ދިވެހި ދައުލަތުގެ މިނިވަން ކަމަށް އަސަރު ކުރާނެ އެތައް ކަމެއް ސަރުކާރުން ކުރަމުންދާ އިރު، ހުރިހާ ޝަކުވާއެއް ވެސް މިއަދު އަމާޒު ކުރަން ބޭނުންފުޅުވަނީ ދިވެހި ސިފައިންނަށް ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިލީގައި މިއަދު ހަވީރު ކުރިއަށް ދިޔަ "އިންޑިއާ އައުޓް" ހަރަކާތެއްގައި ބައިވެރިވެވަޑައިގެން، ރައީސް ޔާމީން ވަނީ މިނިސްޓަރު މާރިޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި މޭޖާ ޖެނެރަލް އަހްމަދު ޝަމާލް ފަދަ ސިފައިންގެ އިސް ޖެނެރަލުންނަށް އެމަނިކުފާނު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ދިވެހިންގެ ސިފައިންގެ އެންމެން ތިބީ "އިންޑިއާ އައުޓް" ހަރަކާތާއި ދެކޮޅަށް ކަން ދައްކަން ވެގެން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް މާރިޔާއާއި އެކު ސިފައިންގެ އިސް ގިނަ އޮފިސަރުންތަކެއް ވަޑައިގެން ވާހަކަ ދެއްކެވިއެވެ.

އިންޑިއާއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެކުލާވާލާފައިވާ އެއްބަސްވުން ހާމަކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް މާރިޔާއާއި ސިފައިންގެ ޖެނެރަލުން ދެއްކެވި ވާހަކައަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ އޭގެ ހަގީގަތް ހާމަ ކުރަން ޖެހޭ ކަމަށެވެ.

"އެގްރިމެންޓްތަކަކީ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް ވަނީ، ގައުމީ ސަލާމަތުގެ އެންމެ ބޮޑު ނުރައްކާ މި އޮތީ މާރިޔާ އަހްމަދު ދީދީގެ އުނގުގައި،" ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެ ހަރަކާތުގައި ހުންނަވައި، ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ކުރި އެންމެ "ވިޔާނުދާ" ކަމަކީ ދިވެހި އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު ވެއްދުން ކަމުގައެވެ. އަދި ސިފައިން މެދުވެރިކޮށް އެގްރިމެންޓްތައް އޮޅުވާލައިގެން ސަރުކާރުގެ ޖަރީމާތައް ފޮރުގައި ދިފާއު ކުރުން ކަމަށް ވިދާޅުވިއެވެ.

"މާރިޔާ އަހްމަދު ދީދީއަކީ ސިޔާސީ މީހަކަށް ވިޔސް ދިވެހި ސިފައިން ސިޔާސީ ބަޔަކަށް ހަދަން މަސައްކަތް ކޮށްގެން ނުވާނެ، އަދި އެ ކަން ކުރަން ދިވެހި ސިފައިންގެ އިސް ޖެނެރަލުން ޖާގަ ދީގެން ވެސް ނުވާނެ،" ސިފައިން މެދުވެރިކޮށް ކުރަނީ ސިޔާސީ މަސައްކަތެއް ކަމަށް ސިފަކުރައްވައި ޔާމީން ވިދާޅުވިއެވެ.

ދިވެހި ސިފައިންނަށް ޝަކުވާ ކުރަން ޖެހޭ ސަބަބެއްގެ ގޮތުގައި ޔާމީން ވިދާޅުވީ، ގައުމުގެ މިނިވަން ކަމާއި ސިޔާދަތު ގެއްލޭނެ އެތައް ކަމެއް ސަރުކާރުގެ އިސް ބޭފުޅުން ކުރައްވަމުންދާއިރު އެ ކަންކަން ދިވެހި ސިފައިން ދިފާއު ކުރުން ކަމަށެވެ.

