔާއާއި 2022 އަށް ފާސްކުރިބަޖެޓް އެއްކޮށް ފޮރުވައިގެން ނުވަތަ ބަހާލައިގެން ތިތިބީ! މިހާރު ހިނގާ ތަރައްޤިގެ ޕްރޮޖެޚްތްތަކުގެ 80 ޕަސެންޓަކީ ޔާމީން ބަޖެޓްވަކިކޮށްފައިވާ ނުވަތަ ޔާމީންގެ ދައުރުގައި ފަށާ މިސަރުކާރުން ހުއްޓުވި ކަމެއް!

    12
  4. ކަޅު ހުއްތު

    ތި ކިޔަނީ ވެންޓިލޭޓަރު ގެ ވައްކަން ކަހަލަ އަމިއްލަ ޖީބައް ފައިދާހުރި މަސްރޫއުތަކާ 2 ކުކުޅު ބިހައް ގައުމު ވިއްކާލައިގެންވެސް ވެރިކަމުގަ ތިބެވޭނެ ހާގޮތްތަކުގެ މަސްރޫއުތަކުގެ ވާހަކަތަ، އެކަންތައް ބާރައްއެބަދޭ.

    13
  5. ދަރަނި ދަންތުރަ

    ވައްކަމާ ފޭރުމާ ދީނަން ފުރައްސާރަކުރުމާ ބަނގުރާ އާއްމުކުރުމާ އަޅުވެތިކުރުމުގެ ބޮޑެތި މަސްރޫއުތަކެއް ހިނގާކަން ހުރިހާ ދިވެހިންނަންވެސް އެނގޭ ، އިންޑިޔާ އައުޓު

    11
  6. ޞސsb

    ބަޔަކު ފެށި މަސައްކަތް ތަކެއް ވެރިކަމަށް އައިއްސާ ހުއްޓުވާފަ އަލުން ބައިމީހުންނަށް ކަޓު އަންނަގޮތަށް ފެށުން އެއީ ތިމާ މީހާ ކުރަންފެށި މަސައްކަތަކަށް ނުވާނެދޯ.

    12
  7. ޙަސަނުލް

    ކޮންތާކުތަ ހިނގަނީ ރ ކަނދޮޅުދޫގަތަ ބޮޑު ދޮގު ކައްޒާބު ޚާއިނު

    10
  8. ނާދިރާ

    ވެރިކަން ވަގުވޯޓުން ފޭރިގަނެފަ ދެންވެސް ލަދެއް ހަޔާތެއް ނެތިއްޔާ އިސްތިއުފާ ނުދީ ވީވަރަކުން ދޮގު ހެދުމުގާ 5 އަހަރު ދުއްވާލަބަލަ.

    11
  9. ޑައެލޯގް

    ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީއާއި އިންޑިޔާ ސިފައިންގެ ވަކިހިއްޕުން އެބަހިނގައެވެ. ރޮޒެއިނާބުނީ އޭނާގަބޫލުކުރަނީ މަގުމަތީގައި އިންޑިޔާސިފައިން ބަޑިހިފައިގެންއުޅުނީމަޔޯ އުޅޭކަމަށް އަހަރެން ގަބޫލުކުރަނީ ބަޑިހިފައިގެން ގަޔަށް ބަޑިޖެހީމައެވެ. ދެންކީއްކުރަން ބައިތިއްބާ ދިވެހިސިފައިނެއް؟

    12
  10. ޏަވިޔަނި

    ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެބަ ހިނގާ ނުފެނިދާނެ ދޯ ރައީސޫ

  11. އުގުރި

    ބޯގަޅި..

    12
  12. އެރރ

    ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭރުގެ ސިފައިން ހަތިޔާރާއެކު އަރާ މި ގައުމުގެ މިނިވަންކަން ގެއްލިއްޖެކަން އިބޫއައް އެނގޭތޯ.؟

    14
  13. ބޭރި

    ކަށްޒާބުބޭ ކަލެޔަކީ ދޮގުހެދުމުގައި ނަންހިނގާ މުލިވަގެއް މިގައުމުގަ ތަރަށްގީގެ ކަންކަންހިނގަނީ ރައީސްޔާމީނުގެ މަޝްރޫއުތަށް ކަލެޔަށްއޮތީ ރިބަންކެނޑުން .

  14. ހުސޭނުބޭ

    ބައްލަވާ! 3 ބިހުން 2 ބިހުގައި އަދި ހަވާދު ނުލެވޭ! އިހަކަށްދުވަހުވެސް ޅ. އަތޮޅަށް އަރާފައި ތި އައީ ޔާމީނު ކޮށްފައި ހުރި މަސައްކަތްތަކެއްގެ ރިބަންފަށް ކަނޑާފައި.