"ދިވެހި ސިފައިން ކުރަން ޖެހޭނެ ކަމެއް ނޫން އެއީއެއް، ސަރުކާރުން ގާނޫނާއި ޚިލާފަށް ކަންކަން ކުރަމުންދާއިރު އެ ކަންކަން ދިފާއު ކުރުމަކީ، މި އެގްރިމެންޓްތަކުގެ ހަގީގަތް އޮޅުވާލައިގެން ދޮގު ހަދައިގެން ތިބުން އެއީ ދިވެހި ސިފައިންނަށް ކުރެވޭނެ ކަމެއް ނޫން،" ޔާމީން ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ ބާރު އޮތް ކަމަށް ބުންޏަސް އިންޑިއާ ސިފައިން ގާއިމްވެ ތިބި ތަންތަނުގައި ދިވެހި ސިފައިންގެ ބާރު ހިނގަމުން ނުދާ ކަމަށް ޔާމީން ވިދާޅުވިއެވެ. މި ގޮތުން ހދ. ހަނިމާދޫއާއި، އައްޑު ސިޓީ ގަމާއި، ލ. ކައްދޫއާއި، މާލެ އަތޮޅު އުތުރުތިލަފަޅު އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ހަނިމާދޫގައި އޮންނަ އިންޑިއާއިން ދީފައިވާ ޑޯނިއާ މަތިންދާ ބޯޓަކާއި، އައްޑޫ ގަމުގައި އޮތް ހެލިކޮޕްޓަރަކާއި، ލ. ކައްދޫގައި އޮތް ހެލިކޮޕްޓަރެއް ބަލަހައްޓަން އިންޑިއާ ސިފައިން ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ މި ސަރުކާރުން އިންޑިއާގެ އަސްކަރީ އެހީ ހޯދަން ގެންގުޅޭ ސިޔާސަތާއި، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތް ފުޅާކުރީ، ޖަލު ހުކުމުން ރައީސް ޔާމީން މިނިވަންވި ފަހުންނެވެ.

ސަރުކާރުގެ ސިޔާސަތު ދިފާއު ކުރައްވައި ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، ސަރުކާރުގެ ބޭނުމަކީ ރާއްޖެއަށް ނުރައްކާތެރި މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމާއި، ހަރުކަށި ފިކުރު ފަދަ ނިރުބަވެރި ހަރަކާތްތައް ހިނގުމުގެ ކުރިއަށް ހުއްޓެވޭނެ ވަރުގެ އަސްކަރީ ގާބިލްކަން ރާއްޖޭގައި އިތުރު ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    އަމިއްލަ ވެރިކަމުގައި އިންޓެލިޖެންސް ރިޕޯރޓް ނުލިބޭ ކިޔައިގެން އޮޅުވާލި މީހަކު ތިކަހަލަ އެއްޗެއް ބުނީމަ ހިތަކަށް އެކައްޗެއްވެސް ނާރާ.

    12
    49
  2. އަލްޖިބްރާ

    އިންޑިއާ ސިފައިން މިޤައުމުގައި ތިބުމަށްވުރެ ކަލޭ މިޤައުމުގައި ހުރުމުން މިޤައުމަށް ލިބޭ ގެއްލުން މިހާރު މާބޮޑު ! ކަލޭތީ ހިފާ ހައްޔަރު ކުރަން ވެއްޖެ މީހެއް !

    19
    64
  3. ޙެސްކިޔާފަ

    މީނާ މިއުޅެނީ ބަޤާވާތެެއްކުރަންތަ! ދިވެހި ޖެނެރަލުންނަކީ މޮޔައިންނެއްނޫން. ޙަޤީގަތުގާވެސް އިންޑިއާއިން ރާއްޖެ ދިފާޢުކުރަން ޖެހޭ. ރައްޔިތުންނޭ ހޭލަބަލަ.ޗައިނާ ރުއްސަންށާ ، ޖަލަށް ހުކުމެއް އަތުވެދާނެތީ މީނާ މިކުރާކައްތައްތަކާ ދުރުވެބަލަ. މީނައަށް ވެރިިކަން ދިނުމަކީ ޤައުމަށް މާބޮޑު ނުރައްކަލެއް. ޔާމީނަކީ ޖިއޯޕޮލިޓިކުސް އާއި އިންޓަރނޭޝަނަލް ޕޮލިޓިކުސް ދަންނަ ފަރާތެއްނޫން.

    12
    43
  4. ސުޖާ

    އެމް ޑީ ޕީ ގުންޑާއިންނަކަށް ހަޖަމެއްނުވި

    14
    5
  5. Anonymous

    ޔާމީނަށް ވަނީ މި ގައުމުގައި ހެޔޮ ވެރިކަމެއް ކުރުމުގެ ފުރުޞަތު ލިބިފައެވެ. ނަމަވެސް ވެރިކަމަށް އަރައި ކުރި ކަންތަކުގެ ސަބަބުން ވެރިކަން ގެއްލުނީއެވެ. އެންމެ ކުޑަމިނުން އާންމު ރައްޔިތުން ވަޒީފާތަކުން ވަކިކޮށް އަނިޔާވެރިނުވިނަމަ އެމީހުންގެ ވޯޓު ލިބުނީހެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް ޔާމީނުގެ ސަރުކާރުން ވަނީ އެތައް ބަޔަކު ވަޒީފާއިން ވަކިކޮށްފައެވެ. މިގައުމަކީ ޔާމީނުގެ އެކަނި ގައުމެއް ނޫނެވެ. ޔާމީނު މިގައުމުގެ ވެރިކަމުގައި ހުރެގެން މި ގައުމުގެ ރައްޔިތުންނަށް އަނިޔާ ލިބުމަށްވުރެ، އިންޑިއާ ސިފައިން މިގައުމުގައި ތިބެގެން މިގައުމުގެ ރައްޔިތުންނަށް ރައްކާތެރިކަން ލިބުން މާރަނގަޅެވެ. ބޮޑާކަމާއި ކިބުރުވެރިކަމުގެ ނަތީޖާއަކީ ހިތިއެއްޗެއްކަން މިހާރު ޔާމީނަށް އެނގެން ވެއްޖެއެވެ. ފައިންޕުޅު ދެކެން ދާ ރައްޔިތު މީހާއަށް ދަށްފައި ދައްކާ ކިބުރުވެރިއަކު މިގައުމުގެ ވެރިކަމަށް ގެންނާކަށެއް ނުވާނެއެވެ.

    8
    10
    • ގަލަން ތުނޑު

      ސޯލިހަކީ ހުރިހާ ތައުލީމެއް ލިބިފަހުރި ބޭފޫލެއް.. ޕާޓީ ހުރިހާ މެމްބަތރުންނަށ ް ވަޒީފާދިނީމަ ކަލެއަށްއޯކޭ..ކެނޑިމީހަކު ކެނޑީ ކަނަދަން ޖެހިގެން ވަ ސަލާމް

  6. ރައްޔިތުސޮރު

    އަބަދުވެސް އިންޑިޔާއާ ގުޅިގެން އުޅުން ބުއްދިވެރި! މާދުރުގަ ތިބިބަޔަކުރުއްސަން އެންމެ ކައިރީގަ އޮތްގަޢުމާ މާބޮޑަށް ޖެހިގަތުމުގެ ނަތީޖާ މިއަދު ޔުކުރެންއަށް ޖެހިފައެވަނީ. ދުރިގަތިބިމީހުން ކުއްވެރިކޮށްލަކޮށްލަ އެތިބީ މަރުވަނީ ޔުކުރޭނުގެ ރައްޔިތުން. ޔާމީނުގެ އަވާގަ ޖެހިގެން ދިވެހި ޤަޢުމުގެ މިނިވަންކަމާ ސިޔާދަތު ގެއްލުވާލާކަށްނުވާނެ!

  7. އަބްދޫ

    އަޅުގަނޑުގެ އޮތީ 2018 ގަ ޔާމީނަށް ވެރިކަން ނުލިބި އެމްޑިޕީއަށް ވެރިކަން ލިބުމުން އެކަމުގެ ސަކުވާ. ގައުމު މިއަދު މިދެކޭ ދަށުދަރަޖައަށް ވެއްޓުނީ އެކަމުގެ ސަބަބުން، އެކަމަކު ޔާމީނު ވެރިކަމަށް އަޔނުދިނުމަށް ހުރިހާކަމެއް ރާވާ ހިންގި ފާތުމަޔާ އަދުރޭ މިހާރުވެސް އެމަސައްކަތުގެ ތިބީ. އޭރު ފާތުމަޔާ އަދުރޭ މަސައްކަތް ކުރީ އަދީބު ވެރިކަމަށް ގެނައުމަށް. ފާތުމަ ބުނީ ފާތުމަޔަކީ ނާއިބު ރައީސޭ ވެސް. މިހިސާބަށް ކަންތައް ދުއްވާލީމަ ޔާމީނަށް ވެރިކަމަށް ނާދެވުނީ . އަދިވެސް ޔާމީނުކުރިމަތިލައިފަިނަމަ ވެރިކަމަށް އަންނާނީ އެމްޑީޕީ. ވީމާ އެފުރުސަރު އެމްޑީޕީއަށް 2023 ގަ ލިބުމުގެ ފުރުސަތު ޔާމީނު ނުދެއްވާނެކަމަށް އުންމީދު ކުރަން،

    1
    3